23 ނޮވެމްބަރ 2018 - 17:24
ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު އަނބުރާ ނައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ހުށަހެޅުއްވި މައްސަލަ ހަމަ އެ ދުވަހު އަނބުރާ ނަގާފައިވާ ކަމަށެވެ.
ތަކުރާރުކޮށް ގުޅައި މެސެޖް ކުރުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ މެމްބަރު އަބްދުﷲ އެ މައްސަލަ އަނބުރާ ނެގި ސަބަބު ވަނީ ސާފުވާގޮތްނުވެފަ އެވެ.
އޭނާ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގާނޫނުއަސާސީ އާއި ގާނޫނުން، ޕްރޮސިކިއުޓަ ޖެނެރަލްއާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ބިޝާމް ނުގެންދަވާ ކަމަށް ވިދާޅުވެ އެވެ.
މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި ބިޝާމް ޒިންމާއަދާ ނުކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކަށް ނުހައްގުން އަދަބު ލިބި ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހިފައިވެ އެވެ. ގިނަ މީހުންނަށް ދައުވާ އުފުލައި އަދަބު ދީފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަން ވެސް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.
ކުރިން އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ބިޝާމް ޕީޖީގެ މަގާމަށް ނޮވެމްބަރު، 2015 ގައި އައްޔަން ކުރެއްވީ އޭރުގެ ޕީޖީ މުހުތާޒް މުހުސިންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކި ކުރުމުންނެވެ. އޭރު ބިޝާމް ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ލީގަލް އެޑްވައިޒަރަކަށް ރައީސް އޮފީހުގަ އެވެ.
ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ ލީޑަރުން ޖަލަށްލާފައިވާއިރު އެ ދައުވާތައް ކުރީ ރައީސް ޔާމީންގެ އެންގުމަށް ސިޔާސީ ބޭނުމުގައި ބިޝާމް ކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ތުހުމަތު ކުރި އެވެ.
ގާނޫނު އަސާސީގައި ޕީޖީ އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރިޔަސް، އެ ކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާ
24 November 2018
ބިޝާމަށް އެނގޭނެ ގިނަ ރައްޔިތުން އޭނަޔަށް އެއްވެސް އިތުބާރެއް ނުކުރޭކަން. ދެން ކީއްކުރަން އެވަޒީފާގަ އެހުންނަނީ. ހަމަ ލަދެއްވެސް ނެތީތަ؟؟؟
ހާސަރު
24 November 2018
ބިޝާމު ވެސް ވެއްޖެދޯ މިހާރު ދެން އިސްތިއުފާދޭން. މި މަގާމުގައި ހުންނަންޖެހޭނީ ފިސާރި ނަޒާހަތްތެރި މީހެއް . ކޮންމެ ދުވަހަކު އެމީހަކު ފަހާ މެންބަރުންނާއި ރައްޔިތުން ދުވާ މީހަކު ހުރުން ރަގަޅެއް ނޫން.
ޤާދިރު
24 November 2018
އެންމެ ނަޒާހަތްތެރީ ކެބިނެޓުގައި ތިބި އަސްލަމާއި ޢަލީ ވަހީދާއި މަލީހު ފަދަ ބޭފުޅުން.. މީ ލަދެއް ވެސް ހައްދަވާ ބައެއް ނޫން ވިއްޔާ...
ޢާސިދާ
24 November 2018
ޞބިސް 5 އަހަރު ކުރިމަސައްކަތް މީހަކު އަތުލުން ...މިހާރު ކޮޅު ބަދަލުކުރަނީ ކަންނޭނގެ
ދަތްނެތްކުއްޖާ
23 November 2018
ސޭޓު ހިތްހަމަ ޖައްސާކަށް ނޫން ރައްޔިތުން ވޯޓު ދިނީ. ރައްޔިތުން ނަށް ކެތްވެސް ކުރެވޭނީ ވަކި ވަރަކަށް.
ޝައިމްބެ
23 November 2018
ތިޔަށް ކިޔިދާނެތަ ދެބޯގެރި ދުއްވުން؟ ހުރިހައި ދިމާއަކުންވެސް ފެންނަނީ ބައުފަނޑުތަކެވެ. އެމްޕީއެއް ޕީޖީއެއް ކިޔާނެކަމެއް ނެތެވެ. ވިސްނާށޭ ޤައުމު!
ވަކީލުން
23 November 2018
ޙުރިހާ ޕްރޮސިކިއުޓަރުންގެ ފަރާތުން މި ބުނަނީ ހަމަ ހުވާ އަަހަރެމެންގެ ކެތްތެރިކަން ކޮޅުންލާ ވަރު ތި ކުރަނީ. މި ބިށޝާމް ވަކި ކުރާނެ ކަމަށް ވަރަށް އުފަލުން ތިބީ. މުޅި ޕީޖީ އޮފީސް ސިޔާސަ ކޮށްފަ. ޤާސިމް އާ ނަޝިދާ މައުމޫނު ހީކޮށްގެން ނުވާނެ ޖެހިހާ ބެރަކަށް އަހަރެމެން ނަށާނެކަމަށް
ނިލިސް
23 November 2018
ކުލަ ބަދަލުކޮށް ކޮޅު ބަދަލުކުރުމަކުން ސާފެއްނުވާނެ. މުޙައްޤުން އިންސާފުން ބޭރުން ކަންތައްތައް ކުރި ފަރާތްތަކަށް ޙައްޤު އަދަބު ދޭންޖެހޭ!
ކިއްލިބާޝާ
23 November 2018
ވާނުވާއެއް ބޭބެއަކަށް އެއްގޮތަކަށްވެސް ނޭންގުނު.
ލޯޔަލް މެންކު / ޗެނަލް ސާދަ
23 November 2018
ސޭޓު އެންގީކަމައްވަނި. ސޭޓުމެން އަބަދުވެސްބޭނުންވާނީ އޭނާގެ ގޮނޑިކޮއްކޮ ސިސްޓަމް.
ތިމާވެށި
23 November 2018
ބޮޑައް ވައްތަރީ ގާސިމްގެ މީހަކާ އެވެ،