12 ޖުލައި

July 12, 2020 30
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު

ޚިޔާނާތުގެ މައްސަލައިގައި ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމެއްގައި ދައުލަތާ އެކު ސޮއިކުރެއްވީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން އެއްބަސްވުމުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

07 ޑިސެމްބަރ

December 07, 2019 10
ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކުރަން ފާސްކޮށްފި

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

02 ޑިސެމްބަރ

December 02, 2019 6
ޝަމީމްގެ ނަން ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައިފި

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

28 ނޮވެމްބަރ

November 28, 2019 4
ޕީޖީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މިއަދު އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް ކުރިމަތިލުމަށް ދެ ދުވަހުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި...

November 28, 2019 38
ބިޝާމް، ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވައިފި

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުން އައިޝަތު ބިޝާމް އިސްތިއުފާ ދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަންގަވައިފި އެވެ.

20 ނޮވެމްބަރ

November 20, 2019 18
ބިޝާމް ވަކިކުރުމުގެ މައްސަލަ އަށް ހުއްދަ ދީފި

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް، މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުއްދަ ދެއްވައިފި އެވެ.

19 ނޮވެމްބަރ

November 19, 2019 8
ބިޝާމްގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް، މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި...

November 19, 2019 15
ބިޝާމް ވަކިކުރުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފި

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް އަލުން ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

28 އޮކްޓޯބަރ

October 28, 2019 4
ޕީޖީ ބިޝާމަށް ތުހުމަތުކުރާ މައްސަލައެއް އޭސީސީ އަށް!

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިން ކަމުގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

24 އޮކްޓޯބަރ

October 24, 2019 17
މަލީހްގެ ސިޓީ ބިޝާމަށް: ތުހުމަތެއް އޮތްނަމަ އާންމުކުރޭ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އޮތް ނަމަ، އެކަމުގެ މައުލޫމާތު އާންމު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްގެ ކިބައިން މަލީހް މިއަދު އެދިވަޑައިގެންފި އެވެ.

23 އޮކްޓޯބަރ

October 23, 2019 11
ޕީޖީ އަބުރު ކަތިލީ، ހަގީގަތް ހާމަވާނެ: މަލީހް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ތިން ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅުވައި ދޮގު އިލްޒާމް އަޅުވައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް، އޭނާގެ އަބުރު ކަތިލި މައްސަލައިގެ ހަގީގަތް ހާމަވާނެ ކަމަށާއި ފުރަތަމަ އިންސާފުގެ ކުރިމައްޗަށް ގެންނަންވީ ޕީޖީ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް...

October 23, 2019 21
ސިއްރު ކޮމިޓީގެ މައުލޫމާތު އާއްމުވި މައްސަލަ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ސިއްރުކޮށް، ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މިދިޔަ ހޯމަ ދުވަހު ދެއްކެވި ވާހަކަތަކެއް...

October 23, 2019 16
ބިޝާމްގެ މަގާމު ދަމަހައްޓަނީ ނަޝީދު ކަމުގެ ތުހުމަތު!

ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމުގައި އައިޝަތު ބިޝާމް ބަހައްޓަން ބޭނުންވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ތުހުމަތު...

22 އޮކްޓޯބަރ

October 22, 2019 15
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގުކޮށް އެ ބޭފުޅުންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަން ފަނޑިޔާރުންގެ ޖަމިއްޔާ އިން މިރޭ ގޮވާލައިފި އެވެ.

21 އޮކްޓޯބަރ

October 21, 2019 23
އެމްއެމްޕީއާރުސީގެ ތުހުމަތުކުރީ ކޮމިޓީގެ 4 މެމްބަރަކަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 3 ބިލިއަން ރުފިޔާގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުވާ މެމްބަރުން މާލިއްޔަތު ކޮމިޓީގައި އެބަތިއްބެވި ކަމަށް ވިދާޅުވެ ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މިއަދު އެދިވަޑައިގަތީ ހަތަރު މެމްބަރަކު ކޮމިޓީން ތަނާޒުލް ވެވަޑައިގަތުމަށް ކަން "މިހާރު" އަށް...

October 21, 2019 13
ބިޝާމް ވަކިނުކުރަނީ ސިޔާސީ ދައުވާ ކުރުވަން: އިދިކޮޅު

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކި ނުކުރަނީ ސަރުކާރުން ބޭނުންވާ ގޮތަށް ސިޔާސީ ދައުވާތައް ކުރުވުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

October 21, 2019 12
"ޚިޔާނާތުގެ ތުހުމަތުވާ މެމްބަރުން ކޮމެޓީގައި އެބަތިބި"

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހިމެނޭ...

20 އޮކްޓޯބަރ

October 20, 2019 11
"ވާނުވާ" ބަންދު މަހަކު އެއްފަހަރު ޕީޖީ ރިވިއުކުރަނީ

ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބޭ މީހުންގެ ބަންދު އަމުރު ކޮންމެ މަހަކު އެއް ފަހަރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުރާޖައާ ކުރަންޖެހޭ ގޮތަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ކަނޑައަޅުއްވައިފި އެވެ.

17 އޮކްޓޯބަރ

October 17, 2019 53
ޕީޖީ ވަކިކުރަން ކޮމިޓީން ނިންމި ނިންމުން ބާތިލްކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ނިންމި ނިންމުން އެ ކޮމިޓީން މިއަދު ބާތިލްކޮށްފި އެވެ.

16 އޮކްޓޯބަރ

October 16, 2019 21
ބިޝާމް ވަކިކުރުމުގެ މަސައްކަތް ފަށަން ނިންމައިފި

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުން އައިޝަތު ބިޝާމް ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމައި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

15 އޮކްޓޯބަރ

October 15, 2019 14
ޕީޖީއަށް އިންޒާރެއް:ޖޫރިމަނާއަށް ޒިންމާވާނީ އަމިއްލައަށް

ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ވަކީލުން މަގްބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވުމުން ކުރާ ޖޫރިމަނާތައް ދައްކަން ޖެހެނީ އެ ވަކީލަކު އަމިއްލަ އަށް ކަމަށާއި އެ ޖޫރިމަނާ އަށް ދައުލަތުގެ ފަރާތުން ޒިންމާވާން ނުޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

30 ސެޕްޓެމްބަރ

September 30, 2019 22
ބިޝާމަކީ އެތައް ބަޔަކަށް އަނިޔާ ދިން މީހެއް: ތޯރިގް

ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމަކީ މަގާމުގެ ދިފާއުގައި އެތައް ބަޔަކަށް އަނިޔާ ދިން ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)...

September 30, 2019 7
އެސިސްޓެންޓް ޕީޖީއަކަށް ބޭފުޅަކު ހަމަޖައްސައިފި

އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް މިއަދު ބޭފުޅަކު ހަމަޖައްސައިފި އެވެ.

03 ސެޕްޓެމްބަރ

September 03, 2019 26
ރާއްޖެ-އިންޑިއާގެ ބޮޑު މުއާހަދާގައި ސޮއިކޮށްފި

ޖިނާއީ މައްސަލަތަކުގައި ރާއްޖެ އާއި އިންޑިއާ އިން އެއް ގައުމު އަނެއް ގައުމަށް ގާނޫނީ އެއްބާރުލުން ދިނުމުގެ މުއާހަދާގައި މިއަދު ސޮއިކޮށްފި އެވެ.

20 އޯގަސްޓް

August 20, 2019 45
އިތުބާރު ނެތަސް ބިޝާމް ވަކިކުރާކަށް ބޭނުމެއް ނުވޭ؟

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމްއާ ގުޅޭ ގޮތުން އަދިވެސް ފެންމަތިކުރަމުން ދަނީ ބޮޑެތި ތުހުމަތުތަކެވެ؛ ކުރިން ސިޔާސީ މީހުންނެވެ. މި ތުހުމަތުތަކުގެ ދިފާއުގައި ދައްކަވާ ވާހަކަތަކަށް މި ފަހަކަށް އައިސް ކޯޓުތަކުން "ބަހުގެ ހަމަލާ" ވެސް މިވަނީ އަމާޒުވެފަ އެވެ.

09 އޯގަސްޓް

August 09, 2019 8
ރިލްވާންގެ މައްސަލަ އިސްތިއުނާފު ކުރާކަށް ހުށައެއް ނާޅާ

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފުކުރަން...

August 09, 2019 18
ބިޝާމް ވަކިކުރަން އެމްޑީޕީގެ ޕީޖީއަށް ހުށަހަޅައިފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހަޅައިފި އެވެ.

08 އޯގަސްޓް

August 08, 2019 14
ރިލްވާން ގެއްލުވާލި މައްސަލަ އިސްތިއުނާފެއް ނުކުރޭ

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވުމުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ އަށް އެދިވަޑައިގެންފައި ވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވިދާޅުވި ނަމަވެސް އެގޮތަށް...