ވަކީލް ސަލީމް: ޖޭއެސްސީގެ މެމްބަރު ކަމުން އޭނާ ވަކި ކުރެއްވީ މިދިޔަ މަހުގެ ފަހުކޮޅު --ފޮޓޯ/މިހާރު
03 ޑިސެމްބަރ 2018 - 12:12
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުގެ މަގާމުގެ ހުންނެވި މުހައްމަދު ސަލީމް (ރޭނިސް) އެ މަގާމުން ވަކި ކުރައްވައިފި އެވެ.
ރައީސްގެ މެމްބަރެއްގެ ގޮތުން ޖޭއެސްސީ އަށް ސަލީމް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ސަލީމް އެ މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ފައިސަލް، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.
ސަލީމް އެ މަގާމުން ވަކި ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އެ މަގާމަށް އާ ބޭފުޅަކު އަދި އައްޔަނެއް ނުކުރައްވަ އެވެ.
ރިޔާސީ އިންތިޚާބު ބާތިލުކުރަން އޭރުގެ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ވެސް ސަލީމް ހިމެނިވަޑައިގަތެވެ. ސަލީމް ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ޖޭއެސްސީގައި ރައީސްގެ މެމްބަރު ކަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
03 December 2018
މި މަގާމު ތަކަށް ކުރިމަތި ލާނަ މީހުން ހޯދުމަށް އިއުލާނު ކުރަނ ްފެނޭ.. ދެން ކުރި މަތިލާ ބައެއްގެ ތެރެއިން އިތުބާރު ކުރެވޭ، ގާބިިލު މީހަކު ނަގާނީ...
ހާސަރު
03 December 2018
ތިމަގާމަށް އިބޫ އައްޔަނު ކުރައްވާނެ މީހަކީ އިންތި ކަމަށް ދެކެން.
އުދުހޭ
03 December 2018
އަލްހަމްދުލިﷲ
ާއަބަދު ބޮޑޭ
03 December 2018
ޢަބަދު އެއްބަޔެއް އެއްތަނުން އަނެއް ތަނަށް، އަޅެ މި ނޫނީ ބަޔަކު ރާއްޖޭގައި ނެތީތަ؟
ސޯދު
03 December 2018
މިދެން މާ މުހިންމު މީހެއްތަ