ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު
04 ޑިސެމްބަރ 2018 - 21:37
އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަށް އެ ގައުމުން ނިންމައިފި އެވެ.
އިނގިރޭސި ފޮރިން ސެކްރެޓަރީ ޖެރަމީ ހަންޓު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަހަރަކު ލައްކައަކަށް ވުރެ ގިނަ އިނގިރޭސިން ރާއްޖެ އަށް ޒިޔާރަތް ކުރާއިރު، އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުން ރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ބަދަހިކުރަން ފަސޭހަ ވާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަކީ ދެ ގައުމު ދެމެދު އޮތް ގާތް ގުޅުން ބަދަހިވެފައިވާ ކަން ހާމަވާ ކަމެއް ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ އެ ނިންމުމަށް ފޮރިން މިނިސްޓްރީން ވަނީ މަރުހަބާ ކިޔައިފަ އެވެ.
Warmly welcome UK Foreign Secretary Jeremy Hunt’s announcement of intention to open an Embassy of the U.K in Malé. This marks a significant milestone in our relationship, & look forward to strengthened opportunities for education, trade tourism & investment for both countries.
— Abdulla Shahid 🎈 (@abdulla_shahid) December 4, 2018
އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓު.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ނިންމުމުގެ ސަބަބުން ތައުލީމާއި ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ އިން ގުޅުން ބަދަހިވެ، އިންވެސްޓްމަންޓްތައް ލިބުމަށް ފަހިވާނެ ކަމަށެވެ.
މިނިސްޓްރީން ބުނީީ، އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަށް ދިވެހި ސަރުކާރުން ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ.
އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ގާއިމު ކުރެވިއްޖެނަމަ، އެއީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެމްބަސީއެއް ގާއިމު ކުރާ ގައުމަށް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިފޫ
05 December 2018
އީޔޫ އެމްބަސީ އެއް މާ މުހިއްމު، ޔޫކޭއަށް މިހާރުވެސް ވިސާ ނުލާ ދެވޭ. ނޫނީ އީޔޫ ވިސާ ފްރީ ކޮއްލާދީ
މަންޑޭލާ
05 December 2018
ދިވެހިން ގޯހެއްހަދާފި.
ޝޮކްތެރަޕީ
05 December 2018
މިފެންނަނީ ގޮތްނޭގޭ ކަންތަކުގެ ފެށުން. މީދެރަކަމެއް.
މާރަނގާ - އައްޑޫ ސިޓީ
05 December 2018
އެމަރިކާ އިޤިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ޤައުމުތަކުގެއެމްބަސީއަކީ ފެތުރިފައިވާ ބޮޑު ކަމްޕައުންޑަކާއިއެކީ ހުންނަތަންތަން. * * މާލޭގެ ކޮޓަރިއެއްގައި ޖެހިގެންހުރިގޭގެ ފާހާނާއާއިއިންވެގެން އިޤިރޭސި އެމްބަސީބަހައްޓާކަށްއެމީހުންނޭދޭނެ. * * ސިޓީ މޭޔަރ އިސްނަންގަވައި އެެކަށީގެންވާބިމަކާއިއެކު އަހަރުމެންނާއި ގުޅުންބޮޑު އިޤިރޭސިއެމްބަސީ އައްޑޫގައިޤާއިމްކޮށްދިނުމަށް ރަސްމީގޮތުން އިޤިރޭސި ފޮނިންގ އޮފީހަށް ހުށަހަޅުއްވާންޖެހޭ. މިއީ ހަމަ ރަނގަޅު ފުރުސަތެއް.
ދދދދދ
05 December 2018
އިނގިިރޭސިި ފިިރިިހެނަކާ ނީންނާނަންތަ ޖީވަންޓޭ؟
ތޭންކްސް
05 December 2018
ޑިއަރ މިނިސްޓަރ، ދެން ކޮށްދެއްވަންވީ ކަމަކީ ރާއްޖޭގެ ފަރާތުން ކަނޑައަޅާފަތިބި އެމްބެސަޑެރުން ބަދަލުކޮށްދޭންވީ. ފަހުމީ ކަހަލަ މުންދު މެންކަހަލަ މީހުން މަޤާމުން ވަކިކޮއްދީ. ދެން ޝެންޖެން ވިސާ ރާއްޖެއިން ލިބޭނެގޮތް ވީހާ އަވަހަކަށް ހަދައިދީ. ތޭންކްސް.
އަޕްޑޭޓް
05 December 2018
ކޮން މަގާމެއްގަތަ މުންދު ހުރީ؟
ފޮސްކަލޯ
05 December 2018
އަޅެތިއެންބަސީން ކޮންކަހަލަ ކަންތައްތަކެއްތޯ ކުރާނީ؟ އިނގިރޭސި ވިލާތާއި ރާއްޖެއިން އެއްވެސް ވިޔަފާރިއެއްކުރޭތޯ ފަންސާހަކަށް ދިވެހިންގެ ވިސާ ނޫންކަމެއް ކުރޭތޯ؟ ތިތަންތަން ހަދައިގެން ޖާސޫސުކުރުން ނޫން އެހެންކަމެއްތިޔަ މީހުން ނުކުރޭ. ބަލާތި ތިމީހުން އެންމެ ފުރަތަަމަ ކުރާނެކަމަކީ ދެމަފިރިން ދައްކާވާހަކަ އަޑުއެހުމާއި، އެލެކްސް ނަޝީދު އަދި ޕާޓީކުދިންގެ ވިސާ ކަންތައްތައް ފަސޭހަކޮށްދީ އެލެކްސްއަށް ކަމެއް ދިމާވުމުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.
މުހައްމަދު ޝާހިދު
05 December 2018
ޝާހިދުގެ ޓުއިޓު ދެންމެއަކު ކިޔައިފިން. ޔުނައިޓެޑު ކިންގޑަމު އަދި ނޯރދަން އައިލޭންޑުގެ އެމަބަސީއެއް ތިޔަ މާލޭގައި މިވަގުތު ހުޅުވުމުގެ އެހާ ބޮޑު ޝައުގު ވެރިކަމެއްނެތް ޔޫ ކޭ ސަރުކާރަކު. ސަވަބު ވަރައްސާފު، ޝާހިދުއަށް ޔޫ ކޭ ފަހަރެއްގައި އައުތަނެއްކަމަކަށް ވިޔަސް އަހަރުމެނަކަށް އެއީ ބައުތަނެއް. މުޅި ޔުނައިޓެޑު ކިންގޑަމް ތަރައްގިކޮށްފައިވަނީ އެއްފެންވަރެއްގައި. އެހެންތޯ ރާއްޖޭގައި ޝާހިދުމެން ކަންތައް ކުރަމުން އަންނަނީ. 3 ދަރޖައަކަށް ރައްޔަތުން ބަހައިގެ
ސިލީ
05 December 2018
ޝާހިދަށް ޔޫކޭ އެއީ އާ ތަނެކޭ ބުނީމަ ވަރަށް ހިނިއަންނާނެ. އެ އެންމެންގެ ދަރިންތައް އެކިޔަވަނީ ކޮން ގައުމަކުންބާ؟
ފޮސްކަލޯ ސިވީ
05 December 2018
ކޮމެންޓުތަކުން ނެރެން އުލޭ މާނަ ނޭނގޭ ބެއްޔާމެން ދުރުގައިތިބުން ބުއްދިވެރީ ތިޔައީ އަހަރުމެން ނުދަންނަ ޝާދުއެއްނޫނޭ. ތިޔަ ބައިގަނޑުގެ ސަވަބުން މިއަދުވެސް ދިވެހިރައްޔަތުންގެ %75 އެމީހުންގެ އަޅުންގެ ގޮތުގައި މިތިބީ.. ރާއްޖެތެރޭގެ 2 މީހުން ވެރިކަމަށް ގެނައީ މިއުނދަގުލުން ސަލާމަތްވޭތޯ..ނަމަވެސް އެވެރިކަމުގެ އެއްމެ އަޑީގައި ބާރުގަދަ ކުރީ މިދެންނެވި ހާރޑުލައިނުގެ މީހުން އެވާހަކަ މިދައްކަނިީ..ކިއްތާނު ސަކީނާ މިއަދު ދުނިޔޭގައި ހުރިނަމަވެސް ހުރީ ޔޫ ކޭ ގައ
ދޮންތުތު
05 December 2018
މަނިކުފާނު ތިޔަމުން ފުރަތަމަ ފެށިނަމަ ކިހާ ރަނގަޅުވީސް، މަނިކުފާނު ވެއްޖެ ވީހާވެސް އަވަހަށް އިންޑިއާއަށްގޮސް ސަލާންޖަހަން، އަދި 5 އަހަރު އެބައޮތް ވެރިކަންކުރަން، އިންޑިއާ ދަތުރު ފަސްކޮށް، ޖަޕާނުގެ ދަތުރު އަވަސްކުރިނަމަވެސް ރީތިނަމެއް ލިބުނީސް، އަަހަރުމެން ބޭނުންވަނީ އިނގިރޭސިން ކާރިކޮށް، ޔޫރަޕް ކާރިކުރަން، ސާކުގެ ގައުމުތަކުން އަރައިގަންނަންޖެހޭ، ހެޔޮނުވާނެ އިންޑިއާގެ ފައިބުޑަށް ނުވެއްޓޭތި
ދެން
05 December 2018
އަންނަ ފަހަރު އިންޑިއާ ހައިކޮމިޝަނަށް ފިލަން ނުވަދެ ދުނިޔޭގެ ބޮޑު އެއް ބާރުގެ ތަނަކަށް ވަދެ ހުރެވިދާނެ ކިތަންމެ ދުވަހަކުވެސް. ކޮންމެފަދަ ވާހަކައެއް ދައްކާފަ ކޮންމެފަދަ ކަމެއް މިގައުމުގައި ކުރަން އުޅެފަވެސް ސަލާމަތްވެވޭނެ މަގެއް ތިއީ.