ޣައްސާން (ކ) އަދި ހުސައިން މަނިކު
08 ޑިސެމްބަރ 2018 - 08:38
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ތ. ގުރައިދޫ ދާއިރާއަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ކުރިމަތިލެއްވުމަކީ ރަނގަޅެއް ކަމަށާއި ބޭނުންވަނީ ޣައްސާން ފަދަ ބޭފުޅަކު ބަލިކުރައްވައި ބޮޑު ކާމިޔާބީއެއް ހޯއްދެވުން ކަމަށް އެ ދާއިރާގެ މިހާރުގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށް ޣައްސާނަށް ޓިކެޓު ދީފައިވާއިރު، އޭނާއާ ދެން ވާދަކުރައްވާނީ ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަސްވީ އަދި ތ. އަތޮޅާއި ގުރައިދޫ ދާއިރާގެ ގޮނޑި ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާ ހުސައިން މަނިކެވެ.
ގުރައިދު އަށް އުފަން ހުސައިން މަނިކު ވަނީ މިހާރުގެ ގާނޫނުއަސާސީ އިސްލާހުކުރި ރައްޔިތުންގެ މަޖިލިހާއި ރައްޔިޔުންގެ ޚާއްސަ މަޖިލިހުގައި ގާތްގަނޑަކަށް 30 އަހަރު ހޭދަކުރައްވައިފަ އެވެ. އެހެންވެ، އޭނާ ވެފައި ވަނީ މަޖިލިހުގައި މިހާރު އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރޭގަ އެވެ.
މެމްބަރު ހުސައިން މަނިކު ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، އޭނާގެ ފޯމު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަރުވަނީ.---ފޮޓޯ: ޖޭޕީ
ޕީޕީއެމް ދޫކުރައްވައި، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ހުސައިން މަނިކު ވިދާޅުވީ، ޣައްސާނާ ވާދަކުރެއްވުމަކީ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ބޮޑު ތަފާތަކުން ޣައްސާން ބަލިކުރުމަކީ އޭނާގެ އެންމެ ބޮޑު އަޒުމް ކަމަށް ވިދާޅުވި އެވެ.
"ޣައްސާން ބަލިކުރަން އަޅުގަނޑު މިހުރީ ވަރަށް ސާބިތުކަމާ އެކު. އޭނާ ބަލިކުރުމަކީ މިހާރު އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވާ ކަންތައް. ކުރިއަށް ވުރެ އުއްމީދު ވެސް އާ ވެއްޖެ،" ހުސައިން މަނިކު ވިދާޅުވި އެވެ.
ބޮޑުބޭބެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޣައްސާން ވަނީ ޑީއާރުޕީގެ ރަން ޒަމާނުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ތިމަރަފުށި ދާއިރާއަށް ވެސް ވާދަކުރައްވައިފަ އެވެ. އެކަމަކު، އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު މުސްތަފާއާ ވާދަކުރައްވައި ވީ ބައްޔެވެ.
ޕީޕީއެމްގެ މައްސަލައިގައި ހިޔާލު ތަފާތުވެ، ބައްޕާފުޅު މައުމޫނާއި ބޮޑުބޭބޭފުޅު ރައީސް ޔާމީންގެ ގުޅުން ކެނޑުމުން ޣައްސާން ސިޔާސީ ގޮތުން އެރުއްވީ ރައީސް ޔާމީންގެ ފަޅި އެވެ.
ހުސައިން މަނިކު ވިދާޅުވިގޮތުގައި، ތ. އަތޮޅުގެ ރައްޔިތުން ޚާއްސަކޮށް ގުރައިދޫ ދާއިރާގެ މީހުން ބޭނުންވާނީ އަތޮޅަށް ނިސްބަތްވާ ބޭފުޅަކު މަޖިލިހަށް އިންތިޚާބު ކުރުމަށެވެ.
"އެހެންވެ، ޣައްސާނަކަށް ގުރައިދޫ ދާއިރާގެ ރައްޔިތުން ފުސަތެއް ނުދޭނެކަން ކަށަވަރު. އަޅުގަނޑު މަޖިލިހުގައި ހުރި ދުވަސްތަކުގައި ގުރައިދޫ ދާއިރާ އަށް ލިބުނު ކުރިއެރުމެއް ވިއްޔާ އައިސްފައި އޮންނާނީ. އެކަން ފެންނަން ހުންނާނެ،" ވަރަށް ކުރިއްސުރެ މައުމޫނާ ގާތްގުޅުމެއް ބާއްވަމުން ގެންދަވާ އަދި އެމަނިކުފާނުގެ ސަރުކާރުގައި ވެސް މަސައްކަތް ކުރައްވާފައިވާ ހުސައިން މަނިކު ވިދާޅުވި އެވެ.
މައުމޫނާ ގާތްގުޅުމެއް އޮތް ނަމަވެސް މިދިޔަ މަހުގެ 17 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ޔާމީން ބަލިވުމާ ހަމަ އަށް ހުސައިން މަނިކު ހުންނެވީ ޕީޕީއެމްގަ އެވެ.
ގުރައިދޫ ދާއިރާއަށް އެމްޑީޕީން ވެސް ވާދަކުރަން ނިންމާފައިވާއިރު، އެ ޕާޓީގެ ކެންޑިޑޭޓު ކަނޑައަޅާނީ ޕްރައިމަރީންނެވެ.
ރައީސް ޔާމީން، ގުރައިދޫގައި ބޭއްވެވި ކެމްޕެއިން ޖަލްސާގައި އެމަނިކުފާނާއި ހުސެއިން މަނިކު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ހުސައިން މަނިކު ވިދާޅުވީ، ގުރައިދޫގެ އިތުރުން އެ ދާއިރާގައި ހިމެނޭ ދިޔަމިގިއްޔާއި ގާދިއްފުއްޓަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ހަމައެކަނި ގުރައިދު އަށް ބެލި ނަމަވެސް 24 ގަޑިއިރުގެ ކަރަންޓާއި ބަނދަރު ހެދުމާއި [މިހާރު މަރާމާތު ކުރަންޖެހޭ] ފެންވަރު ރަނގަޅު ސިއްހީ މަރުކަޒަކާއި ބޮޑު މިސްކިތަކާއި ސްކޫލް އިމާރާތް ގާއިމް ކޮށްފައިވާ ކަމަށް ހުސައިން މަނިކު ވިދާޅުވި އެވެ.
ޚާއްސަ ގޮތެއްގައި ގުރައިދޫގެ ބިން ހިއްކުމާއި އެ ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ހިންގާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެ މަސައްކަތަށް އެކަނި ވެސް 200 ވަރަކަށް މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފަ އެވެ.
"ގުރައިދޫގައި ބޭންކެއް އެ ވަނީ ހުޅުވާފައި. ސާފު ބޯފެން ގުޅައިދިނުމުގެ މަސައްކަތް އެ ނިމެނީ. ފުޓްސަލް ދަނޑު ނިމެނީ. ގުރައިދޫގައި އާ ބަނދަރެއް ހެދުމާއި މަގުތައް ހެދުމާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކުރަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައި. މިއީ ހަމައެކަނި ގުރައިދޫގެ ވާހަކަ،" ހުސައިން މަނިކު ވިދާޅުވި އެވެ.
"އަޅުގަނޑުގެ މަސައްކަތުން ސަރުކާރުގެ އެހީތެރިކަމާ އެކު ދިޔަމިގިއްޔާއި ގާދިއްފުއްޓަށް ވެސް އެ ވަރަށް ކަންތައް ކޮށްދީފައި އޮންނާނީ. ގާދިއްފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން އެ އޮތީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި. އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ފަށާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބޮޑޭ މުހައިމިނު،ކުޅުއްފުށި އާކާސް
10 December 2018
ހުސެން މަނިކު ދޮންމަނިކު ކިޔާ މެންބަރަކު ވެސް ހައްޕު ކިޔާގެން ކޮންމެ މަހަކު 82500ރ ފަސް އަހަރު ވާދެން ހޯދައިފި ކަން މި އެގުނީ
މަޝްހޫދު
09 December 2018
ހުސެންމަނިކު ތިބުނި އެއްޗަކުން މަށައް ހީވަނީ ހުސެންމަނިކު ބިރުގެންފިހެން.
ާޮަަެެްރަށު މީހާ
09 December 2018
މިފަހަރު އަހަރުން ހޮވާނީ ދަލޫފު. ފާޅުގަ NO އޭ މިފަހަރު މިބުނަނީ ޣައްސާނައް ވެސް ހުސައިން މަނިކައްވެސް.
މާރނީ
09 December 2018
ބަލަގަ އިބޫ އަކީ މާލޭ މީހަކާ އިނދެގެން ހުރި މީހެކޭ. އޭނާގެ ދަރިން ނަކީ މާލޭ މީހުން.
އަހުމަދު ޝާހިދު
09 December 2018
ތ. ގުރައިދޫގައި އަލިފު ބާ މިފެންވަރަށް އެނގޭ މީހަކު ނެތީތޯ. މާލެ މީހުން ތިޔަ ރަށުގެ ގޮނޑިއަށް ހޮވަން ފޫގަޅައިގެން ތިތިބީ. ހުސައިން މަނިކު ކަމުނުދާނަމަ ހަމަ ތިރަށުން އެހެން ޒުވާނަކު ނެރެދީ.. އަހަރުމެން މަސައްކަތް ކޮތްގެން 780 އަހަރުވަންދެން މާލެ މީހުން ކުރަނުން އައި ވެރިކަން އެއޮތީ %100 ބަދަލުކޮށްފައި. މާލެ މީހުން ހޮވަންޖެހޭނީ މާލެ އިން މިކަމަށް ވިސްނާ.. މުޅި ގައުމު އެމީހުން މާލެ މީހުންގެ މުދަލަށް ހެދިޔަނުދީ..
ގުރާ އައްޔަ
08 December 2018
އަހަރެންގެ ވޯޓު ދޭނީ ޤާބިލް ޒުވާނަކަށް މަށާ މަގޭ އާއިލާގެ ވޯޓު ދަލޫފް އަށް
ދަލޫފުގެ ސަޕޯޓަރުން
08 December 2018
ޣައްސާން އަށް ޓިކެޓް ދިނީ ޚުދުމުޚުތާރުކޮށް! ދިޔަމިގިލިން އެންމެ ވޯޓެއްވެސް ހުސެންމަނިކަށްވެސް ޢައްސާނަށްވެސް ނުލިބޭނެ ދިޔަމިގިލީ ޒުވާނުންތިބީ ދަލޫފް2019 ޖަހައި ނިންމައިގެން! މިފަހަރު ހޮވާނީ ދަލޫފް ޢައްސާނު ކިޔާމީޙެއް ނުދަންނަން! ޙުސެންމަނިކު ވާވަރަށް ފޮނިބުރުވައިފި! ޔާމީން ޢައްސާނު ހޮވާ 6 މެންބަރުންގެ ކޮމިޓީ ވޯޓުން!
ދިޔަމިގިލީ ރަދުން
08 December 2018
ޣައްސާނަށް ޓިކެޓް ދިނީ ދާއިރާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށުގެ މީހަކުވެސް ޕާޓީގެ ޓިކެޓް ހޯދަން އެދި މަސަކަތް ކޮށްކޮށް ހުއްޓާ ޕްރައިމަރީ އެއްވެސް ނުބާއްވާ، އަދި ޕާޓީގެ ވޯޓް ދޭންތިބި އެއްވެސް ދާއިރާއެއްގެ އެއްވެސް އިސްބަޔަކާ ނުވަތަ ގޮތްޕެއްގެ ނުވަތަ ދާއިރާ އަށް ނިސްބަތްވާ އެއްވެސް ބަޔަކާ މަޝްވަރާ ކޮށްނުލާތާނގަ، ދެން ޝައުޤުވެރިކަން ފާޅުކޮށް ކެމްޕެއިންވެސް ކުރަމުންގެންދާ އެއްވެސް މެމްބަރަކަށް ދޮންކަޅުވެސް އަންގާ ނުލާ! ދިޔަމިގިލީ ވޯޓު ނުލިބޭނެ
މީހަކުމެރީ ކާރުންޖާ
08 December 2018
ޑޮކްޓަރ ކަން ކިޔަވަންހުރެފަ ނުނިންމާ އައި ސަބަބު ބުނެދީބަލަ ގައްސާނު.
ހަސަންއަ
08 December 2018
މަގޭވޯޓު ގައްސާނައް ސޮރީމަނިކާ