ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިންޑިއާގެ ރައީސްއާ ސަލާމް ކުރައްވަނީ.
17 ޑިސެމްބަރ 2018 - 10:53
ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް އިންޑިއާއިން ރަސްމީކޮށް މިއަދު މަރުހަބާ ދަންނަވައިފި އެވެ.
އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީބަވަންގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ރައީސްގެ އިތުރުން، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. ރައީސް ރާޝްތުރަޕަތީބަވަން އަށް ވަޑައިގަތުމާ އެކު، 21 ބަޑީގެ ސަލާމެއް އެރުވި އެވެ. އަދި ރާއްޖެ އާއި އިންޑިއާގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޝަރަފްގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ރައީސް ތައާރަފްކޮށްދެއްވި އެވެ. ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، އިންޑިއާގެ ރައީސަށް ވެސް ތައާރަފްކޮށްދިނެވެ.
ރައީސްގެ ދެކަނބަލުން ވަނީ މަހާތުމާ ގާނދީގެ މަގްބަރާ، ރާޖްގަޓަށް ވެސް މިއަދު ވަޑައިގެންފަ އެވެ.
އިންޑިއާ އިން ރައީސް އަށް ގާޑް އޮފް އޮނާއެއް އަރުވަނީ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް ރޭ ވަނީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އިންޑިއާގެ އިންވެސްޓަރުންނާ ބައްދަލު ކުރައްވައި، ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވި އެވެ.
ރައީސާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީއާ ރަސްމީކޮށް ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުން އޮންނާނީ މިއަދެވެ. އެގޮތުން، ރައީސް ސޮއިކުރައްވާނެ އެންމެ މުހިންމު އެއްބަސްވުމަކީ ދިވެހިންނަށް އިންޑިއާ ވިސާގެ ލުއިކަން ހޯއްދަވައި ދެއްވުމާ ގުޅޭ އެއްބަސްވުމެވެ.
ރައީސްގެ ދެކަނބަލުން މި ދަތުރުފުޅުގައި ތިއްބަވަނީ ވެސް ރިޔާސީ ގަނޑުވަރުގަ އެވެ. ރައީސްގެ ދެކަނބަލުން އިންޑިއާއަށް މި ވަޑައިގަތީ އިންޑިއާއިން ފޮނުވި ޚާއްސަ މަތިންދާބޯޓެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުމާާ
17 December 2018
މަރުހަބާ ދަންނަވާފަ ބޮޑު ދަރަންޏެއް ދިވެހިންގެ ބޮލުގައި އަޅުވައިފި. ތޭންކްސް އިބޫ މޯދީ
މިލިޓަރީ
17 December 2018
ދިވެހިންގެ ފައިދާ އިންޑިޔާއަ. ދެރަ.
މަންޑޭލާ
17 December 2018
ދިވެހިންނަކީ މުސްސަދި ޤައުމެ. އިންޑިޔަގެ ސަބަބުން މިރައްޖެ ތަރައްގީ ނުވެގެން މިއުޅެނީ. ޗައިނަޔާ ގާތްވީތީ މިރައްޖެ ތަރައްގީ ވިތަން ދިވެހި ރައްއިތުން ދެކެފިން. މިހާރު މިވާގޮތުން އަނެއްކާވެސް އިންޑިޔާގެ މުށުތެރެޔަ މިޤައުމު މިދަނީ.
ޝޮކްތެރަޕީ
17 December 2018
އިންޑިޔާއާ ގުޅިގެން ދިވެހިން އަޅުވެތިވާނީ. ނިކަން ސައުދީ ޗައިނާ ކަހަލަ ޤައުމުތަކާ ގުޅިގެން މިރާއްޖެ ތަރައްގީ ވާނީ.
އަހާށޭ
17 December 2018
އަހަރެން ވަރަށް އުފާވޭ ރައީސް ޤައުީކުލައިގެ ޓައި އަޅުއްވައިގެން ހުންނެވީމާ. މިއިން ދައްކައިދެނީ ރާއްޖޭގެ ހުރިހާ ރައިއްޔތުންގެ ރައީސްކަން އަދި ވަކިޕާޓީގެ ކުލައެއް މިކަހަލަ ޤައުމު ތަމްސީލު ކުރާކަންކަމުގައި ޖެހިގެން ނުވާނެކަން .
Haruge
17 December 2018
މާބޮޑަށް ދަށުވީމަ ކުރާނެ ކަމެއްނޯންނާނެ. ޢިންޑިޔާއިން ބުނާ ކޮންމެ ކަމެއްކުރަންޖެހޭނެ. ޢިންޑިޔާއިން ލަދުގަންނަންޖެހޭނެ ދިވެހިންނަށް ވިސާލުއި ކޮށްދޭވާހަ. މި 21 ގަރުނުގަ ދައްކަން. މީގެ 21 ހަކަށް އަހަރު ކުރިންވެސް ތިއަށްވުރެ ބޮޑު ލުއިތައް ދީފަ އޮންނަންޖެހޭނީ. ޢަދި ތީ ދުވާލަކު 1ފަހަރު ބަދަލުވާ އެއްޗެއް. އެގްރީމެންޓް އޮތަސް ކަންކުރާނީ ހިތައްއެރިގޮތަކަށް. ކޮބާ ދިފާއީ އެއްބަސްވުމާލޯނުއެއްބަސްވުމުން ޤައުމު އަޅުވެތިކުރާވާހަކަތައްސިއްރުކުރަނީ ކީއްވެ.
ސަޅިބައިސާ
17 December 2018
މިރާއްޖޭގައި މިއޮތީ އިންޑިއާގެ ވެރިކަމެއް. ޑިމޮކްރަސީގެ ނަމުގާ ގައުމުތަކަށް ބޮޑެތި ގައުމުތަކުން އަތްގަދަކުރަންކުރާ މަސައްކަތް މިފެންނަނީ. ޗައިނާއިން ލިބޭ އޮފަތަކެއް އިންޑިއާއަކުން ނުލިބޭނެކަން ބުއްދި ސަލާމަތުންހުރި ކޮންމެ މީހަކުވެސް ޤަބޫލުކުރާނެ. ފަހަރުގާ ވެރިންގެ ޖީބަށް ބޮޑުވެދާނެ. ޑިމޮކްރަސީއަކީ 21 ވަނަ ޤަރުނުގެ ރަންނަމާރި.
ޑިމޮކްރަސީ
17 December 2018
މިހާ އެކުވެރި ދެ ޤަވްމުގެ ވިސާ ފްރީ ވާންޖެހޭނެ
މިމާ
17 December 2018
ހިބަކުރަން ހުރި ފަޅު ރައްތަކުގެ ކަންތައް ކޮންއިރަކު ކުރިޔައްދަނީ
މަރޭމިތުރާ
17 December 2018
ވިސާއަކީ މިދެގައުމު ދެމެދަށް އޮންނަންވި އެއްޗެއްނޫން! ހިސާބުގެ އެންމެ އެކުވެރި ދެގައުމަށް ވިސާބޭނުމެއްނޫން!........................... ހިސާބުގެ އެންމެ އެކުވެރި ދެގައުމު ކމަށްވަންޏާ ވިސާއޮތުމުގެ ބޭނުމެއްނޫން. އެހެނީ އިންޑިއާއާއި ނޭޕާލްގެ ދެމެދަކުވެސް ވިސާ ބޭނުމެއްނޫން.