17 ޑިސެމްބަރ 2018 - 13:39
ރާއްޖެއަށް 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އިންޑިއާ އިން ނިންމައިފި އެވެެ.
އިންޑިއާއިން 21 ބިލިއަން ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ހަމަޖައްސައިދޭނެކަން އިއުލާން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ފަހު ބޮޑުވަޒީރު ނަރެންދުރާ މޯދީ އެވެ.
މޯދީ އެކަން އިއުލާނު ކުރެއްވީ ދެ ލީޑަރުންގެ ބައްދަލުވުމަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވީ، 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ އަކީ ރާއްޖޭގެ ބަޖެޓުގެ ދަތިކަމަށް ދިން އެހީއެއްގެ އިތުރުން އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީއާ ގުޅޭ ކަންކަމަށް ކަމށެވެ. އަދި ފައިސާ ބަދަލުކުރުމުގެ ކަންކަން ވެސް އެ އެހީގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސްގެ ދަތުރުފުޅުގައި މިއަދު ވަނީ ދެ ގައުމުން ގިނަ އެމްއޯޔޫތަކެއްގައި ސޮއިކޮށްފަ އެވެ. ދެ ގައުމުން އެއްބާރުލުން އިތުރުކުރަން ނިންމި ދާއިރާތަކުގެ ތެރޭގައި ސިއްހީ، ތައުލީމީ އަދި ދިފާއީ ދާއިރާ ހިމެނެ އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް ރޭ ވަނީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އިންޑިއާގެ އިންވެސްޓަރުންނާ ބައްދަލު ކުރައްވައި، ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ވެސް ދެއްވި އެވެ.
ރައީސްގެ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީގެ އިތުރުން އެގައުމުގެ ރައީސްއާ ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ. އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައި ބޭއްވި ބައްދަލުވުންތަކަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރަކަށް ވާން އިންޑިއާ ކުރަމުން އަންނަ މަސައްކަތަށް ރާއްޖެ އިން ތާއީދު ކުރާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންޑިއާއެޖެންޓު
18 December 2018
މި ލޯނުގެ ބޭނުން: 1.ޥެރިކަން ލިބުނުތާ 1 މަސްތެރޭ 1400މިލިޔަން ޑޮލަރުން ( 1400×15.42 =21،588 މިލިޔަން ރުފިޔާ) އިން އެދަރުވާލީ. އަދި އޮޅުވާލަންވެގެން ބައިބައަށްބަހައި ކޮނމް ބަޔަކަށް ނަމެއްދީގެން. ތިގޮތަށް އޮޅުވާލެވޭނީ ހަމަ އަލީވަހީދު އެބުނާ ދެބަންދިހާރިންނަށް އެކަނި. ދިވެހިރައްޔިތުންނަކަށް އޮޅުވައެއްނުލެވޭނެ. 2. އިންޑިއާ މަކަރާހީލަތުން މި ލޯނު ބޮލުގަ އަޅުވައިގެން ރާއްޖޭގެ އުތުރާދެކުނާ މެދުގަ މިލިޓަރީބޭސް އަޅައި 50 އަހަރު ތެރޭ ރާއްޖެ ދިރުވާލުން
އަރީޝް
18 December 2018
ތި ބުނާ ކޮންކުރީޓު ތަރައްގީއަކީ ދެކޮޅު ޖެހޭ ގޮތައް އަދި އެ މަޝްރޫއަކުން އެ މަޝްރޫއެއްގެ ލޯން ދެއްކޭނެ ގޮތައް ފީސިބަލްކޮއް ރާވާފަ ހުރި މަޝްރޫއުތައް ހިންގަން ނެގުނު ލޯނުން ގެނައި ތަރައްގީ. މިސާލަކައް އެޔާޕޯޓު ގެ ލޯނު އެޔާ ޕޯޓުން ދެއްކޭނެ. އައިޖީއެމްއެޗް ލޯނު އެތަނުން 27 އަހަރުތެރޭ ދެއްކޭނެ. އިބޫ ހެދިހެން މަޝްރޫއެއް ފީސިބިލިޓީއެއް ނުހަދާ ގޮސް ކަނުބަނދެގެން ތިބެ އިންޑިއާއައް ދަރަނިވެރިވެގަތީކީއެއް ނޫން...ބޯ ކޮބާ؟
އައިސް
18 December 2018
ކްރެޑިޓް ފެސިލިޓީ އެއް (ތިވަރުގެ)ހަމަޖައްސާފަ ބޭއްވުން ރަގަޅު، ކޮންކްރީޓް ތަރަށްގީގެ ލާރި ދައްކަން ފަށުނީމަ ވަރަށް ބުރަ ބޮޑުވާނެ.
ވިސްނާސް
18 December 2018
ތި ބުނާ ކޮންކުރީޓު ތަރައްގީއަކީ ދެކޮޅު ޖެހޭ ގޮތައް އަދި އެ މަޝްރޫއަކުން އެ މަޝްރޫއެއްގެ ލޯން ދެއްކޭނެ ގޮތައް ފީސިބަލްކޮއް ރާވާފަ ހުރި މަޝްރޫއުތައް ހިންގަން ނެގުނު ލޯނުން ގެނައި ތަރައްގީ. މިސާލަކައް އެޔާޕޯޓު ގެ ލޯނު އެޔާ ޕޯޓުން ދެއްކޭނެ. އައިޖީއެމްއެޗް ލޯނު އެތަނުން 27 އަހަރުތެރޭ ދެއްކޭނެ. އިބޫ ހެދިހެން މަޝްރޫއެއް ފީސިބިލިޓީއެއް ނުހަދާ ގޮސް ކަނުބަނދެގެން ތިބެ އިންޑިއާއައް ދަރަނިވެރިވެގަތީކީއެއް ނޫން.
ބޮކުރި
18 December 2018
ރާއްޖެ ހިފުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ޤައުމަކީ އިންޑިޔާ.... ތިހުޅުވައިދިނީ އިންޑިޔާއަށް ރަނގަޅު ދޮރެއް.
ފޮރިން އެނަލިސްޓު
18 December 2018
އެންމެ ބަހެއް: ސިއްކީމު.
ޝޖާ
18 December 2018
މި ގައުމަކީ ވެރިކަމައް އަރާމީހަކު ހިތުހުރިހާ ގޮތެއް ހަދަން އޮތް މުދާގަނޑެއް ކަމައް ހީފުޅުނުކުރައްވައްޗޭ އިންޑިއާ ސިފައިން ކިއެއްކުރަން ކޮންމެ ގައުމެއްގެ ސިފައިން ތިއްބަސް ވަގުތު ޖެހުނީމަ ނިކުންނާނަން އިންޝާ ﷲ
ަހިޔަނި
18 December 2018
ލޯނު ލިބެނީ ޖީއެމްއާރު ފަދަ އިންޑިޔާ ސަރުކާރާ ގުޅިފައި އޮންނަ ކޮރަޕްޓު ކުންފުނި ތަކަށް ޕްރޮޖެކްޓް ދީގެން އެމެންގެ ހުރިހާ މިލިޓަރީ ބޭނުންތަށް މިތަނުން ހަމަޖެހެންޔާ. ވީމާ ކޮންމެ އިންޓަރެސް ރޭޓެއްގަ މި 'ލޯނު ފެސިލިޓީ' ހަމަޖެހުނަސް މިއީ ކޮރަޕްޝަން އަދި ގައުމަށް ގައްދާރު ވުން. ވަރަށް ސަލާން މިސަރުކާރަށް ވޯޓުލީ އެންމެނަށް.
ހަހަހާ
18 December 2018
އިންޑިއާގެ އާބާދީގެ ވަނީ ޕަވަރޓީ ލެވަލް އަށް ވުރެ ދަށުގައި. އެމީހުނަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓާއެއް ދޭން ރަނގަޅު. ރަށު މީހުންގެ ހާލު ރަނގަޅުކުރުމަށް އިސްކަން ނުދޭ ވެރިއަކު އެދުމެއްނެތި އެހެން ބަޔަކަށް ހެވެއް ނޭދޭނެ. ވަރަށް ސަލާމް.
ސަމޭދާން
18 December 2018
ކަނަކު އަތްދަށުވިސް އިންޑިޔާ އަތްދަށު ވާކައް ނުވާނެ
ދޮންނޭ
18 December 2018
ދިިވެހިި ރައްޔިިތުންގެ ހަތުރު ވޯރާވެރިިންގެ ކިިބައިިން ސަލާމަތް ކުރައްވާފާނދޭވެ. އަދި އެމީހުންގެ ފައިބުޑަށް ވެއްޓޭ ވެރިިން ބަލިިކަށިި ކުރައްވައިި ބާރު ނެތިި ކުރައްވާނދޭވެ. މިި ޖަހައިިދޭން ކެރޭނެ؟