ރައީސް ކެބިނެޓް ބައްދަލުވުމެއްގައި: ހަ ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލް ވަނީ ތަސްދީގު ކުރައްވާފައި .---ފޮޓޯ: ރައީސް އޮފީސް
20 ޑިސެމްބަރ 2018 - 18:27
ހަ ގާނޫނަކަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްވީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި ދެ އިސްލާހަކާއި ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހަކާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހެއްގެ އިތުރުން ކުންފުންޏާ ބެހޭ ގާނޫނަށް ގެނައި އިސްލާހެއް އަދި ގައުމީ ބަހަށް އިސްކަން ދިނުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހެކެވެ. އެ ހުރިހާ އިސްލާހުތަކަކީ ވެސް ސަރުކާރުން މަޖިލީހަށް ހުށަހެޅި އިސްލާހުތަކެވެ.
އިމްޕޯޓް އެސްޕޯޓް ގާނޫނަށް އިސްލާހު ދެ އިސްލާހަކީ ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑައިލުމުގެ އިސްލާހަކާއި ޑީސަލުން ޑިއުޓީ ކަނޑާލަން ގެނައި އިސްލާހެކެވެ.
ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހަކީ ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ތަންތަނުގެ އެންވަޔަރްމެންޓަލް އިޕްމެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީގެ ދަށުން ނެގުމަށް ފަހު އެންވަޔަރްމަންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހަކީ ކޮމިޝަނާ އޮފް ޕްރިޒަންސް ނުވަތަ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ނޫން މީހުން އައްޔަން ކުރެވޭ ގޮތަށް ގެނައި އިސްލާހެވެ.
ކުންފުންޏާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކީ އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވައިލުމުގެ ބާރު ރަޖިސްޓްރާ އޮފް ކޮމްޕެނީޒަށް ލިބިދެވޭ ގޮތަށް ގެނައި އިސްލާހެކެވެ. ގައުމީ ބަހަށް އިސްކަން ދިނުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކީ ދިވެހި ބަހާ ގުޅޭ ކަންކަން ބެލެހެއްޓުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ނެގުމަށް ފަހު، ސަގާފީ އަދި ތަރިކައާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ގެނައި އިސްލާހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެނބަދޫ މީހާ
20 December 2018
ރައްޔިތުންގެ އަތުން ގެއްލިފައިވާ ފައިސާ އާއި މަހުޖަނުންނަށް ނުހައްގުން ދީފައި ހުރި ރަށްތައް ދައުލަތަށް އަނބުރާ ހޯދަން އުޅުބަލަ
ތިމާވެށި
20 December 2018
އުވާނުލެވިފަ ހުރި ވަގު ކުންފުނިތައް އުވާލެވޭ ގޮތް ހެދީއެވެ. 15 ވިހި އަހަރު ކޮންސްޓްރަކްޝަން ފަދަ ވިޔަފާރީގެ ދާއިރާ ތަކުގަ އުޅެނި ކޮށް އަލަށް ހަދާ ކުންފުންޔަކަށް އެތައް މިލިއަން ޑޮލަރެއްގެ މަސައްކަތް ދެނީއެވެ. މަސައްކަތް ނަގާފަ ފައިސާ ކޮޅުނަގާފަ މަސައްކަތް ނުނިންމާ ކުންފުނި އުވާލަނީއެވެ. މިއީ ބައެއްސިޔާސީ މީހުނާއި އަދި އެމީހުނާ ގުޅިގެން ކުރާ ކަމެކެވެ.
އައިޝާ ސޯލިހު
20 December 2018
ދެން ޕެޓުރޯލުން ޑިޔުޓީބޮޑުކޮއްލާ އޭރުން އެބާލިބޭނެ