މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
30 ޑިސެމްބަރ 2018 - 19:20
ސަރުކާރުން މަސައްކަތް ކުރަނީ ދިވެހި ބޭސްވެރިކަމަކީ ވެސް ރާއްޖޭގެ ސިއްހީ ދާއިރާގައި ޖާގަ އޮތް ހިދުމަތަކަށް ހަދަން ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ހެލްތު މިިނިސްޓްރީން އިންތިޒާމްކޮށްގެން ދިވެހި ބޭސް އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާ ބެހޭ މަހާސިންތާ އިފްތިހާތުކުރަން ހޮޓެލް ޖެންގައި މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ބޭސްވެރިކަމަށް އިތުރު ކުރިއެރުން ހޯދައިދީ އެ ގޮތުން ވެސް ސިއްހީ ނިޒާމު ހަރުދަނާ ކުރަން ސަރުކާރުން މަަސަކަތް ކުރާނެ ކަމަށެވެ.
"ސަރުކާރުން އިސްކަމެއް ދީގެން މިއަދު މި މަސަައްކަތް މިކުރަނީ ދިވެހި މުޖުތަމައުގައި ހުރި ދިވެހި ބޭސްވެރިކަމުގެ އިލްމު އަލުން ކުރިއަށް ނެރެ، ދިވެހި ބޭސްވެރިކަމަކީ ވެސް ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގައި ޖާގަ އޮތް، އަދި މިއަދު ދުނިޔެ ގަބޫލުކުރާ ހަގީގަކަަށްވީ ހިނދު މި ދާއިރާއަށް އިތުރު ކުރިއެރުން ހޯދައިިދީ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ދިވެހި ބޭހުގެ އިލްމު ފަނޑުވެގެން ދިޔައީ އެ ކަންކަމާ ބެހޭ ލިޔެކިއުންތައް ނެތުމުން ކަމަށެވެ. ދިވެހި ބޭސްވެރިކަމަކީ ވަރަށް ބޮޑު އިލްމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ އިލްމު ރާއްޖޭގައި ޒަމާންތަކެއް ވަންދެން ދެމި އޮތް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހި ބޭސްވެރިކަމަކީ ރާއްޖޭގައި އަލުން ދިރުވައި އާލާ ކުރަން ޖެހޭ މުހިއްމު މަސައްކަތެކެވެ.
މަހާސިންތާ ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ބައިވެރިވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ. ރައީސް ވިދާޅުވީ އެވޭލާ ދިވެހި ބޭސްވެރިކަން ކުރިއަރާފައިވަނީ އަރަބި-ޔޫނާނީ ބޭސްވެރިކަމާއި އިރުމަތީގެ ބޭސްވެރިކަމުގެ އަލީގައި ކަމަށެވެ.
"ނަމަވެސް ދުނިޔޭގެ ހަކީމީ ބޭސްވެރިކަން ވެސް މިއަދު މި ވަނީ މުޅިން އެހެން މަރުހަލާއަކަށް ދަތުރުކޮށްފައި. އެހެންކަމުން ދިވެހި ބޭސްވެރިމަށް ވެސް މިހާރު ދިރުން ހޯދައިދޭން ޖެހެނީ ޒަމާނީ ވަސީލަތްތަކާއި ސައެންސާއި ޓެކްނޮލޮޖީގެ ވަސީލަތްތަކުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ދިވެހި ބޭސްވެރިން މަދެއް ނޫނެވެ. އެގޮތުން ހަކީމީ ބޭސްވެރިންގެ ގޮތުގައި ފަސް ބޭފުޅުން، އޯލްޓަނޭޓިވް ބޭސްވެރިންގެ ގޮތުގައި 19 ބޭފުޅުން އަދި ދިވެހި ބޭސްވެރިންގެ ގޮތުގައި 59 ބޭފުޅު ރަޖިސްޓްރީވެފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާގީނާ
31 December 2018
ވަރަށް ރަނގަޅު އައިޖީއެމްއެޗް އިން ހެޔޮއަގެއްގައި ހިޖާމާ ޖެހޭނެ ގޮތް ހައްދަވައިދެއްވިއްޔާ! މިހާރު އެކަން ކޮށްދޭ މީސްމީހުން ނަގާ 1500، 1000، 500 ސެޝަނަކަށް، މިއީ ދެން ބޮޑުވަރު!
ކަތީއްބެ
31 December 2018
އަލަށް އަންނަ ކޮންމެ ހެލްތު މިނިސްޓްރެއްވެސް ތިކަން ކުރޭ، ދުވަހަކުވެސް ދިވެހީންނަށް ދިވެހި ބޭހުން މަންފާއެއް ކުރާތަނެއް ނާދޭ، ތިކަން ހުއްޓާލާފަ ދިވެހިރާއްޖޭގެ ހޮސްޕިޓަލުތައް ފެންވަރު ރަނގަޅު ތަންތަނަށް ހަދައި ރަނގަޅު ޚިދުމަތްތަކެއް ލިބޭނެގޮތް ހެދިއްޔާ ހަމަގައިމުވެސް ތިޔަ ބޭކާރު ވަގުތު ސަލާމަތްކުރެވޭނެނުން، ނިކަން އާކަމެއް ކުރަން އެނގެންވެއްޖެނުން، ކުރިކަންތައް ކޮށްކޮށް ފޫހިވާހާވެއްޖެނުން.
ފާތާނިކެ
31 December 2018
ކޮންޖާގައެއްތޯ އެއީ ޗޮއިސްއެއް... ހެޔޮފުޅިއްޔާ އެއަށް އާސަންދަ ހަަމަޖައްސަދެއްވާ...
ފޭލިގެ
31 December 2018
ޕޯޑިއަމް ފޭއްޔެއްގޮތަށް ޑެކޮރޭޓް ކޮށްފަ ހުރީމަ ވަރަށް ޖޯކު. ވާހަކަ ދައްކަން ހުއްޓި ތިބޭއިރު ފޭލި އަނދެގެން ތިބޭހެން ހީވަނީ.
ޝުހައިދާ ޢަލީ
30 December 2018
ހިންގުމުގެ ދާއިރާގައި އަމީން ހަމަ ކުޅަދާނައީ ،
މުމިނާ
30 December 2018
މަނިކުފާނު މިއަދު މަހާސިންތާ ނިންމުމުގެ ހަފްލާގައި ދެއްކެވި ވާހަކަފުޅަށް ވަރަށް ތައުރީފުކުރަން. މަނިކުފާނުގެ ވާހަކަ އަޑުއަހާފައި އަޅުގަނޑު ހިތަށްއެރި ހެލްތުމިނިސްޓަރ އަކަށް އަބަދުވެސް ހުންނަންވީ މެޑިކަލް ދާއިރާނޫން ބޭފުޅެކޭ. އަމީނުގެ ވަށާޖެހިފައިވާ ވިސްނުންފުޅަށް ވަރަށް ބޮޑަށް ތާއީދުކުރަން. ޢަދި މަނިކުފާނުގެ ގާބިލްކަމާއިމެދު ކުޑަވެސް ޝައްކެއްނެތް.
ޏަދީމާ
30 December 2018
މިނިސްޓަރ އަމީން މަނިކުފާނަށްޓަމައކ އަޅުގަނޑުމެން ހިތް އުފަލުން ފޮޅެ. މަނިކުފާނަށް ހިތުގެ ފުންމިނުން ޝުކުރު. ދިވެހި ބޭސްވެރިކަން ގާދީކޮލުން ބޭރުވޭވެ އޮއްވާ މަނިކުފާނު ދިވެހި ބޭސްވެރިންނަށްޓަކައި ތިޔަނެންގެވީ ވަރަށް މުހިންމު އިސްނެންގެވުމެއް. ތިޔަހީވާގި ކަމިގައި މަސައްކަތް ކުރިޔަށްގެންދްވާ.
ދަންނަކަލޯ
30 December 2018
މިނިސްޓަރު އަމީން މި ކުރައްވަނީ ހުސް ރަނގަޅު ކަންތައް ދެއްތޯ! ތި ކުރިއަށް ނެރޭ ވިސްނުންތަކާއި، ތި ހިވާގިކަމާއި ހަލުވިކަމަށް ސާބަސްދެން! ހެލްތު ހަމަ މެކުހަށް!
ޒާލިމް
30 December 2018
ރަނގަޅު ވާހަކައެއް ވަޒީރު ތިޔަ ވިދާޅުވީ... ހުރިހާ ކަމެއްގައިވެސް ދިވެހިންގެ އުފެއްދުންތައް ކުރިއަށް ނެރެ ކަންކަމުގައި ދިވެހިންނަށް ފުރުސަތު ފަހިކޮށްދިނުމަކީ ދިވެހިންވެސް ކުރިއަރައިގެންދާނެ ކަމެށް ކަމަށް ދެކެން..
ޏަސީމް އާހުމަ
30 December 2018
ޝުކުރިއްޔާ އަމީން. 1980 އިގެ ކުރީކޮޅު ދިވެހިބޭސްވެރިކަމިގެ ވާހަކަ ދެކެވުނު. ޢޭގެ ފަހުން އަދި ކިތިޔާ މިވަހަކަ މި އަޑުއިވުނީ. ޢަމީން ގެ ހިންގުންތެރިކަމަށް ތައުރީފު ހައްގު