ރައީސް އިބްރާހިމް މުހައްމަދު ސޯލިް ރައީސް އޮފީހުގައި--- ފޮޓޯ: ރައީސް އޮފީސް
06 ޖެނުއަރީ 2019 - 19:54
ފެބުރުވަރީ 2012 ގެ ފަހުން، ސިޔާސީ މަގުސަދުގައި ބަންދުކޮށް، އެކި ފިޔަވަޅުތައް އަޅައިފައިވާ ފަރާތްތަކާއި، ހުކުމްތައް ކޮށްފައިވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ކުރިން ހުޅުވައިލި މުއްދަތު، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިތުރުކުރައްވައިފި އެވެ.
އެ މުއްދަތު ހަމަވީ މިއަދަށެވެ. ރައީސް އޮފީހުން ބުނީ އެ މުއްދަތު އިތުރުކުރީ އެކަމަށް އެދި ގިނަ ބަޔަކު އެދެމުން އަންނާތީ ކަމަށެވެ.
ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ ފުރަތަމަ ދުވަހުގެ ތެރޭގައި އެ މައްސަލަތައް ބެލުމަށް އެމަނިކުފާން ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލާފަ އެވެ.
ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހު، ސިޔާސީ ހައްޔަރީން މިނިވަން ކުރުމުގެ މަސައްކަތް ފެއްޓެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ޖަލުގައި ތިއްބެވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް މުހުތާޒު މުހުސިނާއި މާމިގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ނިހާނެވެ. އެ ހަތަރު ބޭފުޅުން ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު ބައެއް ބޭފުޅުން ވަނީ ކޯޓުން މިނިވަންވެވަޑައިގެންފަ އެވެ. މީގެ އިތުރުން، ސިޔާސީ އެހެން ބައެއް ބޭފުޅުންގެ ހުކުމްތައް ސުޕްރީމް ކޯޓުން ބާތިލް ކޮށްފަ އެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ މެންބަރު އަހުމަދު ނާޒިމާއި އެހެން ބައެއް ސިޔާސީ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޭސީ
06 January 2019
ހާދަ ހީވޭ މިސަރުކާރުން އަދީބު ދޫކޮށްލަފާނެހެން. ޔާމީނުވެސް ފާޅުގަ އެބުނަނީ އެއްމިލިޔަން ޑޮލަރު ހުރިއްޔާ ކީއްހޯ.. އަދި ހަވާލުކުރަންވެސް ނުޖެހޭނެކަމަށް. ހާދަ ދަތްނެތް ސަރުކާރެކޭ.