ޚަބަރު / ސަލްޓަން ޕާކް

ކަޅުވަކަރު މިސްކިތް ރޫޅާލުން: ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން!

ކަޅުވަކަރު މިސްކިތް: ސަލްޓަން ޕާކު ތަރައްގީކުރަން އެ މިސްކިތް މިހާރު ވަނީ ރޫޅާލާފައި

އެއީ މާލޭގައި ހުރި އެންމެ ގިނަ ދުވަސް ވީ އެއް މިސްކިތެވެ. އެއީ ޓޫރިސްޓުންގެ ސަމާލުކަން ލިބޭ އެންމެ އެންމެ މުހިންމު އެއް ބިނާ އެވެ. އެ ސަރަހައްދުގައި ގައުމީ ކުތުބުހާނާ އާއި ދާރުލްއާސާރު ވެސް އެބަ ހުއްޓެވެ. އެތަންތަން ބޭނުންކޮށްގެން ސަލްޓަން ޕާކް ތަރައްގީ ކުރެވެން އޮއްވައި ޒަމާންވީ ކަޅުވަކަރު މިސްކިތް ރޫޅާލައި "ކުދިކުދި ކޮށްލައިގެން" ނަގަން ޖެހޭ ސަބަބެއް އެބަ އޮތް ހެއްޔެވެ؟

ބައެއް މީހުން ސުވާލުކުރެ އެވެ: އެ މިސްކިތާއި ދެން ވެސް އެތަނުގައި ހުރި ތާރީހީ އެހެން ތަންތަނާ އެކު ތަރައްގީކުރާނެ ކޮންސެޕްޓެއް ސަރުކާރަށް ނުލިބުނީ ހެއްޔެވެ؟ އެ މިސްކިތް ބަހައްޓަން މާލެއިން ބިންކޮޅެއް ނުލިބުނީ ހެއްޔެވެ؟ ދުއިސައްތަ އަހަރަށް ވުރެ ގިނަ ދުވަސް ވީ ކަޅުވަކަރު މިސްކިތް ރޫޅާލުމާ އެކު ތަރިކަ ހިމާޔަތްކުރުމުގައި މަސައްކަތް ކުރާ މީހުން އޮއްސާލީ ޝަކުވާތަކެވެ.

އެކަމަކު މި ޝަކުވާތަކަށް ސަރުކާރުން ދޭން ބޭނުންވާ ޖަވާބެއް ނެތެވެ. އަދި އެކަން ކުރަނީ އެ މިސްކިތް ބެލެހެއްޓުން ހަވާލުކޮށްފައިވާ ހެރިޓޭޖް ޑިޕާޓްމެންޓަކުން ވެސް ނޫނެވެ. އެތަނުން ބުނިގޮތުގައި މިސްކިތް ރޫޅާލުމުގެ ހުރިހާ ކަމެއް ހަވާލުކޮށްފައި އޮތީ ހައުސިން މިނިސްޓްރީއާ އެވެ. އެ މިނިސްޓްރީން އެކަމުގައި ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނިގޮތުގައި މާލޭގައި ހުރި ތާރީހީ މަދު ބިނާތަކުގެ ތެރޭގައި ހިމެނޭ މިސްކިތް ރޫޅާލުމުގައި މާ މުހިއްމު ސަބަބުތަކެއް ނެތެވެ. އެއީ، ސަލްޓަން ޕާކު ތަރައްގީކުރަން ގެންގުޅުނު އެތައް ވިސްނުންތަކެއް ގޮސް ނިމުނު ގޮތެވެ. އެންމެ ފުރަތަމަ ނިންމީ އެ މިސްކިތް ހުޅުމާލޭގައި ބަހައްޓާށެވެ. ގދ. ތިނަދު އަށް ބަދަލުކުރުމަކީ އޭގެ ފަހުން އައި ވިސްނުމެކެވެ.

ކަޅުވަކަރު މިސްކިތް ރޫޅާލައި ތިނަދު އަށް ގެންދަން ތައްޔާރުކޮށްފައި: --ޓުވިޓާ ފޮޓޯ

މިސްކިތް ނަގައި ސަލްޓަން ޕާކު ތަރައްގީކުރަނީ ކުޑަކުދިންނަށް ހާއްސަކޮށްގެންނެވެ. އެތަނުގައި އިގްލޫއަކާއި އައިސް ރިންކެއް ހަދަން ވަނީ ނިންމައިފަ އެވެ. ހޫނު ގަދަ ގައުމުގައި އެއީ، އެތަން ތަރައްގީކުރަން އެންމެ ރަނގަޅު ގޮތްތޯ ވެސް ބައެއް މީހުން ސުވާލުކުރެ އެވެ.

ސަރުކާރުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، ތިނަދު އަށް ކަޅުވަކަރު މިސްކިތް ބަދަލުކުރުމަކީ މާ ބޮޑު މައްސަލައެއް ނޫނެވެ. އެ މިސްކިތް ބަހައްޓަން ނިންމާފައި ވަނީ ތިނަދޫ ހުކުރު މިސްކިތުގެ ތާރަގަނޑު ފެނުނު ސަރަހައްދުގަ އެވެ. މައްސަލައަކީ ތިނަދު އަށް ބަދަލުކުރުމެއް ނޫނެވެ. މާލޭގެ ތާރީހާ ގުޅިފައިވާ ތަނެއް އެހެން ރަށަކަށް ބަދަލުކުރުމެވެ.

ކަޅުވަކަރު މިސްކިތް ހަދާފައި ވަނީ ހިރި ގަލާއި ކަޅުވަކަރުންނެވެ. އެ މިސްކިތުގެ ރީތިކަން ފުރިހަމަ ވަނީ ބިންވަޅު ނަގާފައިވާ ކުރެހުންތަކުންނެވެ. މީގެ ކުރިން، ކުރީގެ ރައީސް މުހައްމަދު ނާސިރުގެ ވެރިކަމުގައި މިސްކިތް ނީލަން ކިޔައި ވިއްކާލި އެވެ. މިސްކިތް ރޫޅާލައިގެން ރިސޯޓަކަށް ގެންދިއުމުން ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ.

މިސްކިތް އަލުން މާލެ ގެނެސް ސަލްޓަން ޕާކުގައި ބެހެއްޓީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އޭގެ 35 އަހަރު ފަހުން އަނެއްކާ އެ މިސްކިތް ރޫޅާލުމުން، ވަކަރުން ހަދާފައިވާ ބައިތަކަށް ގެއްލުން ލިބޭނެ ކަމަށް ތަރިކަ ހިމާޔަތްކުރުމުގެ ތަޖުރިބާ ހުރި ބައެއް މީހުން ބުނެ އެވެ. މިސްކިތް ތިނަދު އަށް ގެންދަން ހަމަޖައްސާފައި ވަނީ ކަނޑު މަގުންނެވެ.

ތިނަދޫގައި ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމާފައިވާ ސަރަހައްދު. --ފޮޓޯ: ޓުވިޓާ

ގޯސް ނިންމުމެއް، ނުބައި މެސެޖެއް!

ކަޅުވަކަރު މިސްކިތް މާލެ އިން ބަދަލުކުރުމަކީ ސަރުކާރުގެ ގޯސް ނިންމުމެއް ކަމަށް އެންމެ ގިނަ ސަބަބު ދައްކަވާ އެއް ބޭފުޅަކީ ހެރިޓޭޖް ޑިޕާޓްމެންޓާ ކުރިން ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ނައިބު ޔުމްނާ މައުމޫނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ވެސް މި މިސްކިތް ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދުނު ހިޔާލުތަފާތުވުންތަކުގައި ކަމަށް ވިދާޅުވެ އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކަޅުވަކަރު މިސްކިތް ތިނަދު އަށް ބަދަލުކުރުމަކީ ސަރުކާރުން ކޮށްގެންވާނެ ކަމެއް ނޫނެވެ. މިފަދަ އާސާރީ ބިނާތައް އެއް ތަނުން އަނެއް ތަނަަށް، އެއް ރަށުން އަނެއް ރަށަށް ބަދަލުކުރަން ފެށުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ނުރައްކާތެރި ސިޔާސަތެކެވެ.

ކޮންމެ އާސާރީ ބިނާއަކީ ވެސް އޭގައި ތާރީހާއި އެ ހުރި މާހައުލަކާއި އެ މާހައުލެއްގައި ދިރިއުޅޭ މީހުންނާ ގުޅިފައި ހުންނަ އެއްޗެއް ކަން ފާހަގަކުރައްވައި ޔުމްނާ ވިދާޅުވީ އެ ބިނާއެއް އޭގެ ތާރީހާ އަދި މާހައުލާ ވަކިކޮށްގެން ނުވާނެ ކަމަށެވެ. އެއީ އެ ބިނާއެއްގެ ތާރީހީ މުހިއްމުކަން ގެއްލި އަސްލު އޮޅިގެންދާނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަޅުވަކަރު މިސްކިތް: މި މިސްކިތް ގެންދަން ހަމަޖައްސާފައި ވަނީ ތިނަދު އަށް

"ކަޅުވަކަރު މިސްކިތް ފަދަ ދުވަސް ވީ ބިނާތައް އެއް ތަނަކުން އަނެއް ތަނަށް ގެންދިއުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާ ކަމެއް ނޫން،" ޔުމްނާ "މިހާރު" އަށް ވިދާޅުވި އެވެ.

މިސާލުތައް ދައްކަވަމުން އޭނާ ސުވާލުކުރެއްވީ އިންޑިއާގެ އާގަރާގައި ހުންނަ ތާޖުމެހެލް އެހެން ގައުމަކަށް ނުވަތަ ހއ. އުތީމު ގަނޑުވަރު އެހެން ރަށަކަށް ގެންދާނެތޯ އެވެ.

"މިފަދަ މިސްކިތެއް ރޫޅާލީމާ އެ ބުނެވެނީ ކީކޭތޯ؟ ދެވޭ މެސެޖަކީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ތާރީހާއި ތަރިކަ އާއި ސަގާފަތް އެއީ މުހިއްމު އެއްޗިއްސެއް ނޫނޭ. އަޅުގަނޑުމެން ޒުވާނުންނާއި ކުޑަކުދިންނަށް ދަސްކޮށްދޭންވީ އަޅުގަނޑުމެންގެ ތާރީހާއި ތަރިކަ އާއި ސަގާފަތާއި މަސައްކަތްތެރިކަމަށް ފަހުރުވެރިވާން،" ޔުމްނާ ވިދާޅުވި އެވެ.

އެ މިސްކިތް ރޫޅާނުލަން ސަރުކާރުގެ އެކި ލެވެލްތަކުގައި އެދިވަޑައިގަތް ކަން ފާހަގަކުރައްވަމުން ވިދާޅުވީ މިސްކިތް ނަގާފައި އެތަނުގައި އައިސް ރިންކެއް އެޅުމުން އެ ދެވެނީ ނުބައި މެސެޖެއް ކަމަށެވެ.

ގާނޫނާއި މުއާހަދާތަކާ ވެސް ހިލާފު ކަމެއް

ދިވެހި ރާއްޖޭގައި ހުރި އާސާރީ ތަންތަނާއި ތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކަޅުވަކަރު މިސްކިތް ފަދަ ތަންތަން ރޫޅާލުމަކީ މަނާ ކަމެކެވެ. އެ ގާނޫނުގައި ބުނެފައި ވަނީ، "ދިވެހި ރާއްޖޭގެ ސަރަހައްދު ތެރޭގައިވާ އާސާރީ އަދި ތާރީހީ ތަންތަނާއި ތަކެތި ހަލާލުކޮށް ރޫޅާލައި އެފަދަ ތަކެއްޗަށް ގެއްލުން ދިނުމަކީ މަނާ ކަމެއް" ކަމަށެވެ.

ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާ (ވޯލްޑް ހެރިޓޭޖް ކޮންވެންޝަން)ގައި އާސާރީ ތަންތަން ހިމާޔަތްކުރަން ކުރެވެން ހުރި މަސައްކަތްތައް ދައުލަތުން ކުރަން ވަނީ އެއްބަސްވެފަ އެވެ. އެކަމަކު މިސްކިތް ރޫޅާލާފައި މިވަނީ، ޔުމްނާ ވިދާޅުވި ގޮތުގައި، ރާއްޖެ ބައިވެރިވެފައިވާ ދުނިޔޭގެ ތަރިކައިގެ މުއާހަދާއާ ކަނޑައެޅިގެން ހިލާފަށެވެ.

"އެ މުއާހަދާގައި، ރާއްޖޭގެ ގުދުރަތީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރަން އަޅުގަނޑުމެންގެ ވަސީލަތްތައް ތަންދިން މިންވަރަކުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން މަސައްކަތް ކުރަން ދައުލަތުން ވަނީ އެއްބަސްވެފައި،" އޭނާ ވިދާޅުވި އެވެ.

"ތަރިކަ ރައްކާތެރިކުރުމުގެ ބައިނަލްއަގުވާމީ އުސޫލްތައް ބުނާ ގޮތުން މިފަދަ ބިނާއެއް ރޫޅާލައިގެން އެހެން ތަނަކަށް ގެންދަން ޖެހޭނީ ހަމައެކަނި އެ ބިނާއެއް އެ ހުރި ތަނެއްގެ ސަބަބުން އެ ބިނާއަކަށް ނުރައްކަލެއް ކުރިމަތިވާ ހާލުގައި އެ ބިނާއެއް ރައްކާތެރިކުރުމުގެ ގޮތުން އެކަނި."

ކަޅުވަކަރު މިސްކިތް ރޫޅާލަނީ: ސަރުކާރުން ކުރިޔަސް ގާނޫނީ ގޮތުން މިއީ މަނާ ކަމެއް --ފޮޓޯ: ޓުވިޓާ

މިގޮތަށް ތަންތަން ބަދަލުކުރުމަކީ، ޔުމްނާ ވިދާޅުވި ގޮތުގައި، ތަރިކަ ރައްކާތެރިކޮށް ގިނަ ދުވަހު ދެމިހުންނާނެހެން ބެލެހެއްޓުމުގެ އުސޫލްތަކާ ވެސް މުޅިން ހިލާފު ކަމެކެވެ.

އެ މިސްކިތް ރޫޅާނުލައި ވެސް ކުޑަކުދިންނަށް ކުޅެވޭ ގޮތަށް ސަލްޓަން ޕާކު ތަރައްގީ ކުރެވެން އޮތެވެ. ތާރީހީ ބިނާތައް ގުޅިފައި ވަނީ އެ ހުންނަ މާހައުލަކާ ކަމަށް ވާއިރު، މާލޭ ރައްޔިތުންގެ ޒަމާންވީ ތަރިކަ އެހެން ރަށަކަށް ބަދަލުކުރަން ޖެހޭ ސަބަބެއް ނެތެވެ. އެހެން ނޫން ނަމަ، ތަރިކަ ހިމާޔަތްކުރާ މީހުން ބުނާ ގޮތަށް، ގައުމީ ތަރިކައެއްގެ ގޮތުގައި ހިމާޔަތްކޮށްފައިވާ އުތީމު ގަނޑުވަރު ވެސް ގެނެސް މާލޭގައި ނުބަހައްޓަން ވީ ސަބަބެއް ނެތެވެ.

46 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 13%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުކުން ޕްރޮބް

25 August 2016

ދެން ޔާމީންގެ ވެރިކަަމުގައި މިސްކިތް ރޫޅާލާފަ ތިނަދުއަށް ގެންދިޔައީމަ، ފާރިސް ވެރިކަން ހޯދާފަ އެ މިސްކިތް މާލެ ގެނައީމަ ނިމުނީއެއް ނުން!

The name is already taken The name is available. Register?

ނާތަހުޒީބު

25 April 2018

ކަލޯ ކީކޭ ތިކިޔަނީ. މިހާރުވެސް މި ކިޔަނީ އެހެން އެގޮތަށް މިސްކިތަށް ހަދަން ވެއްޖެޔާ އެ ތާރީހީ މިސްކިތް ހަލާކުވެދާނެއޭ. ޕީޕީ ކުދިންގެ ނާތަހުޒީބު ވިސްނުމާހެދި މި ގައުމު ހަލާކުވެ މި ދަނީ

The name is already taken The name is available. Register?

ހަގީގަތަށް ވާހަކަ ދައްކާ މީހާ

23 August 2016

ސަރުކާރުން ކޮށްފިއްޔާ އޯކޭ މީހުން މިހާރު ގިނައީ ކީއްކުރާނި މިޔޮތީވާ ވެރިކަމެއް

The name is already taken The name is available. Register?

ބެއްޔާ

23 August 2016

ބަލަ ކަޅުވަކަރު މިސްކިތަކީ ނާސިރު ދައުރުއްސުރެ އެކި ތަންތަނަށް ބަދަލުކޮށްފައި ހުރި މިސްކިތެއް. އަދި އަސްލު ގެެއްލިފައިހުރި މިސްކިތެއް. މިއަށްވުރެެ ރަނގަޅެއްނު ރާއްޖޭގެ ދެން ހުރި އަސްލު ނުގެެއްލޭ އަޅާނުލެވި ހުރި ތަންތަނަށް އަޅާލިއްޔާ

The name is already taken The name is available. Register?

ޑައިނޯ

23 August 2016

ދެރައީ ޔުމްނާ އަށް ވެސް މިވާހަކަ ދައްކަވަން 4 މަސް ދުވަސް ނެގިކަން. ހައްތަހާވެސް ސިޔާސީ ކުޅިވަރު. ކަޅުވަކަރު މިސްކިތް ގެންދާތީ އިސްތިއުފާ ދެއްވި ނަމަ އާއިލާ އާއި އެކީ ވަގުތު ހޭދަކުރައްވަންށޭ ވިދާޅުވެފަ ކީއްވެ އިސްތިއުފާ ދެއްވަންވީ. ހަމަ ހުސް ޑްރާމާ.

The name is already taken The name is available. Register?

ނޫރޭ

23 August 2016

ތަންދޮރު ނުބަލައި ތިޔުނީމަ ވާނީ މިހެން.

The name is already taken The name is available. Register?

ކްރިޓިކަލް ދޮންބެ

23 August 2016

އުތީމު ގަނޑުވަރު މާލެ ގެނެސް އުސް ފަސްގަނޑުގަ ބަހައްޓަން ފެންނަނީ...

The name is already taken The name is available. Register?

ޔަމީ

23 August 2016

މިސަރުކާރުން ރައްޔިތުންނަށް ދެރަވާނެ އަދި ގެއްލުންވާނެ ކަމެއް ނުކުރާނެ. މިސަރުކާރުގެ ހީވާގި ވެރިންނަށް ހެޔޮހިތުން ޝުކުރު ދަންނަވަން. ރައީސް ޔާމީނަށް ޤައުމު ހިންގުމުގައި ހެޔޮވިސްނުމާއި ކެއްތެރިކަން މާތްﷲ މިންވަރުކޮށްދެއްވާށި _ އާމީން_

The name is already taken The name is available. Register?

މުންނާރު

23 August 2016

ކަޅުވަކަރު މިސްކިތް މާލެ އިން ބަދަލުކުރުމަކީ ސަރުކާރުގެ ގޯސް ނިންމުމެއް ކަމަށް އެންމެ ގިނަ ސަބަބު ދައްކަވާ އެއް ބޭފުޅަކީ ހެރިޓޭޖް ޑިޕާޓްމެންޓާ ކުރިން ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ނައިބު ޔުމްނާ މައުމޫނުކަމަށާއި އޭނާ މަގާމުން އިސްތިއުފާ ދެއްވީ ވެސް މި މިސްކިތް ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދުނު ހިޔާލުތަފާތުވުންތަކުގައި ކަމަށް ވިދާޅުވިކަމަށް މި އާޓިކަލްގައި ލިޔެފައި އޮތުމުން ދަންނަވަންއޮތީ: ޔުމްނާ އެހެން ވިދާޅުވިނަމަ އެއީ ކަނޑައެޅިގެން އިތުރުފުޅެއް. ސަބަބަކީ ކަޅުވަކަރު މިސްކިތް ފުރަތަމަ ހުޅުމާލެއަށް އަދި އޭގެފަހުން ގދ.ތިނަދޫއަށް މިސްކިތް ބަދަލުކުރުމުގެ ޕްލޭނިންގ ސްޓޭޖްއާއި ޢަމަލީ ސްޓޭޖްގައި ޔުމްނާގެ ޙިއްސާ ވަރަށް ބޮޑު. ޔުމްނާ އިސްތިއުފާ ދެއްވީ ކަޅުވަކަރު މިސްކިތް ތިނަދުއަށް ބަދަލުކުރަން ރޫޅަންފެށިފަހުން. ޔުމްނާ އިސްތިއުފާދެއްވީ ނައިބު ރައީސް ކަން ފާރިޝަން ހަމަނުޖެހުނީމައި ޕީޕީއެމް ގެ އެތެރޭގައި ރައީސް މައުމޫނާއި ސަރުކާއިދެމެދު އުފެދިފައިވާ ނުތަނަވަސްކަން އުފެދުނުހިސާބުން. ޔުމްނާގެ އިސްތިއުފާއަށްފަހު ދުންޔާވެސްވަނީ އިސްތިއުފާދެއްވާފަ. ޔުމްނާގެ އިސްތިއުފާއާއި ކަޅުވަކަރު މިސްކިތާ އެއްވެސް ގުޅުމެއްނެތް.

The name is already taken The name is available. Register?

ގގ

23 August 2016

ބަލަ މުސްލިމުން ޕާރކް ތަކުގައިވެސް ނަމާދު ކޮށް އުޅޭ!

The name is already taken The name is available. Register?

އާދަމް ޝަމީމް ފުޅަދޫ

23 August 2016

ފޮޓޯގެ ތިރީގައިވާ ލިޔުމުގައިވަނީ "ކަޅުވަކަރު މިސްކިތް ރޫޅާލަނީ: ސަރުކާރުން ކުރިޔަސް ގާނޫނީ ގޮތުން މިއީ މަނާ ކަމެއް". އަޅެ ކީކޭދޯބުނާނީ. ލިޔުންތެރިޔާ ޤާނޫނުަގައިވާ އެއްޗަކާއި ކަންހިނގާގޮތް އަޅެބެލީމުތަ. އެއްވެސް ފަރާތަކުންމިސްކިތް ހަލާކެއް ނުކުރެއޭ. ރައްކާތެރިކަމާއެކު ރޫޅައި، ފަރުވާދީ، ޕެކްކޮށްގެން މޫވްކުރަނީކަން ލިޔުންތެރިޔާ އަށް ނޭގުމަކީ ދިރާސާ ނުކޮށް މި މަޒުމޫނު ލިޔެފައިވާކަމުގެ ހެއްކެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!