މާލޭގެ މަގުތަކުން 600 އަށްވުރެ ގިނަ ޕެލެޓު ނަގައިފި

މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި 600 އަށް ވުރެ ގިނަ ޕެލެޓް ސިޓީ ކައުންސިލުން މިއަދު ނަގައިފި އެވެ.


އެ ކައުންސިލްގެ މެމްބަރު ހުސައިން ޝަރީފް ވިދާޅުވީ ޕެލެޓުތައް ބަހައްޓާފައި ހުރި ގޮތުން ގިނަ ބަޔަކަށް އުނދަގޫވެގެން ޝަކުވާ ކޮށްފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެކި ތަންތަނުގައި ބަހައްޓާފައި ހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް ފުލުުހުންނާ ގުޅިގެން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހެނދުނު 8:00 ގައި ފެށި މަސައްކަތުން މިހާރު ވަނީ ގާާތްގަނޑަކަށް ހަތް ލޮރީގެ ޕެލެޓު ނެގިފަ އެެވެ. މެންދުރު 12އާ ހަމައަށް އެކަން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ.

މާލޭގެ މަގެއްގެ މަތީގައި ހުރި ސިމެންތި ޕެލެޓެއް ސިޓީ ކައުންސިލުން ނަގަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

"ގިނައިން ހުރީ ހަލާކުވެފައި، މީހުންނަށް އަނިޔާ ލިބޭ ގޮތަށް ހުރި ޕެލެޓުތައް. އެކަމަކު ބައެއް ސަރަހައްދުތަކުގައި ހުރި ޕެލެޓުތަކެއް ނުނަގަން،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޕެލެޓުތައް ބެހެއްޓުމާ ގުޅޭ އުސޫލުތަކެއް ހަދާނެ ކަމަށެވެ. އެ ބެހެއްޓުމުގެ ހުއްދަ ދޭނީ ސިޓީ ކައުންސިލަށް ސިޓީއަކުން ފޮނުވުމުން އެކަމެއް ބެލުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބައެއް ތަންތަނުގެ ޕޭވްމަންޓް އުސްކޮށް ޕާކު ނުކުރޭވެ ގޮތް ހެދުމުގެ ވިސްނުން އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އެއްޗެހި ނެގުމުގެ މަސައްކަތް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 8-12 އަށްބކުރަން ނިންމައިފަ އެވެ.

މާލޭގެ މަގުތަކުން ޕެލެޓުތައް ނެގުމުގެ މަސައްކަތް ފެށިިއިރު، މިދިޔަ ހަފުތާގައި ޕެލެޓެއްގައި އަންހެނެއްގެ ފައި ތާށިވެ ވަނީ ބިންދައިގެން ގޮސްފަ އެވެ.