15 ޖެނުއަރީ 2019 - 18:08
ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ދޫނިދޫ ޖަލުގައި ހުރި 23 އަހަރުގެ ދިވެހި އަންހެނަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި އެ އަންހެން މީހާ މަރުވި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
އެމީހާގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އޭނާގެ މަރާ ގުޅިގެން އެކަން އެޗުއާރުސީއެމް އާއި ދައުލަތުގެ ކަމާ ބެހޭ އެހެން އިދާރާތަކުން ބަލަން އަންގާފައި ކަމަށެވެ. އަދި އެ އިދާރާތަކުން އެކަން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާއްޖޭގެ ޖަލުތަކުގައި މަރުވާ ބައެއް ގައިދީންގެ މަރާ މެދު ބޮޑެތި ސުވާލުތަކެއް އުފެދެ އެވެ. އެގޮތުން އެކަށީގެންވާ އެހީތެރިކަމެއް ނުލިބުމުގެ ސަބަބުން ބައެއް މީހުން މަރުވެފައިވާ ކަމަށް، އާއިލާތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
16 January 2019
ޖަލުގައި މީހަކު މަރުވާއިރަށް އެއީ ޔާމީނު އަންގައިގެން ކުރި ކަމެކޭ، ޔާމީނު ޖަލަށްވަދެ ކުރި ކަމެކޭ ކިޔާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެފަދަ މަރުތަކުގެ ޒިންމާ އޭރު އެޅުވި. އެއީ ބަލިވެގެން މަރުވި މީހަކު ކަމުގައި ވިޔަސް އެގޮތަށް ވާހަކަ ފެތުރީ. އެފަދަ މަރުތައް ބަލަަން އިބޫގެ ސަރުކާރުން އެބައޮތް ކޮމިޝަނެއް ނަގާފައި. އެކޮމިޝަނުން ތިޔަ މަރުގެ މައްސަލަ ބަލާނެ ކަމަކަށް ނުފެނޭ. އެއީ ހަމައެކަނި ޔާމީނަށް އަމާޒުކޮށް އެކުލަވާލި ކޮމިޝަން. ކޮބާ އިންސާފު
ނަމެއް ނެތް
16 January 2019
އަދިނެތެއްނު ނުބެލިފައެއް ދޯ؟ މިދެންބޮޑުވަރު
ކޫލްކުއީން
16 January 2019
އިންސާފޭ! އައްޗީޑި އެއީއަނެއްކާ ކޮންބާވަތެއްގެ ޝަރުބަތެއްބާ.
އުދުހޭ
16 January 2019
ޖަލުގަ އެކަނިތަ މީހުން މަރުވަނީ؟ އަޅުގަނޑަކަށް ހިއެއްނުވޭ މިސަރުކާރަކުން ޖަލު މީހުންނަށް އަނިޔާކޮށް މަރާފާނެކަމަކަށް. އެހެންވީމާ ދެންއޮތީ މަރުހޫމާގެ ފާފަ ފުއްސަވާ ރަހްމަތްލެއްވުން އެދި ދުޢާ ކުރުން. ހަމަ މީހަކު މަރުވާއިރަށް ވެރިމީހާއަށް އިނގިލިދިއްކުރުން އެއީ ރަގަޅުގޮތެއްނޫން.
ދޯ ލޮލް
16 January 2019
ދޮގު ޗިޕު އަނިޔާވެރި ސަރުކާރު އިސްތިއުފާ!
.އެހާރާމިހާރު
15 January 2019
ޚަބަރު ފަތުރާ އެއްމެ ބޮޑު ވަސީލަތަކީ މިހާރުގެ ކުޅިވަރުކުޅޭ މިނިސްޓާ މާއްޓޭ ކޮބައިތޯ މިހާރު ކިހިނެތްތޯ ޖަލު ތަކުގެ ޚަބަރުތައް އެގި ނުލައްވަނީތޯ ؟ މިހާރު ހާދަ ގިނައޭ ވީގޮތެއް ނޭގި މަރުވާ މީހުން އެހާރާ މިހާރުވެސް ޖެހުނީ ހަމަ އެއްތަނެއްގާ ތަފާތަކީ މިހާރު އިދިކޮޅުގާ ތިބި މީހުން މަގުތަކަށް ހަޅޭއްލަވަން ނުނިކުތުން
މަންމަ
15 January 2019
ޖަލުގަކާންދޭ އެއްޗިހިންވެސް މީހުން މަރުނުވާކަން ރަނގަޅު ސިޔާސީ މީހުނައް މޮޅު ކެއުން ދެންތިބި މީހުނައް ބަކައްޓައް ކާންދޭ ގޮތަށް
ާައަލިމަނިކު
15 January 2019
ކޮބާ ޖަލުގެ ތަޖުރިބާ ކޮށްފަ ހުރި ހޯމްމިނިސްޓަރ
ޢެޑްމުންޑޯ
15 January 2019
މިވީ ކިހިނެއް ، މިސަރުކާރުން ބަލަހައްޓާ ޖަލެއްގަެިވެސް ހަމަ މަރުވީދޯ ، މަހީކުރީ މިސަރުކާރުން މަރުގައި ހިފަހައްޓާ މަރުވިޔަ ނުދޭނެކަމަށް
މަންސޫރު
15 January 2019
ހާދަ އެއްޗެއް ނުވިސްނޭ މީހެއްހެން ހީވެޔޭ.
އިބުރާހީމުގެސޯލި
15 January 2019
ތީކަނޑައެޅިގެން ދޮގެއް މިވެރިކަމުގައި ތިޔަފަދަ ކަންކަމެއްނުހިގާނެ އެމީހާ މަރެއްނުވޭ އެމީހާ އިބޫ ބުނެގެން ނިދާލީ...
އަލީ ރާޖާ
15 January 2019
ތީ ޔާމީނު އަންގައިގެން ކުރިކަމެއް... ޔާމީނު ވެރިކަމުގައި ހިނގި ކަމެއްނަމަ. މިހާރު ދެން އެހެން ބުނެވޭކަށް ނެތް.
ބޮސްގެ ބޮސް
15 January 2019
ޖަޒީރާ ރާއްޖޭގަ ހާދަ މީހުން މަރުވެޔޭދޯ؟