ރިޔާސީ އިންތިހާބުގައި މީހަކު ވޯޓުލަނީ: މަޖިލީސް އިންތިޚާބު އަންނަ އެޕްރީލްމަހު ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައި.--ފޮޓޯ: ނިޝާން އަލީ/މިހާރު
16 ޖެނުއަރީ 2019 - 14:47
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭނުންވާ އަދަދަށް ފައިސާ ހަމަނުޖެހިއްޖެ ނަމަ އިންތިޚާބު ބާއްވަން ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އީސީން ހިމެނީ، މަޖިލީސް އިންތިޚާބަށް 123 މިލިއަން ރުފިޔާ ހަމަޖައްސައިދޭށެވެ. އެކަމަކު ކޮމިޝަނާ މަޝްވަރާނުކޮށް، ކުރީގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީން 43 މިލިއަން ރުފިޔާ އުނިކޮށް، އިންތިޚާބުގެ ބަޖެޓުގެ ގޮތުގައި ކަނޑައެޅީ 80 މިލިއަން ރުފިޔާ އެވެ.
އެއީ، އެޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނަ އެވެ.
އީސީގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އެ ކޮމިޝަނުގެ ކަންބޮޑުވުންތަކަށް ބަލައި މަޖިލީސް އިންތިޚާބަށް 9.2 މިލިއަން ރުފިޔާ އިތުރުކޮށްދޭން ނިންމި ކަމަށެވެ. އެކަމަކު އެ ފައިސާ އިތުރު ކުރި ކަން މަޖިލީހުގެ ރިޕޯޓުގައި ނެތް ކަމަށް ފިނޭންސް މިނިސްޓްރީން އެ ކޮމިޝަނަށް މިހާރު އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިނޭންސް އިން މިގޮތަށް ޖަވާބު ދެއްވީ، އިންތިޚާބުގެ އެކި ޚަރަދުތަކަށް އަޅުގަނޑުމެން ފިނޭންސަަށް ސިޓީ ފޮނުވުމުން،" އަކްރަމް ވިދާޅުވި އެވެ. "އިންތިޚާބަށް މިހާރު ބަޖެޓް ހަމަޖައްސާދީފައި އޮތް ވަރުން، ދަތިތަކެއް ކުރިމަތިވާނެ. މިކަމަށް ހައްލެއް ހޯދަން ކޮމިޝަނުން މި އަންނަނީ މަސައްކަތް ކުރަމުން."
އީސީގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގައި ކޮމިޝަނުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާ ބައްދަލުކޮށްފަ އެވެ. އިންތިޚާބަށް ހުރި މާލީ ދަތިތަކުގެ ވާހަކަ ހިއްސާކުރުމުން، އެކަމަށް މަޖިލީހުން ހައްލެއް ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވި ކަމަށް އަކްރަމް ވިދާޅުވި އެވެ.
"މަޖިލީސް ރައީސް ޔާގީންކަން ދެއްވި ބަޖެޓު ތާށިވެ އިންތިޚާބަށް ހުރަސްއެޅުން ފަދަ ކަމެއް ކުރިމަތިވިޔަ ނުދެއްވާނެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.
ބަޖެޓުގެ ތާށިކަމުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެންނެވުމަށް ވެސް އިލެކްޝަންސުން ވަނީ ނިންމައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިފަހަރު 87 ދާއިރާ އަކަށް މެމްބަރުން ހޮވާނެ އެވެ. އެ އިންތިޚާބުގެ ކެމްޕޭން ޕާޓީތަކުން މިހާރު ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުޒުފާ
18 January 2019
80މިލިއަން އެއީ ކުޑަ އަދަދެއް ނޫން އެންމެ އިންތިހާބަކަށް. 20 މިލިއަނުންވެސް ތިކަން ކޮށް ނިންމާލެވޭނެ.
އަންކަލޯ
17 January 2019
އީޗީ ޗަރީ ޕޯ............ޖަސްޓް ޑިނައި އިޓް، ތާހިރު ވެއްޖެއްނު.
ނަސްރާ
17 January 2019
ރައްޔިތުން ލަހި ފިލުވާލަން އަދި، އިތުރު ދުވަސްކޮޅެއްދީ އިންތިހާބު ޖޫން ޖުލަޔަށް ލަސްކޮއްލަ ދެއްވުން އީސީ ސަރީފްގެ އަރިހުން ވަރަށް އާދޭހާއެކު އެދެން. ވީ ލަވް ޔޫ އީސީ
އުނބުށެން
17 January 2019
ސެކިއުރިޓީ ފީޗާސްލާން އެތައް މިލިޔަނެއް ދައުލަތުން އިސްރާފްކުރަންޖެހޭ ސަބަބެއްނެތެވެ. ކޮންމެ ކަރުދާހެއްގައި ވޯޓްލިޔަސް ކަރުދާސް އިތުރު ނުވަންޏާ ނަތީޖާއަކަށް ބަދަލެއްވެސް ނާންނާނެއެވެ. ކަރުދާސް އިތުރުވެއްޖެ ހާލަތެއްގައި ނޫނީ އެއީ ފޭކް ކަރުދާހެއްތޯ ސުވާލުވެސް އުފެދޭކަށް ނުޖެހެއެވެ. ފީޗާސްގެ މައުލޫމާތު ކުރިން ހާމަނުކުރީމާ އެހާލަތުގައި އެކަން ދެނެގަތުމަށް ވަރަށް އާދައިގެ ފީޗާސްއެއް ލިޔަސް ފުދޭނެއެވެ. ތިކަމުގައި އުޅޭ ކޮންމެ މީހަކަށްމެ މިކަން އެނގޭނެ.
އުނބުށެން
17 January 2019
މެނުއަލްކޮށް ލިސްޓުން ތަރުތީބު ނަންބަރު ބަލާފަ ނަންބަރު ދެމުން ދިޔަވަރަށްވެސް ވޯޓުލުމުގެ މަސައްކަތް ކުރަންތިބި އޮފިޝަލުންނަށް ބައެއް ފޮށިތައް ދޮށުގައި އެކަމެއް ނުކުރެވެއެވެ. އެހެންކަމުން އެއީ މެނުއަލްކޮށް ކުރެވިދާނެ ކަމެކެވެ. މީހާގެ ހަރަކާތްތައް ފެންނަގޮތަށް ބޫތު ބަހައްޓާފައި ފޮށިދޮށުގައި ހުންނަ މީހާ އޭނާގެ ހަރަކާތްތައް ބަލާގޮތަށް ހެދީމާ ދޫކުރި ކަރުދާސް ފިޔަވައި އެހެން ކަރުދާހެއްގައި ފާހަގަލުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
އުނބުށެން
17 January 2019
ޓެބްލެޓަށް ކުރެވުނު އިސްރާފަށްފަހު، ލެޕްޓޮޕް ނުވަތަ އެހެންވެސް އެއްޗެއް އަލުން ނުހޯދައިފިނަމަ ދެވަނަ ފަހަރަށް އެބޮޑު އިސްރާފް ދައުލަތުން ނުހިނގާނެއެވެ. އަދި ސެކިއުރިޓީ ފީޗާސް ލާށޭކިޔައިގެން އެތައް މިލިޔަނެއް އަގުބޮޑުކޮށް ޗާޕްކުރުމުގެ ބަދަލުގައި ކުރިންވެސް ލީފީޗާސްތައްފަދަ ޚަރަދުކުޑަ ފީޗާސްތަކެއް ލައިގެން ޗާޕްކޮށްފިނަމަ އެ ޚަރަދުވެސް މިލިޔަނުން ކުޑަވެގެންދާނެއެވެ. މެނުއަލްކޮށް ލިސްޓުން ތަރުތީބު ނަންބަރު ބަލާފަ ނަންބަރު ދެމުން ދިޔަވަރަށްވެސް.....
ހޮޓްކިންގ
17 January 2019
މިހާރު ނޫހުން ހާދަވަރަކަށް ކުރީގެ ސަރުކާރު ގޯސްކުރެވޭތޯ މަސައްކަތް ކުރާ ތަން ފެނެއެވެ. ބަލަ ބަޖެޓް ހަދާނެ ފުރުސަތު މިހާރު ސަރުކާރަށް ނުދޭތޯ؟ ބަޖެޓް ފާސްކުރީވެސް ކުރީގެ ސަރުކާރުންތޯ؟ ހާދަ ވަރަކަށް ހަސަދަވެރިކަމުގައި ތިބެ ލިޔާތަން ފެނެއެވެ.
ކޮރަލް
16 January 2019
ވޯޓްލެވޭ އިތުރު ދާއިރާތައް ގިނަ ކުރުމުގައި މެކުހައް ޖަހާފައެވެ
ށ.އަތޮޅު މީހާ
16 January 2019
ޏުޖެހޭ އަކުރަމުމެން ބުނާހާ އަދަދަކަށް ޢިންތިހާބަށް ފައިސާ ދޭކަށް.
ހީސީ ޝަރީފް
17 January 2019
ޖެހޭނެ ދޭން
އަދުރޭ މެޓިކްސް
16 January 2019
87 މެމްބަރުން ހޮވާ އިންތިހާބެއް ބޭއްވުމަށްޓަކައި ކޮންމެ މެމްބަރަކަށް އެވްރެޖްކޮށް 1.4 މިލިއަށް ޚަރަދުވާނެ ކަމަށް ޤަބޫލު ކުރެވޭތޯ؟ (123މ / 87 = 1.4މ)