މިރޭގެ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު
24 ޖެނުއަރީ 2019 - 23:27
އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ އެއްވެސް ޕާޓީއަކަށް ނުލިބޭނެ ކަމަށާއި ސަރުކާރު ޒިންމާދާރު ކުރެވޭނީ އޭރުން ކަމަށް، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވިލިމާލެ ދާއިރާގެ ގޮނޑިއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ކެމްޕެއިން ފެށުމަށް ބޭއްވި ހަފުލާގައި، މިފަހަކަށް އައިސް އެމްޑީޕީއަށް ބަހުގެ ހަމަލާތައް ދެއްވާ ގާސިމް ވިދާޅުވީ ރާއްޖެއަށް ރަނގަޅު ގޮތަކީ މަޖިލީހުގެ މެޖޯރިޓީ ވަކި ބަޔަކަށް ނުލިބުން ކަމަށެވެ.
"އެހެން އެކަންނުވީމާއޭ ކުރިއެރުން ލިބިގެންދާނީ. އަދި އަދުލު އިންސާފުވެސް. އިސްލާހުކުރަން ޖެހޭ ހުރިހާ ކަމެއްވެސް އިސްލާހު ކުރެވިގެންދާނީ. އެއީ އަޅުގަނޑުމެންނަށް ސަރުކާރު ޒިންމާދާރު ކުރެވޭނެ ގޮތަކީވެސް،"
ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ކޮންމެހެން ލިބެން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. ނަޝީދުގެ ބައެއް ވާހަކަފުޅުތަކާއި އެމްޑީޕީން މަޖިލިސް އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމުމުން ކޯލިޝަންގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ.
މަޖިލީހުގެ އިންތިޚާބަށް ކޯލިޝަނުން ރަނގަޅީ އެކުގައި ވާދަކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމުން ގާސިމް ވަނީ އެކަމަށް "ސާބަސް" ދެއްވައިފަ އެވެ.
"އެގޮތުގައި އެމަނިކުފާން ސާބިތުކަމާއެކު ހުންނަވާނެކަން އަޅުގަނޑަށް ކަށަވަރު. އެހެންކަމަށްވާ ނަމަ އެ މަނިކުފާން މިގައުމަށް ވެފައިވާ ހުރިހާ ވައުދާ އަހުދު ފުއްދުވުމުގައި އަޅުގަނޑުމެން ޖުމްހޫރީ ޕާޓީ މިތިބީ އެމަނިކުފާނާ އެކީގައިކަން ސާބިތުކަމާއެކު ދަންނަވަން،" ގާސިމް މިރޭ ވިދާޅުވި އެވެ.
Majileehuge inthihab ah Coalition in ragalhee ekugai vaadha kurun: Raees
The most trusted news source in the Maldives
Mihaaru
ރައީސް މިއަދު ދެއްކެވި ވާހަކަފުޅު--
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ މަގާމަށް ވަޑައިގެންނެވީ ހުރިހާ ޕާޓީތަކެއްގެ ތާއީދާއެކުގައި ކަމަށްވާއިރު އެމަނިކުފާނަކީ ވަކި ޕާޓީއެއްގެ ބޭފުޅެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންކަމުން ރައީސް މަސައްކަތް ކުރައްވަންވާނީ އެންމެނާމެދު ހަމަހަމަ އުސޫލަކުން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
"ބަޔަކު އޮޅުވާލައިގެން މަސްލަހަތު ނަގާލައި ވެރިކަމާ ތޮޅެން ވިސްނިޔަސް އެކަމެއް ނުވާނެ،" އެމްޑީޕީއަށް އަމާޒު ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ނަޝީދު މަސައްކަތް ކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ކަމަށް ތުހުމަތުތައް ކުރާއިރު ގާސިމް މިރޭ ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ބަރުލަމާނީ ނިޒާމަކީ މަޖިލީހުގައި ތިބޭ މެމްބަރުންގެ ވޯޓުން ދައުލަތް ހިންގާ ނިޒާމަކަށްވާއިރު އެގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ދެކުމަކީ ހުވަފެނެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ!
26 January 2019
ރައީސަކީ އެމްޑީޕީ ޓިކެޓްގަ ހޮވިފަހުރިމީހެއް. ނައިބަކީވެސް. މޮޔަފުޅުވީތޯ؟!
އާކާޝް މުހައިމިން ކުޅުދުއްފުށި
26 January 2019
އެމްޑީޕީ އަށް މެޖޯރިޓީ ލިބިއްޖެ ނަމަ ދީން މަތީތިބުން ދަތިވާނެ... މަލާބާރުން ރާއްޖެއާ ތޮޅުނުހެން ހިންދޫންނާއި ސަލީބީން ތޮޅެ ކަރަށް ރާ އަޅާނެ
ހަސަދު
26 January 2019
ޕީ.އެޗު.ޑީ މާނަ ކުރާ ދެ ގޮތެއް އޮވޭ؛ ޕާނަންޓު ހެޑު ޑެމެޖް، ނޫނީ ޑަކަތަރ އޮފް ޕިލޯސަފީ. ބައެއް ޕީ.އެޖުޑި އަކީ މާކަ އުދަގުކަލާ ނުލާ ހެދޭ އެއްޗެއް. ފައިސާދީފައި މީހަކު ފޮތް ލިޔަން ބައިންދައިގެން ވެސް ބަޔެއްމީހުން އެހަދާ. މީގެން ޖަމީލު ފެތެނީ ކޮން ކެޓަގަރީ އަކަށްތޯ.
ނަޖީބް
26 January 2019
ތިތަނުނ މަޝައް ފެނުނި ވިލިމާލެ އައް ވޯޓް ލެވޭ އެންމެ މީހެއް. ލަދުން ބޯހަލާކު ވެއްޖެ. ޖަމީލު ނުހޮވޭނެ. އެމްޑީޕީ ޔާމިން ވެސް ނުހޮވޭނެ. ރައީސް މައުމޫން ތާއިދު ބޭނުންވާނެ ވިލިމާލެ ގޮނޑިއައް.
ފޮނިޓައްޕު ހަސަނު
26 January 2019
ސޭޓަށް ދޯ އިނގެނީ. މިހާރު ގަބޫލުކުރެވޭ ޔާމީނުވެސް ސޭޓުގެ އުނދަގޫ ބޮޑުވެގެންކަން ޔާމީނު ސޭޓު ސައިޒުކޮށްފަ ބެހެއްޓީ.
ހުއްބުލްވަތަން އަސްލު
26 January 2019
ޑރ. އަހްމަދު ޖަމީލަކީ ކުރީގެ ނައިބުރައީސް. ނައިބު ރައީސްކަމަކީ މަޖިލީހުގެ މެންބަރު ކަމަށްވުރެ ޝަރަފުވެރި އަދި މަތީ މަގާމެ. އަދި ހަމައެހެންމެ އެފަދަ މަގާމެއް ފުރުއްވާފަ ވާނަމަ އިނާޔަތްތަކާ އެހެނިހެން ރައްކާތެރިކަންވެސް އެ ބޭފުޅަކަށް ލިބޭނެ. ވީމާ އުފެދޭ ސުވާލަކީ ރައީސްކަން ކުރި ބޭފުޅުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭގޮތަށް ގާނޫނަށް ބަދަލު ހުށަހެޅިއިރު ނައިބު ރައީސްކަން ކުރެއްވި ބޭފުޅުން އިސްތިސްނާ ވަނީ ކޮން އުސޫލަކުންތޯ؟ ވެދުމާ ސަލާމް
އިބްރާ
25 January 2019
އެމްޑީޕީގެ ޔާމީނަށްވުރެ ޢިލްމާއި ޙިލްމާއި ޤާނޫނީ ތަޖުރިބާ ބޮޑީ ޑރ ޖަމީލުގެއެވެ. އެމްޑީޕީ މެމްބަރުންވެސް ގައުމަށް ހެޔޮއެދޭނަމަ ވޯޓްދޭނީ ޑރ ޖަމީލަށެވެ.
ހުއްބުލްވަތަން އަސްލު
26 January 2019
ހުރިހާވެސް އެއްޗަކީ ފަރުދަކު ހާސިލްކޮށްފައިވާ ޢިލްމެއްނޫން. އިހްލާސްތެރިކަމެއް ނެތިއްޔާ ކިތަންމެ މައްޗަަށް ކިޔަވާއިގެން ހުއްޓަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ. މާޒީން އެކަން ފެންނާން އެބައޮތް. ވެދުމާ ސަލާމް
ހަސަނު
25 January 2019
ކޮންމެސް މީހަކު އެބަޖެހޭ އަދަބު އިހްތިރާމާއެކު ރީތި ބަހުރުވައަކުން ރައްޔިތުންނަށް ކިޔާލަދޭން، ގާސިމް މިދައްކާ ވާހަކަތަކުގެ ދޮކުޅުނުޖެހޭ ކަމާ ދެކޮޅު ނުޖެގޭ ސަބަބުތައް.. މިދެންނެވީ މިހާރުވެސް އެކަން ނޭނގޭތީއެއްނޫން އެކަމަކު ހަމަ މުތާލިއާކޮށް މުރާޖައާ ކޮށްލުމުގެ ގޮތުން...
ރަނގަޅަށް ވިސްނާ...
26 January 2019
ކިތަންމެ މުތާލިއާކޮށް މުރާޖައެއް ކުރިއަސް ގާސިމު ވާނީ ގާސިމަށް... ގަރަހިތައެއް..
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
25 January 2019
މިއަދު ގުރުބާނީ އޭ ކިޔައިގެން ބޮޑެތިވާހަކަ ދައްކަމުން ދާއިރު މިކަން މިހެން ދިމާވާނެ ކަން އެނގޭތީ އަޅުގަނޑު ރައީސު އިބޫއަށް ތަކުރާރުކޮށް ދެންނެވިން އެމް ޑީ ޕީ އިން މިމީސްމީހުނާއި ކޯލިޝަން ނެހެދުމަށް އެކަނި އޮންބޯޑުކުރަން އާދަލަތު އާއި މައުމޫނު، މިހާރު މިއޮތީ ދޯނީގައި މަހަށްގޮސް ހޮޑުލައި ބޯއަނބުރާ މީހާއަށްވެސް މަސްބައި އެޅިފައި، އެހެރީ ފެންނަން ކެމްޕެއިނުގައި އިބޫއަށް އެމް ޑީ ޕީ އިން ކުރިތާއިދު،، ސޭޓު ޕާޓީގެ ދިދަގަނޑެއްގެ މިންވަރުވެސް ނުފެނޭ.
ާެެައޭނަ
26 January 2019
ދިދަފަތިން ވޯޓްލިބޭނަމަ ޕީޕީއެމް އަށް އެންމެ ގިނަ ވޯޓް ލިބޭނީ.
ރަށުމީޙާ
25 January 2019
ގަސިމް ގެ ބޭނުމަކީ ވެރިކަން އެމަނިކުފާނައް ވެރިކަން ލިބެންދެން އުޅުއްވާނީ ހަމަ އެގޮތައް