ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އެމަނިކުފާނު ވިދާޅުވީ ކޯލިޝަން ޕާޓީތަކުގެ މެދުގައި މާބޮޑު މައްސަލައެއް ނެތް ކަމަށް. --ފޮޓޯ: ނިޝާން އަލީ/މިހާރު
24 ޖެނުއަރީ 2019 - 16:43
އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ރަނގަޅީ ކޯލިޝަން ޕާޓީތަކުން އެކުގައި ވާދަކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް މި ވިދާޅުވީ ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެކުގައި ވާދަކުރަން އެއްބަސްވި ކަމަށާއި އެ އެއްބަސްވުމާ ޚިލާފުވީ އެމްޑީޕީން ކަމަށް ޖުމްހޫރީ ޕާޓީން ތުހުމަތުކޮށްފައި ވަނިކޮށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީން އެއްބަސްވުމާ ޚިލާފުވެ، ޖޭޕީ ވަނީ "މަގުމަތިކޮށްލައިފަ" އެވެ. އެހެންވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، މަޖިލީސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާ އެކުގައި މަސައްކަތް ކުރަން ތިބި އެންމެންނަށް، މަޝްވަރާގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެމްޑީޕީއާ މެދު އޮތް ހިތްހަމަނުޖެހުންތަކުގައި، ކޯލިޝަން ދެމިއެބައޮތްތޯ ވެސް ގާސިމް ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ކޯލިޝަން ސަރުކާރާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ މަޖިލީސް އިންތިޚާބުގައި ޕާޓީތަކުން ވާދަކުރުމާ ގުޅޭ ގޮތުން ހުރިހާ ޕާޓީތަކުން އެއްބަސްވެ ސޮއިކޮށްފައިވާ ލިއުމެއް ނޯންނާނެ ކަމަށެވެ. އެކަމަކު، ޖުމްހޫރީ ޕާޓީއާ އެކު އެމަނިކުފާނާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ސޮއިކުރެއްވި އެއްބަސްވުމެއް އޮތް ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ކަނޑަނޭޅި އުފެދުނު ހިޔާލުތަފާތުވުންތައް ފަހު ވަގުތު ހައްލުކުރެވުނީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިހާބާއި ކައުންސިލް އިންތިޚާބުގައި އެކުގައި ވާދަކުރަން ވަކިވަކިން އެއްބަސްވެ އެވެ. ކޯލިޝަންގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފިޔަވައި ޕާޓީތަކުގެ އިސް ބޭފުޅުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކުގަ އެވެ.
ރައީސް: ކޯލިޝަން ސަރުކާރަށް ގާނޫނީ ހައިސިއްޔަތު ހޯދައި ދޭން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެ އެއްބަސްވުން އޮތް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގޮނޑިތައް ކަނޑައެޅުމާ ގުޅޭ ގޮތުން ހުރިހާ ޕާޓީތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. މިހާތަނަށް އެކަމަށް އެއްބަސްވެވި ގޮތެއް ނިމިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަތަރު ޕާޓީ އެކަމުގައި ސޮއިކޮށްފައިވާ ލިއުމެއް ނެތް ވާހަކަ އަޅުގަނޑު އަނެއްކާވެސް މި ދެންނެވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅު ވަނީ ވައުދުތައް ފުއްދުމަށް، ސަރުކާރަށް މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހެކެވެ. ސަރުކާރަށް މެޖޯރިޓީ އޮތުން މާނަކުރައްވާނީ، ކޯލިޝަންގެ ހުރިހާ ޕާޓީތަކުގެ މެޖޯރިޓީ އޮތުން ކަމަށް ވެސް ވިދާޅުވި އެވެ.
އެއާއެކު ރައީސް ވިދާޅުވީ ކޯލިޝަން ދެމިއޮންނާނެ ކަމަށެވެ. ކޯލިޝަން ދަމަހައްޓަން ހަތަރު ލީޑަރުން ވެސް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާތަނަށް އައިި އިރު ކޯލިޝަންގައި ހަމަނުޖެހުން އުފެދޭވަރުގެ އެއްވެސް ކަމެއް އެއްވެސް ޕާޓީއަކުން ކުރައްވާފައި އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.
ކޯލިޝަން ސަރުކާރުގެ ލީޑަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު. --ފޮޓޯ: ހުސައިން ވަހީދު/މިހާރު
ކޯލިޝަން ސަރުކާރަށް ގާނޫނީ ހައިސިއްޔަތު ހޯދައިދެއްވާނެ ކަމަށް ވިދާޅުވި ވައުދު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. ކޯލިޝަނެއް ދެމިއޮންނާނެ ގޮތާއި ކޯލިޝަން ސަރުކާރެއް ބައްޓަން ކުރެވިފައި އޮންނާނެ ގޮތުގެ ގާނޫނެއް އެކުލަވާލާނެ އެވެ.
"ގާނޫނުއަސާސީ އަށް ވެސް އެ ބަދަލު ގެންނަން ޖެހޭ ކަމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި ދެކެވުނު ވާހަކަތަކުން އެއްބަސްވެވިފައި އޮތީ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލްސް
25 January 2019
މިސްޓަރ ޕްރެޒިޑެންޓް ' ރަނގަޅު ގޮތަކީ ތިއީ. އެކަމަކު ރަނގަޅު ގޮތް ބަޔަކު މިހާރު ނުބަލާހެން ހީވޭ
މޮޑްރިޗް
25 January 2019
ދުނިޔެދުށް އެންމެ ބޮޑުޕަޕެޓް...މީނައަށް މިގައުމުގެ ރައްޔިތުން ވޯޓްދިނީ އަނިޔާވެރިކަމާ ދެކޮޅަށް...ކޮންމެހެން ނަޝީދުބުނެގެން މީނަވަރުގެ ގަދަމީހަކު ނެތީމައެއްނޫން....ލާހިކައެއްނޫން މިގައުމަށް ތިބުނާ ބަރުލަމާނީ އެއްގެނާކަަށް....ރައްޔިތުންނާ ދެކޮޅަށް ގަދަކަމެއް ނުދެއްކޭނެ....އަހަރުމެންގެ ވޯޓްލުމުގެ ހައްގު ނިގުޅައި ނުގަނެވޭނެ ނަޝީދަކަށްވެސް އެހެން މީހަކަށްވެސް....
ައައްޔަ
25 January 2019
އަހަރެން ތާއިދު ކުރަނީ އެމްޑީޕީ އަށް ކޯލީޝަނަކަށެއްނޫން އެހެންވީމާ އަޅުގަނޑު ނިސްބަތްވާ ދާއިރާއަށް މަގޭޕާޓީން ކެނޑިޑޭޓަކު ދައްކަންވާނެ...
.ވަސްވާސް
25 January 2019
.ކަރުގާ ރިއްސައިގަތީދޯ ފެންކައްކާ ބޮލި ހޯދާން ދުވަން ފެށީ ، .ތިއަށް ކިއަނީ އަމިއްލަ އެދުން މަޖުލީސް މެޖޯރެޓީ ބޭނުންވާއިރަށް އެއްކަލަ ކޯލީސަން ފެނުނީ ކޯލީސަން ރަނގަޅުވީ ނޫނޭ ތިވަރުގެ ޔަހޫދީ ބައަކު ނުދެކެން.
ޢީމާން
25 January 2019
މާބޮޑަށްވެސް ލަސްވެއްޖެ ނޫންތޯ ތިހެން ވިދާޅުވަން.
ހުސެންހ
25 January 2019
ރިޔާސީ އިންތިހާބު ވެއްޖެޔާ ކޯލިސަން އެއްބަސްވުމެއް އެބައޮތޯ؟ ރމ އިންތިހާބައްވީމަ މެޖޯރިޓީ މަށައް ދޭންޖެހެ، ކޯލިސަން އެއްބަސްވުމެއް ނެތޯ؟ ހަމަ ހުސް ނަސީދު.
ޝޮކްތެރަޕީ
24 January 2019
މިމީހުންނަ ވެރިކަން ހޯދަދިން މީހުންނަކި ގައްދާރުން. އަމިލްލައެދުން އިސްކުރިމީހުން.
ނަހަދާނެއޭ
24 January 2019
ކޮބާތޭ އެކުގައި ވާދަ ކުރުމަކީ އޭގެ ރިއަލް މީންސް އެއް ނޭގެއޭ އެކުގައިވާދަކުރުމޭ އެއީ ކޮންމެ ސިޔާސީ ޕާރޓީ އަކުން ވެސް ނިކުމެ 82 ދާއިރާ އަށް ވާދަ ކުރުމަކީ ވެސް ތިޔާއީ ވަރަށް ބޮޑަށް ކޮންފިއުޝަން އަދި ކޮންޓްރަޑިކްޝަން އެކުލެވޭ ވާހަކައެކޭ ކަން މިހެން ހުރުމުން ތިޔާއިން މަމެންނަށް ދޭހަ ކޮށްދޭ އެއްޗަކީ އެއީ ކޯލިޝަންގައި ހިމެނޭ ޕާރޓީ ތަކަށް ވަކި ދާއިރާ ތަކަށް ބަހާލައިގެން އެއްޕާރޓީ ވާދަ ކުރާ ދާއިރާ އަށް އަނެއް ޕާރޓީން ވާދަ ނުކުރާ ގޮތަށް އެމްޑީޕީން
އިބިރިހިންބެއްޔާ
24 January 2019
ބެއްޔާ އޮޅިގެ. މިހާރު މިއައީީ އެއްކަލަ "އާސާރީ" ސްޓޯރީީއަށް. "އެއްބަސްވުން އެބައޮތް - އެއްބަސްވުމެއް ނެތް" އަށެވެ. ހަމަ ރަތްލާޖެހި ދިވެހި ރައީސުން.
ހުދުކް
24 January 2019
ރައީސް ވިދާޅުވީވެސް އެމްޑީޕީ މެޖޯރިޓީ ބޭނުމޭ..ގުޅިގެން ނުކުންނަން ބޭނުންނަމަ ބޭކާރު ވާހަކަ ދައްކަވަނީ..