އައްޑޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން މީހާ ކޮޅަށް ތެދުވެގެން
27 ޖެނުއަރީ 2019 - 11:39
ސިކުނޑީގެ އުނިކަމެއް ހުންނަ އުމުރުން ދުވަސްވީ މީހަކަށް އައްޑޫ ހޮޓަލެއްގެ ތެރެއިން ހަމަލާދީ އޭނާގެ ގަޔަށް ކުޅު ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ހިތަދޫ މާހެރަ ކެފޭގައި މިކަން ކުރި ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެކަން ކުރި މީހާ އަށް އެތައް ފާޑުކިޔުމެއް ދަނީ އަމާޒުވަމުންނެވެ.
މި މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
އެކަމަކު ވީޑިއޯ އިން ފެންނަ ގޮތުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމު އަދާކުރާ އެ މީހާ އަށް ހަމަލާދިނީ މެދު އުމުރުގެ ދިވެއްސެކެވެ. އުމުރުން ދުވަސްވީ މީހާ ގޮނޑިއެއްގައި އިންދައި، އެ ތަނަށް ގޮސް އޭނާގެ ލޮލަށް އިނގިލި ކޮއްޕާލަ އެވެ. ދުވަސްވީ މީހާ ތެދުވެ، އަތް މުށްކަވާލުމަށް ފަހު، އޭނާ އަށް ހަމަލާދިން މީހާގެ މޫނާ ދިމާލަށް އަނގައިގައި ހުރި ފެނާ އެކު ކުޅު ބުރުވާލަ އެވެ.
އެއާއެކު، ރައްދުގައި އެމީހާ ވެސް އަނގައިގައި ހުރި ކުޅުތައް ބުރުވާލައި މާރާމާރީ ހިންގުމަށް ފަހު ހޮޓަލުގެ ތެރެއިން ނުކުމެގެންދެ އެވެ.
އުމުރުން ދުވަސްވީ މީހާ އަށް ހަމަލާ ދިން ވަގުތު، ހޮޓަލުގެ ތެރޭގައި ބަޔަކު ތިބި ކަމުގައިވިޔަސް، މާރާމާރީ ހުއްޓުވަން އުޅެފައެއް ނުވެ އެވެ.
ދުވަސްވީ މީހާ އަށް ހަމަލާ ދިނުމާ ގުޅިގެން ބައެއް އާންމުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ގޯނާކޮށް، ހަމަލާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށް އެމީހުން ބުންޏެވެ.
އަހުމަދު ރަޝީދު ނަމުގައި ޓުވީޓް ކުރި މީހަކު ބުނީ އުމުރުން ދުވަސްވީ މީހާ އަށް ހަމަލާ ދިނުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
އަބްދުﷲ ޖަމީލް ނަމުގައި ޓުވީޓު ކުރި މީހަކު ބުނީ މެދުއުމުރުގެ މީހާގެ ފަރާތުން ފެނުނީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އުމުރުން ދުވަސްވީ މީހުންނަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި މިއީ ޒުވާނުންނާއި ކުޑަކުދިންނަށް ދިން ނުރަނގަޅު މެސެޖެއް ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއިޒް
28 January 2019
މިއަދު ތިބާ މުސްކުޅިންނަށް އިހްތިރާމްކޮށް އަންނަން އޮތް ޖީލަށް ނަމޫނާ ދައްކާށެވެ. އޭރުން ތިބާ މުސްކުޅިވާދުވަހު ތިބާއަށް އިހްތިރާމުކުރާނެ މީހުން ވާނެއެވެ
ބޯއިކޯ
27 January 2019
މެންބަރުން ޖަހާ ކުޅަކީ ޖަވާހިރުތަ އެމީހުންގެ މައްސަލަ ނުބެލެނީ.
އައްލާ
27 January 2019
ދެ ކުޅުގެ މައްސަލަވެސް ބަލަން ފެނޭ. ނިހާނު ޖެހި ކުޅާ އައްޑޫ މީހާ ޖެހި ކުޅުގެ ތަފާތަކީ އެކަކު ހުރީ ރަސްމީ އިއްޒަތުގަ ޓައިއަޅައިގެން އައްޑޫން ކުޅުޖެހީ އާދައިގެ މީހެއް. އެކަކު ކުޅުޖެހިމަންޒަރު ގައުމީޓީވީގެ ކެމެރާއަށް އެރިއިރު އަނެކަކު ޖެހިކުޅު ގެ މަންޒަރު ނެގީ ފޯނަކުން.
ބަރޯ
27 January 2019
ނިހާން އާއި ރޮޒެއިނާ ކުރީމަ އޯކޭ..... ގަމާރު ދިވެހިން..
ޕަކަޅާ
27 January 2019
އައްޑޫގައި މީހަކު މިކަހަލަ ކަމެއް ކުރުން ގޯހެވެ. އެހެނަސް ރާއްޖޭގައި އެންމެ ބޮޑެތި ޖަރީމާ ހިންގަނީ ކ.މާލޭ މީހުނެވެ. ރަށްރަށާ ފަޅުފަޅު ވިއްކާފަ ފައިސާކޮޅު ޕަކަޅާކުރީއެވެ. ކުލީސިފައިން ގެނެސް ހަނގުރާމަކުރީއެވެ. ރަސްކަމުގައިހުރެ އިންޑިއާއަށްގޮސް ދީންދޫކޮށް ނަންބަދަލުކުރީއެވެ. މިހެންގޮސް ކިޔާނުނިމޭނެއެވެ.
ޗަކަޅާ
28 January 2019
ކަންކަން ކުރި މީހުން ވިހޭ ތަނެއް ނޫނީ ނިސްބަތްވާ ރަށެއް އެނގިގެން ތިހެން ކިޔަންވާނީ. މިހާރު މާލޭގައި ގިނައީ މާލޭ މީހުންތޯ ރަށްރަށުގެ މީހުންތޯ އިހަށް ބަލަންވީނު ވަކި ބަޔަކާ ޒާތީނުވެ. ކްރިމިނަލް ކޯޓުގައި ކޮންމެ ދުވަހަކު އޮންނަ މައްސަލަތައް ބަލާބަލަ މާލެ މީހުންތޯ ކުށްކުރާލެއް ގިނައީ..
ސާފު ވާ
27 January 2019
ސިކުނޑީގެ އުނިކަން ހުރީ ކާކު ކަމެއް މި ވީޑިއޯއިން ސާފެއް ނުވޭ.
މރަނގާ - އައްޑޫ ސިޓީ
27 January 2019
މީނާގެ ދަށުދަރަޖައިގެ އަމަލުގެ ސަބަބުން މުޅި އައްޑޫގެ ނަން ހަރާބުވެގެން ހިގައްޖެ. * * މިފަދަ ކަންކަން ހިގާއިރު ބަލަންނުތިބެ ހުއްޓުވާންޖެހޭ. “ހޮޓަލުގެ ތެރޭގައި މިކަންހިގިއިރު ކުޑަމިނުން ސޭޓުވެސް މިކަމަށް ހުރަސްއަޅާފައިނުވަނީ ގޭންގްތަކުގެބާރު އައްޑޫގައިވެސް ވަރުގަދަކަމުން”ކަމަށް ވެދާނެ. * * މިފަދައަމަލުހިންގާމީހުނަށް މުޖުތަމައުގެމަސައްކަތްކުރުމަށްފާސްކޮށް އަމަލުނުކޮށްއޮތްޤާނޫނު ފުރަތަމަތަންފީޒުކުރާމީހަކަށްމީނާހަދާ ތާރީހުން މިކަލޭގެއަށްޖާގަހޯދާދީ.
އަދުރުއްދީން
27 January 2019
އައްޑޫމީހަކު ކުޅެއް ޖަހައިގެން އައްޑުގެ ނަން ހަރާބުވާކަށް ނުޖެހޭ އެހެނީ މާލެ މީހަކު ބޮޑު ކޮރަޕްޝަނެއްގެ މުގުލުގަ ހުރެގެންވެސް މާލޭގެ ނަން ޚަރާބެއްނުވޭވިއްޔާ!
ރަދީފް
27 January 2019
އަދުރުއްދީން.ކުޅު ޖެހުން އެއީ ހާދަހާވާ ހުތުރު އަމަލެކޭ.މަގޭ ނަޒަރުގަ 02 މީހުން ވެސް ގޯސް.ކޮންމެ ރޯދަމަހަކު އަދި މިހާރު ކޮންމެ ދުވަހަކު މުންނާރު ޗެނަލުން ފޮނުވާ ކީރިތި ރަސޫލާގެ ސިޔަރަތުގަ ކުޅު ޖެހި މީހަކަށް ކަންތައް ވެގެންދިޔަގޮތް ވަރަށް ރީތިކޮށް ގެނެސްދޭ.އެހެންވީމަ ކުޅުޖެހުން އެއީ ހަޑިމުޑުދާރު އަމަލެއް.ވ.ވެދުން
ބޯކިބާ
27 January 2019
ދާއިރާގެ މެންބަރުންވެސް އިންތިހާބު ކަންތަކުގަ ބިޒީކޮށް އުޅޭ ދުވަސްވަރެއްގަ މިކަހަލަ ކަންކަން ކުރީމަ ދެރަ.
ނަގިއްޔާ
27 January 2019
އައްޑޫމީހާ ނަންވަނީ. ތިކަން ފައްޓަވައި ދެއްވީ އިއްޒައްތެރި މަޖުލީހުގައި އެތާ މެންބަރަކު.
ޖަމަލޭ
27 January 2019
ތިކަންކުރާ މީނުންނަށް މިހާރު ތީ މާބޮޑު ކަމެއްނުން. ތިމީހާ ތިކަން ދަސްކުރީވެސް މަޖުލީސް ކުރާގެއިން ފެނުނު މަންޒަރަކުން ކަންނޭގެ.