މޯލްޑިވިއަންގެ ދެ ޕައިލެޓަކާއި ދެ ކެބިން ކްރޫއަކު ފްލައިން އަކަށް ފަހު ދަނީ.---ފޮޓޯ: މިހާރު
04 ފެބުރުއަރީ 2019 - 10:11
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ދިނުމުން، އިހުތިޖާޖު ނުކުރަން އެ މީހުން މިއަދު ނިންމައިފި އެވެ.
ޕައިލެޓުންނާއި ކްރޫންގެ އިސްވެރިޔާ، ޑިރެކްޓަ އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު އަމީންއާ މެދު އުފެދިފައިވާ ހިތްހަމަނުޖެހުމަށް ހައްލެއް ނުލިބެނީސް، މޯލްޑިވިއަންގެ ގިނަ ޕައިލެންޓުންތަކެއް މިއަދު ޑިއުޓީ އަށް ނުނިކުތުމަށް ކުރިން އޮތީ ނިންމައިފަ އެވެ.
ނަމަވެސް، ރޭ 11:00 ގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ޕައިލެޓުންނާ ބައްދަލު ކުރައްވައި، ޕައިލެޓުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ނަން ހާމަނުކުރަން ބޭނުންވާ ޕައިލެޓަކު ބުންޏެވެ.
"ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު. ކުންފުނީގެ މެނޭޖުމެންޓާއި މިނިސްޓަރު ޔަގީންކަން ދެއްވި އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ހައްލުކޮށްދޭން މަސައްކަތް ކުރާނެ ކަމަށް. އެހެންވެ ޕައިލެޓުން މިއަދު ޑިއުޓީއަށް ނުކުތީ،" އެ ބައްދަލުވުމުގައި ބައިވެރިވި އެ ޕައިލެޓު ބުންޏެވެ.
ޕައިލެޓުންގެ ޑިމާންޑަކީ އަމީން މަގާމުން ވަކިކުރުމެވެ. ޕައިލެޓުން ބުނާ ގޮތުގައި ޕައިލެޓުންނާ މެދު އަމީން ތަފާތު ކުރުން ގެންގުޅެ އެވެ. އަދި ޕައިލެޓުންނަށް އިހުމާލުވުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެތައް ކަމެއް ކުރާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
އަމީން މަގާމުން ވަކިކުރުމަށް، ޓްރާންސްޕޯޓް މިނިސްޓަރާ އެކު އޮތް ބައްދަލުވުމުގައި ސަރުކާރުން އެއްބަސްވި ކަމެއް އަދި ޔަގީނެއް ނޫނެވެ.
Maldivian ge pilotun ihuthijaaj ah nukunnanee
The most trusted news source in the Maldives
Mihaaru
މޯލްޑިވިއަންގެ ޕައިލެޓުން އިހުތިޖާޖަށް ނުކުންނަން ނިންމުން---
އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް މިަދު ވިދާޅުވީ، ޕައިލެޓުން މިއަދު ޑިއުޓީ އަށް ނުކުތް ކަމަށާއި އޮޕަރޭޝަނަށް ބުރުލެއް ނާރާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުފޫޒު ގަދަކޮށް އަމީން އުޅުއްވިއިރު މި ސަރުކާރުގައި ވެސް އައިލެންޑް އޭވިއޭޝަންގައި އޭނާ ހުންނެވީ އެހާ ބާރުގަދަކޮށް ކަމަށް ޕައިލެޓުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
.ޕައިލެޓު އިހުތިޖާދު
05 February 2019
.ޕައިލެޓުންނޭ ނުކިޔާ އެމްޑީޕީގެ ބަސް ގަބޫލު ކުރާ ޕައިލެޓުންނޭކިއާ ހުރިހާ ޕައިލެޓުން ނުކިއާ އަހަރުމެންގެ ދަރިއެއްވެސް ޕައިލެޓެއް އެކަމަކު ތިކިއާ އިހްތިޖާދަކަށް ނުދެ.
ޝިފާގު
04 February 2019
އައިލެންޑް އޭވިއޭޝަން އަކީ މުވައްޒަފުންނާއި ދޭތެރޭ ވަރަށް އަނިޔާވެރިކޮށް ކަންކަން ކުރާ ތަނެއް. އެކަން އޮތީ ހަމައެކަނި ޕައިލަޓުންނާ ގުޅޭ ކަންކަމުގަ އެކަންޏެއް ނޫން. މުޅި އެޗްއާރު ބައްޓަން ކުރެވިފަ އޮންނަނީ އެގޮތަށް. ވަރަށް ޚުދުމުޚުތާރުކޮށް ހިނގަމުން އައި ތަނެއް. އަނިޔާވެރިކަމުގެ އިންތިހާ. އާމެނެޖްމަންޓުން ކަންކަން ރަގަޅު ކުރާނެކަމަށް އުންމީދު ކުރަން.
ހަބޭސްބޭބެ
04 February 2019
އަމިއްލަ އެދުން މިވަރުވާކަށް ނުވާނެ. އަވައްޓެރި ގައުމު ތަކުގެ ޕައިލެޓުންނަށް ބަލާލާއިރު ޕައިލެޓެއްގެ މުސާރަ އަކީ 1500 އާއި 1800 ޑޮލަރު މަހަކު. ސީނިއަރ އިންޓަނޭޝަނަލް ޕައިލެޓަކަށްނަމަ 15000ޑޮލަރު. މާލެއިން އައްޑޫއަށް ހަނިމާދޫއަށް ކުރާ ދަތުރު ތަކުގައި ޕައިލެޓުންނަަަަށް ބޮޑު މުސާރަ ދޭކަށް ނުޖެހޭ. މުސާރަތައް ކަނޑައަޅަންވާނީ ވަރަށް ވިސްނާފަ. މިމީހުން ބޭނުންވަނީ ބޯއިން ބޯޓުތަކުގެ ޕައިލެޓޫންގެ މުސާރަ. ވިސްނާލަމާ.
އިމްދާދު
04 February 2019
އިންސާނުންނަށް އިލްމާއި ތަޖްރިބާ ބޭނުންވާނެ. ގިނަފަހަރު ވެރިންނަށް ތިބެނީ ކޮލިފައިޑް މީހުންކަން ގަބޫލުކުރަން ދަތިވިމަކީ އިންސާނާގެ ތަބައީ ނުބައިވިސްނުމެއްކަން ހަނދާނުގައި ބަހައްޓަންޖެހޭ. މިފަދަ ސަބަބުތަކަކަށްޓަކައި , ތިމާގެ މައްޗަށް އައްޔަންކުރެވޭ ވެރިންނަށް ކިޔަމަންގަތުމަށް ﷲ ވަނީ ގުރުއާނުގައި އަންގަވައިފައި.
ނައިބޮލި
04 February 2019
އިއްޔެ މެންދުރު ކުންފުންޏާ ގުޅޭމީހުން، ގައުމީ އެއަރލައިންގަ 30 އަހަރުގެ ހިދުމަތްތެރިން ބަގާވަތް ކޮށްގެން ވަކިކުރަން އުޅުމަކީ ޒާތީވުމެއް، އަމިއްލަ ފައިދާއަށް މަސައްކަތް ކުރުން، ނަތީޖާ ހިތިވާނެ.
ޢަންކަލޯ
04 February 2019
ކަމަނާ ކަންކުރަނީ އެއްމެ ފައިދާހުރި ގޮތަށް ކަމަކަށް ނުބެލެވޭ، އަޑުގަދަމީހާ ރުއްގިނަވާ ގޮތަށް ކަންކަން ކުރަނީ، ސާބިތިނުވާގޮތަށް ކަންކަން ކުރުމުން ގައުމީ އެއާރލައިން ހުއްޓިދާނެ
ސޮބުރީ
04 February 2019
ތީ ބަޔަކު ދުރާލާރާވައިގެން ކުރިކަމެއް.. އެކަން އެގޭތީ މިބުނީ
ބޯބުރީ
04 February 2019
ނުރާވާ ކުރާ އެއްވެސް ކަމެއް ނޯވޭ. ހަމަ އެކަނި ގުދުރަތީ ކަންކަން ހުންނަނީ.
މޫވް
04 February 2019
ކުންފުނިތަކުގެ އިސްމަޤާމުގައި ތިއްބަވާބޭފުޅުން ކޮންމެ 2އަހަރަކުން އެހެން ކުންފުންޏަކަށް ބަދަލުވާގޮތަށް ހަދަންއެބަޖެހެއެވެ. އިސް މަގާމުތަކުގައި ތިއްބަވާބޭފުޅުން އެއްތަނެއްގައި ގިނަދުވަސްވުމުން އެތަނެއްގައި އެބޭފުޅެއްގެ ނުފޫޒު މާވަރުގަދަވެ. ޑީލްތައް ހެދި ކޮރޮޕްޝަން އާލާވަނީއެވެ. އަދި އެބޭފުޅެއްގެ ކޮންޓްރޯލް ދަށުގައި ހުރިހާކަމެއެއް ހުރުމުން ކަންކަން ހުންނަނީ ފޮރުވިފައެވެ. ބަދަލުވަމުންދާނަމަ ނުރަނގަޅު ކަންތައް ފާހަނގަވެ އިސްލާހުވަމުންދަނެއެވެ
ހުންއައިސްސަ
04 February 2019
ހާރިސް ހުރި އިރުވެސް ހާރިސްގެ އެއްވެސް ބާރެއް ނޯންނާނެ އަމިން ހުރިހާ އަމުރު މައުރޫފު ނެރޭނީ ،،
ބަޑިތަކުރު
04 February 2019
ލޭންދޭނަށް އެތައް މިލިޔަނެއްގެ ދަތުރުތައް ކެމްޕޭނަށް ކޮށްދިން މީހުންވެސް އަދިވެސް ތިބީ ތިތާނގައި ބާރުގަދަކޮށް ބާވައެވެ.