ހޯދަން އިއުލާން ކުރި މީހާ:
05 ފެބުރުއަރީ 2019 - 20:18
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ނޯޔަން ނަމަކަށް ކިޔާ އެ މީހާ ހޯދަނީ ސ. ހިތަދޫ ފުލުހުންގެ މަރުކަޒަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެހެންކަމުން ނޯޔަނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގުޅައި އެކަން އެންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ މައްސަލައިގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަށް ހާމަކޮށްފައެއް ނުވެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ޖެންޑާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ބެއްޔާ
09 February 2019
ކޮބާތޯ މީގެ 2އަހަރުކުރިން ހެންވޭރުގެއެއްގެތެރޭގަ އަންހެންކުޖަކު މަރާލި ބަނގުލަދޭސްމީހާ އެމީހާގެ ހަބަރެއްނުވެ ގިނަދުވަސްވީމަ އަހާލީ
އަހުމަދުބެއްޔާ
06 February 2019
ދިވެހިން މިކީއްވެފަ ތިބޭބައެއްތަ އެހެންގައުމެއްގަ ވީކަމެއްނަމަ އެމީހަހޯދާ ނޮޅާލާފިސް ރައްޔަތުން މުޒާހަރާވެސްކުރާނެ ދިވެއްސަކު ކުދަކުއްޖަކާބެހެފިއްޔާ އެމީހަކު މިހާރުޖަލުގަހުންނާނީ ބަގާޅީ ނުފެންނާނެ ފިލާގެން ކޮމްމެވެސް ރަށެއްގައުޅޭނެ މީމިގައުމުގެހާލު
ޖަޒީ
06 February 2019
ރަށްފުށުގަ ކުދިން މިނިވަންަކަމާޢެކު ކުޅެން ރަށުތެރޭ އެކި ތަންތަނުގައި އުޅޭއިރު މިފަދަ މީހުންގެ ޝިކާރައަށް ވުމުގެ ފުރުސަތު ބޮޑު
ހުސެންބެގެ
06 February 2019
ފިހާރައެއްގައި ވަޒީފާ އަދާކުރި މީޙެއްވިއްޔާ އެފިހާޜައިގެ ބޮޑު ސޭޓު ހައްޔަރު ކުރަންވީނު. ތިވަރު ކަމެއްވީމަ އެމީޙަކު ފިލަން ފުރުސަތު ދީގެން ނުވާނެ.
ވެރިން
06 February 2019
ކިހާ ތާހިރު ޤައުމު ބެލެހެއްޓޭލެއް !
ބޮއްސުންލުން
06 February 2019
ބަންގާޅީންގެ މައްސަލަ ހައްލުކުރެވޭނީ ވަރަށް ހަރުކަށިކޮށް އަމަލުކޮށްގެން މިއީ ޤައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ސަރުކާރުތަކުން ވަނީ މިކަމުގައި ވަރަށް ބޮޑަށް އިހުމާލުވެފަ،
ބޮއްސުންލުން
06 February 2019
މިކަމަކީ ދެން ހައްލުކުރަން ވަރަށް އުނދަގޫ ކަމެއް ބަލި މިވަނީ ވަރަށް ބޮޑުވެފަ، މިކަމުގެ އަޑީގައިވެސް ތިބީ ދިވެހިން ސަރުކާރުގެ އިދާރާތަކުގެ މީހުންވެސް ހިމެނޭ އެހެންކަމުން މިކަން ކުރާ ބަޔަކަށް ލިބޭ މަންފާގެ ސަބަބުން އެމީހުން ބަލަން ބޭނުން ނުވޭ ޤައުމަށް ލިބޭ ގެއްލުމެއް،
ބޮއްސުންލުން
06 February 2019
ހަޤީޤަތަކީ ފަޅާ މިއަރަނީ 100 ން އެއް މައްސަލަ ބިދޭސީން މިކަހަލަ އެތަށް ބައިވަރު ކަމެއްކުރޭ، ދެން ބުނާނީ ދިވެހިން ނުކުރޭހޭ، ދިވެހިން ކުރުމާ ބޭރުން މިޤައުމަށް ބަޔަކު އަރައިގެން ކުރުންވެސް ތަފާތުތަކެއް އެބަހުރި، މީން ދޭހަކޮށްދެނީ ފުރިހަމަ ސިޔާދަތީ ބާރު ނުހިނގާކަން،
ބޮއްސުންލުން
06 February 2019
މިއީ އިމިގްރޭޝަންގައި އުޅޭ ބަޔަކާއި އެޖެންސީތަކުން ފައިސާ ހޯދަން ކުރި މަސައްކަތުގެ ނަތީޖާ، މިކަމުގެ އަގު ދައްކަންޖެހޭނީ ހުރިހާ ދިވެހިން މިއީ ނުރައްކާތެރި ކަމެކޭ ކިޔާލަ ކިޔާލާ ތިބީ، ނަތީޖާ ވަރަށް ހިތިކޮށް ފެންނާނެ،
ބޮއްސުންލުން
06 February 2019
މިވާހަކައަކީ އަޑު އިވިއިވި ފޫހިވެފައިވާ ވާހަކައެއް، ހިތަށް އަރަނީ މީ ސިޔާދަތީ ބާރު ހިނގާ ސަރުކާރުތަކެއް ޤާއިމުވި ރާއްޖެއެއްތޯ، ބަނގުލާސްދޭސް މީހުން އެތެރެވެގެން އުޅެނީ އުޅޭނެގޮތަކަށް ދިވެހިންނަަށްވުރެ މި މީހުންގެ ބާރުގަދަ، ވާނީވެސް އެހެން، އެ މީހުންނަށްވެސް އެނގޭ މީ ބޭނުން ގޮތަކަށް އުޅެވޭ ތަނެއްކަން،