އެމްޑަބްލިއުއެސްސީގެ ޗެއާމަނަށް އައްޔަންކުރެއްވި މައުސޫމް (ވ) އަދި އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަށް އައްޔަންކުރެއްވި ޝަމްހީދު
06 ފެބުރުއަރީ 2019 - 16:59
އެމްޑަބްލިއުއެސްސީގެ ޗެއާމަނަކަށް އަހުމަދު މައުސޫމް އަދި އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު މިއަދު އައްޔަންކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ކުރި ޓްވީޓުގައި ބުނީ ފެން ކުންފުނީގެ ޗެއާމަނަކަށް ގ. ޕްލެސެންޓް ވޭވްސް، މައުސޫމް ހަމަޖައްސާފައިވާ ކަމަށެވެ. އޭނާ ވަނީ ކުރީގެ ރައީސް މުުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމު އަދާކުރައްވައިފަ އެވެ.
އެމްޑީޕީގެ ސްލޮޓުގައި ގައުމީ އެއާލައިން ހިންގާ ކުންފުނީގެ ޗެއާމަނަށް އައްޔަންކުރެއްވި ޝަމްހީދު ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖޭޕީގެ ސްލޮޓެއްގަ އެވެ. ނަމަވެސް މާމިގިލީ އެއާޕޯޓު ހިންގުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުއްޔަށް ދީފައިވާ މުއްދަތު 99 އަހަރަށް އިތުރުކުރިކަން އިއުލާނުކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އިތުރުން މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސްގެ ބޯޑަށް ވެސް މެމްބަރުން އައްޔަންކޮށްފައިވެ އެވެ.
1. ޗެއާމަން: ޑރ. އަހުމަދު ޝަމްހީދު، ގއ. ދެއްވަދޫ، މާވެޔޮދޮށުގެ
2. އެގްޒެކެޓިވް ޑިރެކްޓަރު: އައިޝަތު ޖެނިފާ، މ. ޏަމްޏަމްގެ،
3. ނޮން-އެގްޒެކެޓިވް ޑިރެކްޓަރު: އަބްދުﷲ އާމިރު، މ. ރިއުބިކް
4. ނޮން-އެގްޒެކެޓިވް ޑިރެކްޓަރު: އަބްދުﷲ އާޒިމް، މައުނާ، ޏ. ފުވައްމުލަކު
5. ނޮން-އެގްޒެކެޓިވް ޑިރެކްޓަރު: އަޒްހީލް އަހުމަދު، ދަފުތަރު ނަމްބަރު 7545،
1. ޗެއާމަން: އަބްދުﷲ ފާއިޒް، މއ. ދޭލިޔާގެ
2. މުހައްމަދު ފާތިހު، ހ. މާރިކިލި،
3. މުހައްމަދު ޖަނާހު، ތަނޑިރަތްމާގެ، ސ. ހުޅުދޫ
1. އިނާޒު މުހައްމަދު ދީދީ، ފާޒް، ސ. ހިތަދޫ
2. އިބްރާހިމް މުއްތަލިބް، ހ. ފަންފިނި،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޫޓް
06 February 2019
މިފަހަރު މޯލްޑިވިޔަންގެ ހުރިހާ ފުލައިޓެއް ފުލައިމީއަށް ރަޖިސްޓްރީ ނުކޮށްފިއްޔާރަނގަޅު!
ސޭޓުގެ ސޭޓު
07 February 2019
ނުކުރާނެއެކޭ ބުނާކަށް ނުކެރޭނެ. ޓުރާންސްޕޯޓު މިނިސްޓަރަކީ ސޭޓުގެ އަނހެނުން. މޯލްޑިވިއަންގެ ޗެއަރމަން އަކަށް މި ލީ ސޭޓުގެ އަޅެއް. ސޭޓުގެ ސްލޯޓެއްގަ ޓުރާންސްޕޯޓު މިނިސްޓަރަކަށް ހުރެ މާމިގިލީ އެއަރޕޯޓު 99 އަހަރަށް ދިން މީހާ
ތިމާވެށި
06 February 2019
ތިޔަ މީހުންގެ ތައުލީމީ ފެންވަރުވެސް ރައްޔިތުން އެނގެން ބޭނުން ވެއެވެ.
ޖާބިރު
06 February 2019
ކުރިންފަހަރު ޓްރާންސްޕޯރޓް މިނިސްޓަރ އަކަށް ހުރެ ޤަވާޢިދާޢި ހިލާފަށް މާމިގިލީ އެއަރޕޯރޓް އިންޓަނޭޝަނަލް ކޮށްދީފައި ރައްކާވި މީހާ އަށް ތި ދިނީ ޗެއަރމަން ކަން.
ސަފީރު
07 February 2019
ޖާބިރޫ.. އޭރު ޓުރާންސްޕޯޓް މިނިސްޓަރއަކަށް ހުރީ ޖޭޕީގެ ޑރ.މައުސޫމް.. ތަންކޮޅެއް ރޯފިލާގެންހުރެ ކޮމެންޓްކުރައްވާ..
ރޯނު އެދުރު ސަފީރު
07 February 2019
ސަފީރަށް މާ ބޮޑަށް އިނގެނީ. ހުކުރު ދުވަހެއްގަ ހުކުރގަޑީގަ އެކަން ކުރީ ޝަމްހީދު.
ޒާހިދު 44
07 February 2019
ޢަމީން އިބްރާހިން ހުންނެވީ