ޚަބަރު / މުލީއާގެ

މުސްތަފާގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްފި

މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާ: އޭނާގެ ބަންދަށް 10 ދުވަސް މިއަދު ވަނީ އިތުރު ކޮށްފައި

މުލީއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުލީއާގޭގެ ޗީފް އޮފް ސްޓާފަކަށް ހުންނެވި މުސްތަފާ އިއްޔެ ހައްޔަރުކުރީ ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމާ އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މުސްތަފާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދިއުމުންނެވެ.

މުސްތަފާ ހައްޔަރުކުރީ ޓޫރިޒަމްގެ ބޭނުމަށް ރަށެއް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހެކިންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

މުސްތަފާ އަކީ، ކުރީގެ ޓްރޭޑް މިނިސްޓްރީގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުން ފެށިގެން ޔާމީނާ ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. އޭނާ ވަނީ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން އެންވަޔަރުމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.

14 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 18%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު އަހްމަދު

11 February 2019

އެމްޑީޕީ ސަޕޯޓަރުން ނުން މީހުން ވަޒީފާ އިން ވަކޮކޮށް، އެމްޑީޕީ އެންމެންނަށް ވަޒީފާ ހަމަޖައްސާ... މިހާރުވެސް ތިޔަ ގެންދާ ގޮތަށް 100 ވަރަކަށް މިނިސްޓަރުން ލާ. 1000 ސްޓޭޓް މިނިސްޓަރުން ލައި. 2000 ޑެޕިއުޓީ މިނިސްޓަރުންލާ... އަދި 3000 އެޑްވައިޒަރުންލާ.. 1000 ކޮމިޝަން އުފައްދައި 5000 މެންބަރުންލާ.. 100 ކުންފުނި އުފައްދައި 20000 މުވައްޒަފުންލާ..

The name is already taken The name is available. Register?

މުއުމިނާ

11 February 2019

ހޫން. ހާދަ ރުޅިއެއް ތިޔަ އައީ.

The name is already taken The name is available. Register?

މުހައްމަދު އަހްމަދު

11 February 2019

ސާބަހޭ.. ޔާމީނަށް ތާޢީދުކުރާ އެންމެން ހައްޔަރު ކުރޭ...

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

11 February 2019

ޔާމީނަށް ތާއީދު ކުރާމީހުން ހައްޔަރު ކުރަނީކީ ނޫން ބޮޑެތި ވައްކަން ކުރި މީހުން ހައްޔަރު ކުރަނީ.

The name is already taken The name is available. Register?

ޖަކިން

11 February 2019

މިހާރު މިހިނގާ ކުއްލި މަރުތައް ބަލަން ކޮމެޓިއެއް އުފައްދާ ބަލަ. ހިތާމަވެރި އެތައް ހާދިސާއެއް ހިނގަމުންދާއިރު އިބޫ ހިތަށް އެއްޗެއްނާރައެ

The name is already taken The name is available. Register?

އަބްދުއްالله

11 February 2019

ހޫނ. ދިވެއްސަކަށް ވިއްޔާ ފިލައެއް ނުހުރެވޭނެ. ރެހެންދި ފޮނުވައިގެންވެސް ގެނެވޭނެ. ހުރަވީ ފޮނުވައިގެންވެސް ގެނެވޭނެ. ސަރުކާރާ ސަރުކާރާ ވާހަކަދައްކާލައިގެންވެސް ގެނެވޭނެ. ހީކުރީތަ؟

The name is already taken The name is available. Register?

ބަސްފޮތް

10 February 2019

އަހަރުމެން ވެސް މި އުންމީދު ކުރަނީ އިންސާފު ގާއިމު ވާނެ ކަމަށް.

The name is already taken The name is available. Register?

ފޫހި

10 February 2019

ރަނގަޅު. އަންނަންއޮތްޖީލަށްޓަކައިވެސް ހިޔާނާތްތެރިން ނަށް އަދަބުދޭންޖެހޭ.

The name is already taken The name is available. Register?

ކާފުއަލިފު

10 February 2019

އޯގާތެރި ސަރުކާރުގެ އޯގާތެރިކަން ފެށުނީތަ? ހާދަ އަވަހަކަށް

The name is already taken The name is available. Register?

އާރީ

10 February 2019

ހާދަމަދުން މުއްދަތު ތި ޖެހީ. ހިޔާނާތް ތެރިންނަށް އެކަމްގެ ސަޒާ ކޮންމެވެސް ދުވަހަކުން ލިބޭނއ

The name is already taken The name is available. Register?

ރަދީފްގެ ލީގަލް ޓީމް

10 February 2019

ރަދީފްގެ ލީގަލް ޓީމުން މުސްތޮއަށް އެހީތެރިކަން ފޯރުކޮށްދޭނެ.

The name is already taken The name is available. Register?

ރަދީފް

10 February 2019

މުސްތަފާ ބަންދުގަ ހުންނާތީވެ ވަރަށް ހިތާމަކުރަން.މުސްތަފާ އެއީ މަގޭ ކްލާސްމޭޓެއް.އީޕީއެސް ސްކޫލް 1996 ގްރޭޑް 9އޭ ގެ ކްލާސް މޮނީޓަރަކީ ވެސް މުސްތަފާ.ވަރަށް ބެސްޓް ބްރައިޓް ސްޓޫޑެންޓެއް މުސްތޮއެއީ.މުސްތޮއަށް ކެތްތެރިކަން މިންވަރުކުރައްވާށި.އިންސާފުން މުސްތޮއާއިމެދު އަމަލުކުރާނެކަމަށް އުއްމީދުކުރަން.ވ.ވެދުން

The name is already taken The name is available. Register?

ލަބްސް

10 February 2019

ހުވާ؟

The name is already taken The name is available. Register?

ނޯޑައުޓް

10 February 2019

ރަދީފް ތިޔަދައްކަވާނީ މީގެ 23 ހަކަށް އަހަރު ކުރީގެ ވާހަކައެއް. އެއިރު މީނާއަކީ ތިޔާބުނާކަހަލަ ބެސްޓް ބްރައިޓް ކުއްޖަކަށް ވެދާނެ. އެކަމު އޭގެފަހުން ސިޔާސީ ވިހަ ވަނީ މީނަގެ އެންމެ ފުނަށަފޯރާ މީހާއަށް މީހާ ނުފެންނަވަރަށް ފެންވަރު އޮޅިފަ. މީސްމީހުންނާ ދިމާަލަށް ކިޔޭނުކިޔާވެސް ނޭންގެ ހުންނަ ބޮޑާކަމާއި ފޮނިކަމުން. މީގެ އަނެއް ކޮޕީ އެއީ ތަރުޖަމާނު މުއާއަކީ.. ކޮންމެއަކަސް ކެހި ކަނޑުލުގެ ހިތިވާނީ އަމިއްލައަށް ފިލުވަން. ވ. ސަލާމް

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454