ކޮރަޕްޝަނާ ދެކޮޅަށް މިއަދު ބޭއްވި މުޒާހަރާ--
15 ފެބުރުއަރީ 2019 - 19:31
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ބެލުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފެއިލްވެފައިވާތީ އެ ކޮމިޝަންގެ މެމްބަރުން މަގާމުން ވަކިކުރުމަށް ގޮވާލައި މާލޭގައި މިއަދު މުޒާހަރާ ކޮށްފި އެވެ.
މިއަދު ހަވީރު 4 ޖަހާކަންހާއިރު ކާނިވާ ސަރަހައްދުން ފެށި އެ މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ކުރިއަށް ގޮސް މާފަންނު ލެކިއުޓް ފިހާރަ ކައިރިއަށް ނިންމާލިއިރު ގިނަ އަދަދެއްގެ އާއްމުން ވަނީ ބައިވެރިވެފަ އެވެ. ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ އިސްކޮށް ހުންނެވި އެ މުޒާހަރާގެ ބައިވެރިން ބޯޑުތަކާއި ބެނާތައް ހިފައިގެން ކުރި މުޒާހަރާގައި ގޮވާލަމުން ދިޔައީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކޮށް އެބޭފުޅުންގެ މައްސަލަތައް ބެލުމަށެވެ.
ކޮރަޕްޝަނާ ދެކޮޅަށް މިއަދު ބޭއްވި މުޒާހަރާގައި ޝުނާނާ ވާހަކަ ދައްކަވަނީ--
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް އެދި ޕެޓިޝަނެއްގައި ސޮއިކުރަން ވެސް މިއަދު ވަނީ ފަށައިފަ އެވެ. އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށާއި ރައީސް އޮފީހަށް ހުށަހަޅާނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ރިޕޯޓެއް (އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް) ގަބޫލެއް ނުކުރަން. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ބަޔަކު ތައްޔާރުކޮށްފައިއޮތް ރިޕޯޓެއް މި ރިޕޯޓަކީ،" ޝުނާނާ ވިދާޅުވި އެވެ.
"މި ގައުމުގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތަކެއް ނުބެލޭ. އޭސީސީ އެތިބީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ނުކުޅެދިފައި. އޭސީސީ މެމްބަރުން އިސްތިއުފާދީ. އެ މެމްބަރުން ހައްޔަރުކުރޭ."
އޭނާ ވިދާޅުވީ އެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށާއި އޭސީސީގެ ތަހުގީގީ ރިޕޯޓުން އެކަން ހިނގިގޮތް ސާފުނުވާ ކަމަށެވެ. އެއީ ފުރިހަމަ ވެފައިވާ ތަހުގީގީ ރިޕޯޓެއް ނޫން ކަމަށް ޝުނާނާ ވިދާޅުވި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް މިއަދު ބޭއްވި މުޒާހަރާ--
ޝުނާނާ ވިދާޅުވީ އެ މަސައްކަތްތަކުގައި އިތުރު ހަރަކާތްތަކެއް ވެސް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީ އިން ކޮށްފައިވާ ތަހުގީގީ ރިޕޯޓް އިއްޔެ ހާމަ ކޮށްފައިވާއިރު ރިޕޯޓުން އެނގޭ ގޮތުގައި ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަށް ވަނީ ވަރަށް ބޮޑު ހިޔާނާތެއް ވެފަ އެވެ. އެގޮތުން ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ.
ނަމަވެސް ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައި ވަނީ ކޮންކޮން ބޭނުންތަކެއްގައި ކިހިނެއް ކަމެއް އެ ރިޕޯޓަކުން ތަފްސީލީ ގޮތެއްގައެއް އެނގޭކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭޖީކުއްޖާ
16 February 2019
މިހުރިހާކަމެއް ވެނިމި، ތަހުގީގު ހިންގާނެ ގޮތަކައްހިންގާ ނިމުނުއިރުވެސް މިބޭފުޅާ ހުންނެވީ އޭޖީ އޮފީހުގަ ނޫންތޯ؟ އިސްތިއުފާ ދެއްވީ މާފަހުން ކޯޓު ކަންތައްގަނޑައްފަހު ނޫންތޯ؟ އިހްލާސްތެރިކަމާއި އެކު ޖަވާބް ދާރީ ވާން ވީނުން އެހުރިހާދުވަހު ހުރެ ކުރިކަން ކަން. އެހާލުގަ އޮންއިރުވެސް މަގުމައްޗައް މުޒާހަރާޔައްނުނުކުތީ ކީއްވެބާ؟ މިމީހުންގެ ހާލު، ގޮވެނީ ގުދޯ ގުދޯ. ދެންނުކުންނަ ރިޕޯޓު ގަމީނަގެ ނަން ނެތީޔާ ރަނގަޅު ދެން.
ނަޑެއްލާ
16 February 2019
ސުނާނާ އަދި ރޮހިންޖާ މުސްލިމުން ނަށް ރައްޔިތުންވި އެހީ އަށް ވީގޮތްވެސް ބަލަން ޖެހޭ ކަމަށް ދެކެން. ރައްޔިތުން އެވެރިންނަށް އެހީވުމަށް ދިން ހުރިހާ ފައިސާ ބަރާބަރަށް ހަމައަށް ލިބުނުތޯ ވެސް ސާފުކުރުމަށް ބަނގުލަދޭސް އެމްބަސީގައި އެދެންފެނޭ. ހުރިހާ ފައިސާ އެއް ހަވާލު ކުރިކަމާއި މެދު މަމެން ޝައްކު.
ދެކޭމީހާކިޔާމީހާ
16 February 2019
މިކަމުގެފުރިހަމަ ކޮންޓްރޯލް ރައީސް ނަންގަވައި، މިކަމުގައި އިހުމާލުވާކަމުގައި ޝައްކުކުރެވޭއެންމެން ސަސްޕެންޑުކޮށް، ނަންގަވާފައިވާ ކޮމެޓީގެތެރެއަށް އެދުވަސްވަރުގެ މަޤާމަށް ވިގޮތްނޭނގި ދުރުކުރެވުނު އޯޑިޓަރޖެނެރަލްއާއި، ހިލޭސާބަހަށް ޚިދުމަތްކޮށްދޭނެ، ދައުލަތަށް އިޚުލާޞްތެރި، ޤާބިލް އިތުރުމިހުންތަކެއް ތިތަޙުޤީޤު އިތުރަށްބެލުމަށްފަހު، ވަކިމީހަކަށް ނުވަތަ ބަޔަކަންނުބަލައި، ޒިންމާދާރުކަމާއިއެކު މައްސަލަނިންމުން ރަނގަޅުވާނެކަމުގައި ބެލެވެއެވެ.
އަހުމަދޭ
16 February 2019
މި ސުނާނޯ އަކީ ފޮނިއަރައިގެން ތެޅޭ އަންހެނެއް. އެގިދާނެތާ ވެއްޓި ޖެހޭތަނެއް.
އިންމަ
16 February 2019
އޭސީސީގެ ރިޕޯރޓަކީ ފުރިހަމަ ބުރަ މަސައްކަތެއް. މުޒާހަރާ ކުރެވިދާނެ. މުޒާހަރާކުރާ ކޮންމެ މީހަކީ ޕްރޮފިޝަނަލް ބަޔެއްނޫން. ޓެކްނިކަލް ކަންތަށްތަކަކީ ސިޔާސީ ކުރަންވާ ކަހަލަ ކަމެއްނޫން. ދެން ރ. ސޯލިހު , ރިޕޯރޓާއި އެއްގޮތަށް އަމަލްކޮށް ރިޕޯރޓްގައިވާ ގެއްލުނު ފައިސާ ހޯދާ , ޖުޑިޝަރީން އަދަބްދޭންވާ މީހުންނަށް ހުކުމް ކުރީމާ ނިމޭނެ.
އަޙުމަދު
17 February 2019
އިންމަ އަކީ ހާދައެއްޗެއް ނޭނގޭ މީހެކެވެ. އެ ރިޕޯރޓް ފުރިހަމަ ވަނީ ކޮންގޮތަކުންތޯއެވެ،؟ ރައިސް ސޯލިހު އެކަމުގައި ފިޔަވަޅު އަޅާކަށް ނުޖެހެއެވެ، އޭ ސީ .ސީ އަކީ މިނިވަން ކަމާއެކު މައްސަލަ ބަލ ތަހުޤީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ތަނެވެ، މިއަދާހަމައަށް އެކަންނުކޮށް އޮއްބައިގެން އޭ.ސީ ސީ އިން ތިބުމުގެސަބަބަުން ހުރިހާވެސް މައްސަލަ އަކީ، އަނެއްކޮޅުން ކުރީގެ އޮޑިޓަރ ޖެނެރަލް ދެއްވި އެތަށް މައުލޫމާތެއް ރިޕޯރޓުން މަދުކަމަށްވިދާލުވި. އެކަމަކުވެސް ފުރިހަމަދޯ ؟
ޛިކުރު
16 February 2019
ސުނާނާ މި ރިޕޯޓުގާ ނެތޭ ބުނެ ދައްކާ ބައެއ ޥާހަކަ މި ރިޕޯޓުގަ އެބަ ހުރި
ހަމި
16 February 2019
ނެތެންނު މިވެރިންނަކައް ރަނގަޅު ގޮތެއް
ދަތްނެތްކުއްޖާ
15 February 2019
ސުނާނާ ސާބަހޭ ތި ކުރައްވާ ހިތްވަރަށް. ރައްޔިތުންގެ ޙަޒާނާއިން ވައްކަން ކޮއްފައިވާ ފަރާތް ތައް އިންސާފުގެ ކުރިމައްޗަށް ޙާޟިރު ކޮއް އެވެރިން ނަށް ޙައްްުޤު ވާއަދަބު ނުލިބޭހާ ޙިނދަކު ތި ކުރަމުން ގެންދާ މުޒާހިރާ ނަމަނަމަ ހުއްޓާ ނުލާތި. ރައްޔިތުން މިފަހަރު މިތިބީ ސުނާނާ އާއި އެކު. ސަރުކާރުން މިކަމަށް ބީރު ކަންފަތެއް ދީފި ނަމަ ރައްޔިތުންގެ ދަރުބާރަށް މިވެރިން ޙާޟިރު ކޮއް ޖަވާބު ދާރީ ކުރުވަން ޖެހޭނެ ކަމަށް ދެކެން. ސުނާނާ ކުރިއަށް ބާރަށް ކުރިއަށް.
ޕަރީ
15 February 2019
އެ ލިސްޓްގަ ބައެއް މީހުންގެ ނަން ހާމަކޮށްފަ ހުރީ އެޑްރެސް ނުޖަހާ. އޭސީސީ މެމްބަރުންނަށް ކީއްވެ އެބައެ ރަނގަޅަ ހާމަ ނުކުރެވެންވީކީ. ކޮބާ ރުފިޔާ އެކައުންޓްތަށް. މި ޤައުމެއްވާ ނެތް.
ޢަޒީޒު
15 February 2019
ސުނާނާ ރިޕޯޓް ނުކިޔާ ކަމަށް ގަބޫލް ކުރެވޭ. ޢަދި ނިޔާޒް ވެސް. މިހާރު އިންތިޒާރު މި ކުރަނީ ޕޮލިހުން ބަލަމުންދާ އޭސީސީ މެންޑޭޓަށް ނުފެތޭ ބައި ޢާންމު ކުރާނެ އިރަކަށް ވަރަށް ވެދުން