އާޒިމް: ފައިސާ ޖަމާވި މައްސަލައިގައި އޭނާ ވަނީ ސަސްޕެންޑްކޮށްފައި.
18 ފެބުރުއަރީ 2019 - 12:18
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލޯންޑަ ކުރި އެސްއޯއެފްގެ އެކައުންޓުން، އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމަށް 50،000 ޑޮލަރު (771،000ރުފިޔާ) ޖަމާވި އިރު، އޭނާ އަކީ އެމްއެމްޕީއާރުސީއާ ގުޅޭ ހިޔާނާތުގައި އެމްޕީއެލް އިން ޑޮލަރު ގަތް މައްސަލަ ތަހުގީގުކުރަން އޭސީސީން އެކުލަވާލި ޓީމުގެ އިންވެސްޓިގޭޓަރެއް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ޚިޔާނާތާ ގުޅިގެން އޭސީސީން ކުރި ތަހުގީގުގެ ތަފްސީލް ރިޕޯޓް މިދިޔަ ހަފުތާގައި އާއްމުކުރި އިރު، ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު ފައިސާ އެސްއޯއެފުން ޖަމާކުރި 155 މީހުންގެ ލިސްޓު އާއްމުކުރި އެވެ. އޭގެތެރޭގައި އާޒިމްގެ ނަން ވެސް އޮތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، ރިޕޯޓް އޭސީސީން އާއްމުކުރުމާ އެކު އާޒިމް ވެސް ވަނީ މަގާމުން ސަސްޕެންޑްކޮށްފައި ކަމަށެވެ. އެއީ، ސަރުކާރުން ގެންގުޅޭ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން އެޅުއްވި ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
އައިއޭއެސްގެ އާ ބޯޑަށް އާޒިމް ލީ، އެއްވެސް ޕާޓީއެއްގެ ސްލޮޓެއްގައެއް ނޫނެވެ.
އޮޑިޓަ ޖެނެރަލަކަށް އިބްރާހިމް ނިޔާޒް ހުންނެވި އިރު ނެރުއްވި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން ފާހަގަކުރެއްވި މައްސަލަތައް، އޭސީސީން ތަހުގީގު ކުރެއްވުމުގައި އާޒިމް އުޅުއްވި އެވެ. އޭނާއާ ހަވާލުކުރީ، އެމްޕީއެލް އިން ޑޮލަރު ގަތް މައްސަލަ ތަހުގީގު ކުރާށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާއާ އެކު އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތް އޭސީސީން ތަހުގީގު ކުރަމުން ދަނިކޮށް، އާޒިމަށް އެސްއޯއެފުން ފައިސާ ޖަމާވި ކަން ފަޅާއެރީ އޭސީސީގެ ތަހުގީގު ޓީމުގެ އެހެން މެމްބަރުންތަކަކަށެވެ.
އެމްއެމްޕީއާރުސީއާ ގުޅޭ އެމްޕީއެލްގެ ޑޮލަރު ގަތް މައްސަލަ ތަހުގީގައި އާޒިމް ބައިވެރިކުރި ކަން އަދި ޑޮލަރުގެ މުއާމަލާތް ހިންގާފައިވާ ކަން ފަޅާއެރުމުން އޭނާ އަށް އިދާރީ ފިޔަވަޅު އެޅި ކަން އޭސީސީން ކަށަވަރުކޮށްދެ އެވެ.
އެމްއެމްޕީއާރުސީގެ ތަހުގީގުގައި އާޒިމް އުޅުއްވި ކަން އޭނާ ދޮގު ކުރައްވަ އެވެ.
އާޒިމް ގޮތުގައި، އޭސީސީގެ ތަހުގީގު ޓީމަށް ނެގުމުން، ތަހުގީގުގައި ބައިވެރިވާން އިންކާރު ކުރެއްވީ އަމިއްލަ އަށެވެ.
އޭނާ އަކީ ޑޮލަރުގެ މުއާމަލާތް ހިންގާ މީހެއް ކަން އޭސީސީގެ މެމްބަރުންގެ ސަމާލުކަމަށް ގެންނެވި ކަމަށާއި އެސްއޯއެފުން ޑޮލަރު ގަތް ކަން ވެސް އޭސީސީ އަށް އެންގެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަހުގީގު ޓީމުގައި އުޅެން އިންކާރު ކުރީ އަމިއްލަ އަށް. ޑޮލަރު ގަންނަ ވާހަކަ އެންގިން، އެސްއޯއެފުން ޑޮލަރު ގަތް ވާހަކަ ވެސް ބުނިން. އޭރު އެސްއޯއެފުން ވިއްކަނީ އެމްއެމްޕީއާރުސީގެ ޑޮލަރު ކަމެއް ނޭނގެ. އެކަމާ މެދު ސުވާލު އުފެދިގެން، އެސްއޯއެފުން ކިހިނެއް ހޯދާ ޑޮލަރު ކަމާ މެދު ސުވާލު އުފައްދައި އޭސީސީގެ މެމްބަރުންގެ ސަމާލުކަމަށް ވެސް ގެނައިން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ކަމެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ އެވެ. އޭނާއަކީ ކުރިން އަދި މިހާރު ވެސް ޑޮލަރުގެ މުއާމަލާތް ހިންގާ މީހެއް ކަމަށް ވިދާޅުވި އެވެ.
"އެންމެ އުފާވަނީ އެހެންވެ. އަޅުގަނޑު އެސްއޯއެފުން 50،000 ޑޮލަރު ގަނެފައި ހުއްޓާލީއެއް ނޫން. އޭރު ވެސް މިހާރު ވެސް އަޅުގަނޑަކީ އެ ވިޔަފާރީގައި އުޅޭ މީހެއް. އަޅުގަނޑުގެ އެކައުންޓް ސްޓޭޓްމަންޓުތަކުން އެކަން އެނގެން އޮންނާނެ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ފޭސްބުކްގައި ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުން މުދާ ގެންނަން ބޭނުންވާ އޭނާގެ ރަހުމަތްތެރި ވިޔަފާރިވެރިންނަށް ޑޮލަރު ހޯދައި ދިނުމަކީ އަބަދުވެސް އޭނާ ކުރައްވަމުން އަންނަ ކަމެކެވެ.
އެސްއޯއެފުން 50،000 ޑޮލަރު ގަތް ގޮތާއި އެ ފައިސާ އޭނާގެ އެކައުންޓްގެ ތެރެއިން ދައުރުވި ގޮތް ތަހުގީގީ އިދާރާތަކަށް ސާފުކޮށް އެނގެން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަފާތު އެކި ކުންފުނިތަކުން އަޅުގަނޑާއި އަޅުގަނޑު ހިއްސާވާ ކުންފުނީގެ އެކައުންޓަށް އަބަދުވެސް އެކި އަދަދުތަކުން އެމެރިކާ ޑޮލަރާއި އެއަށް ވާ ދިވެހި ފައިސާ ވަދެ ނުކުމެ ދައުރުވެފައި ވާނެ އެވެ. އަދި މި އުސޫލުން މިހާރު ވެސް އަޅުގަނޑާއި އަޅުގަނޑު ހިއްސާވާ ކުންފުނީގެ އެކައުންޓަށް ޑޮލަރާއި ދިވެހި ފައިސާގެ މުއާމަލާތްތައް ހިނގަމުން ދެ އެވެ،" އާޒިމް ވިދާޅުވި އެވެ.
"އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އަޅުގަނޑު ޑޮލަރު ގަނެފައި ވަނީ އެހެނިހެން ފަރާތްތަކުން ވެސް ޑޮލަރު ގަންނަ އުސޫލުންނެވެ. އަދި އެ އަދަދަށް ވާ ދިވެހި ރުފިޔާ އަޅުގަނޑު ވާނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އަދި މިކަން އެ ކުންފުނީގެ ހިސާބުތަކުން އެނގެން އޮންނާނެ ކަމަށް އަޅުގަނޑު ޔަގީންކުރަމެވެ."
އާޒިމްގެ އިތުރުން، އޭސީސީން އާއްމުކުރި ލިސްޓުގައި އެސްއޯއެފުން ފައިސާ ޖަމާވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު، މި ބޭފުޅުންނަކީ ހިޔާނާތުގެ ބައިވެރިން ކަމެއް ނުވަތަ މައުސޫމް މީހުން ކަމެއް ރިޕޯޓުގައި އޭސީސީން ސާފުކޮށްދީފައެއް ނުވެ އެވެ.
މި ބޭފުޅުން ޒިންމާ އިން ދުރުކުރެއްވީ، އެކަމާ މެދު އޭސީސީން ގޮތެއް ނިންމަން ދެނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
21 February 2019
ޑޮލަރު ގަނެ ޑޮލަރު ވިއްކަފާނެ ކޮންމެ މީހަކު ވެސް. އޭގެ މާނައަކީ އޭނާ އަކި ވަގެކޭނުން. ތިޔަ ރިޕޯޓުން ވަރަށް ގިނަ މީހުންގެ އަބުރު އެބަ ކަތިލެވޭ.
ނުރަބޯ
20 February 2019
ކޮބާހޭ ތި ރިޕޯޓްގެ އަނެއް ބައި. ކޭޝްކޮށް ފައިސާ ލިބުން މީހުންނާ، ދިވެހި އެސްއޯއެފްގެ ދިވެހި ރުފިޔާ އެކައުންޓްގެ ތެރެއިން ގޮސްފައިވާ މީހުންނާ. ރައްޔިތުން މަޖިލީހުގެ މިހާރުގެ %90 މެމްބަރުން މީގެތެރޭ ހިމެނޭނެކަން ޔަޤީން.
ފިކުރީ
20 February 2019
ކިތަންމެވަރަކަށް އަމިއްލަޔަށް މިކަން ފޮރުވަން ކޮމެންޓްކުރިޔަސް ތެޅޭވަރަކަށް ހުޅުނބު ދާނީ، ތިމީހަކު އަދީބު އަކާގުޅުން އޮއްކަން ދަންނަމީހުން ވަރށް ގިނަވާނެ މާލޭގަ، އަދިވެސް ކުށަށް އިއުތިރާފުވެ މާފަށް އެދެންވީ، ހައްގު އަދަބާ ފޭސްކޮށް ނުހައްގުން ލިބުނު އެއްޗެއްވެއްޖެއްޔާ ދައުލަތާ ހަވާލުކޮށްލަންވީ..އޭސީސީ234 ގެ ނަމުގަ ހުރި ކޮމެންޓަކީ ކަންދެނަހުރިމީހެއްކަން ކިޔާލުމުން އެބަދޭހަވޭ...
ޓިކްޓޮކް
20 February 2019
ބަލަ އެއެއް މިއެއް ނުބަލާ ކޮމެންޓް ކޮށް ހީހީ މިހަދަނީ އެއްޗެއް އެގިގެންބާ؟ ވިއްކާ އެއްޗިހި ގަތުމުން ކޮބާތަ މައްސަލަ އަކީ....ދިވެހި ރުފިޔާ ނުދީތަ ޑޮލަރު ގަތީ އެލިސްޓްގަ ތިބި މީހުން؟ ބެންކުންވެސް ލާރި ދީފަ ނޫންބާ ޑޮލަރު ގަންނަނީ...ހަމަ އެ އުސޫލުން ޑޮލަރު ގަނެ ވިއްކާ މީހުން އެލިސްޓުގަ ފަލީހަތް ކޮށްފަ އެއޮތީ...މަލާމާތް އެކަނި ދިވެހިންނަށް އިގެނީ ކުރަން.....އަދީބު މެން އެކި މީހުންނަށް ޑޮލަރު ދީފަ ވިއްކަން ފޮނުވީމަ ނޭގޭ މީހުން ގަންނާނެ ދޯ...
އަތީގު
20 February 2019
މީހަކު އެއްޗެއް ވިއްކާއިރަށް އެއެއް މިއެއް ނުބަލާ ގަންނާކަށް ނުޖެހޭނެ. ގަންނަމީހާވެސް ބަލަންޖެހޭ ވިއްކާމިހާ ހަލާލުގޮތުގައި ހޯދިއެއްޗެއްތޯ. އެހެން ނޫނަސް ޑޮލަރުގެ ވިޔަފާރިއޭ ކިޔައިގެން އުޅޭއިރު އެއީ ވަކި ލައިސަންސެއް ނަގައިގެންނޫނީ ނުކުރެވޭނެކަމެއް. އަދި ތިވަޒީފާގެ ގޮތުންވެސް އިތުރު ވަޒީފާއެއް އަދާ ނުކުރެވޭގޮތަށް އިތުރު އެލަވަންސް ދީފައި ހުރި މީހެއް ތިއީ. އަދި އެބައިމީހުންގެ ކިބައިން މަންފާއެއް ހޯދައިގެން ހުރެ މައްސަލަބަލަން ދިޔުމީ މައްސަލައެއް
ދޮންފައުނު
19 February 2019
ސީދާ މައުސޫމް އެތައް ބައެއްގެ އަބުރު ކަތިލައިފި. ތަހުޤީޤީ ރިޕޯޓެއް ނޫން ތިޔައީކީ. ރަނގަޅަށް ތަހުޤީޤު ކުރި ނަމަ ތި ލިސްޓްގައި ތިބި ކިތަންމެ ބަޔަކު އުނި ކުރަން ޖެހުނީސް.
ދޮންބީފާނު
19 February 2019
ނެތް ކިތަންމެ ބަޔަކު ހިމެނެންވެސް ޖެހުނީސް.
އަޙުމަދު.
19 February 2019
ބައެއް ކޮމެންޓްތަކަށް ބަލާއިރު ވަރަށް ބޮޑަށް ލަފާކުރެވޭ، ކޮމެންޓްތަށް ޕޯސްޓް ކޮށްފައިވަނީ އާޒިމްގެ ފަރާތުން ފީޑްބެކް ދީގެންކަމަށް، މިކަމުގައި އާޒިމަކީ ވަރަށްއިހުލާސްތެރި ތެދުވެރިއެއް ކަމަށްދެއްކުން، އިހުލާސްތެރިކަން ބޮޑުވީމަތާ މަސައްކަތެއްގެ ގޮތުގައި ރާއްޖޭގެ ކުންފުނިތަކަށް ޑޮޅަރު ހޯދަދޭން އެހާބޮޑަށް މަސައްކަތްކުރަނީ، ދެން އޮތީމިވަރުގެ މަސައްކަތެއް ކުރާއިރު ޑޮލަރުގަނެވިއްކުމުގެ ލައިސަންސް އޮތްތޯ ބަލާލުމެވެ، ނެތްނަމަ ތިބޭފުޅުން އިންސާފުކުރައްވާ.
ހަކީމް
19 February 2019
" އޭނާ ފޭސްބުކްގައި ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުން މުދާ ގެންނަން ބޭނުންވާ އޭނާގެ ރަހުމަތްތެރި ވިޔަފާރިވެރިންނަށް ޑޮލަރު ހޯދައި ދިނުމަކީ އަބަދުވެސް އޭނާ ކުރައްވަމުން އަންނަ ކަމެކެވެ. " ..... މިވަރުގެ މީހަކު ތަނެއް ދޮރެއް ނުބަލާ އަދި އެއްވެސް ޕާޓީ އެއްގެ ސުލޮޓެއްގައި ނޫން ގޮތަކަށް މަގާމު މިދެނީ ކީއްވެތޯ.
ކިނބޫ
19 February 2019
އަންޒަމާނުއްސުރެ ބަޣާވާތް ކުރަމުންދާ ބާޣީން އަޑު ހަރުކޮށް އެހެން މީހުންނަށް ބާޣީއޭ ގޮވިޔަސް ހަގީގަތެއް ބަދަލެއް ނުވާނެ.. މިކަންއެސް ވެގެން މިއުޅެނީ ހަމަ އެހެން. ޕާޓީ އެއްގެ ސުލޮޓެއްގައި ނޫން ގޮތަކަށް ވިޔަސް އެހެން ގޮތަކަށް ވިޔަސް މި ސަރުކާރުގެ މަގާމުތަކުގަ ނުތިބޭނެ އެ ނޫން ބަޔަކު. ރިޕޯޓް ނެރުނީމަ ބޮޑުމީހާ އެހާ ރުޅި އައީވެސް އެހެންވެ. ޔާމީން ޖަލަށް ލާފަ އެހިސާބުން ނިންމާލަން ބޭނުންވީ. އެހެން ހުއްޓާ ތިޕޯޓް ނެރުނީމަ ރުޅި ފަޅައިގެން ދިޔައީ.
އަލީ ބާބާ އެން ދި ފޯޓީ ތީވްސް
19 February 2019
މިވެރިންގެ ނެތެއްނު ލަދެއް ހަޔާތެއް! ދިވެހިން މިހާރު ހަދަންވީ ގޮތަކީ ވަގުންނަށް ގައުމުދީފައި އެހެން ކޮންމެވެސް ގައުމަކަށް ހިޖުރަކުރަންވީ! މިކަންކަން އިސްލާހެއް ނުވާނެ! ނުވެސް ކުރެވޭނެ!
ނަޖްވާ
19 February 2019
ކިރިޔާވެސް ޑޮލަރު ކޮޅެއް އަތަށް އަރައިފިއްޔާ، ބްލެކް މާރުކޭޓުގައި ޑޮލަރު ނުވިއްކާ މީހަކު ހިއެއް ނުވޭ އުޅޭ ހެނެއް!
އަނީސް
19 February 2019
އަޅުގަޑު ނުވިއްކަން. ވިއްކޭނެގޮތްވެސް އެބަހުރި. އެކަމަކު އެއީ ރަގަޅު ކަމެއްކަމަށް ޤަބޫލެއްނުކުރަން
ހާޅޭ
18 February 2019
ބަލަގަ މި މީހުންގެ އެކައުންޓް ތަކުން ކޮށްފަ ހުރި ޓްރާންސެކްޝަން ތަކުން މިކަން ވެރިފައި ކުރެވޭނެ. މި މީހުން ދިން ލާރި ތަށް ވަނީ ކޮން އެކައުންޓަށް ކަމާއި، ނަގުދު ފައިސާ ވަން ދިމަ ދިމާ ނުހޯދައި އޭސީސީ އިން ހާސަރު ތަކެއް ދެމިޔަސް ކަމަކު ނުދާނެ. އެސް އޯއެފް ގެ ދިވެހި އެކައުންޓް ގެ ޓްރާންސެކްޝަން ލުތުފީ، މުއައްވިޒު އާ ހަމައަށް ދާނެ ކަމީ ކަށަވަރު ކަމެއް. ނިކަން ކެރެންޏާ ހާމަ ކޮށް ބަލަ. މި ދެމީހުން އެކަހެރި ކޮށްފަ މިނިވަން ތަހުގީގެއް ނިކަން ހިންގަބަލަ.
ދދދދދ
19 February 2019
ތަހުގީގު ކުރަނީ އެ ދެ މީހުންނެއް ނޫން.