ނިޒާރު: އޭނާ ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީން ބަލިވީ ވޯޓުގައި މައްސަލަތަކެއް ހުރުމުން. --ފޮޓޯ/މިހާރު
04 މާޗް 2019 - 12:24
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީ ނާކާމިޔާބުވެވަޑައިގަތް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު އަމިއްލަ ގޮތުން ނިލަންދޫ ދާއިރާ އަށް ވާދަކުރެއްވުމުގެ ވިސްނުން ދޫކޮށްލައްވައިފި އެވެ.
ނިޒާރު ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީ އޭނާ އަށް ގެއްލުނީ، ވޯޓު އޮޅުވާލުމުންނެވެ. އެ މައްސަލަ ބަލައިދޭން ނިޒާރު ހުށަހެޅުއްވި އެވެ. އެކަމަކު އެމްޑީޕީގެ ނިންމުމަކަށްވީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމެވެ.
ނިޒާރާ ވާދަ ކުރައްވައި ޓިކެޓް ކަށަވަރު ކުރެއްވީ އިބްރާހިމް ނާޒިލް އެވެ.
އެހެންވެ، ނިޒާރު ވިސްނުން ގެންގުޅުއްވީ އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކު ވާދަނުކުރި، ނިލަންދޫ ދާއިރާ އަށް ކުރިމަތިލައްވާށެވެ.
"ދާއިރާގެ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން އެ ވިސްނުމުގައި އަޅުގަނޑު މަޝްވަރާ ވެސް ކުރިން. އެކަމަކު، ރިޔާސީ އިންތިޚާބުގައި އެ ދާއިރާގެ ވޯޓުގެ ނަތީޖާ ބުރަވެފައި އޮތް ގޮތާއި ލިބުނު މަޝްވަރާ އަށް ބަލައި މިހާރު އަޅުގަނޑުގެ ވާދަ ނުކުރަން ނިންމައިފިން،" ނިޒާރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވިސްނުމަކީ އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަކުރާ އެއްވެސް ދާއިރާ އަކަށް ކުރިމަތި ނުލުން. އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދޭން، ކެމްޕޭންގައި ވެސް އުޅޭނަން."
ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މެޖޯރިޓީ ލިބުނު ދެ އަތޮޅުގެ ތެރޭގައި ނިލަންދޫ ދާއިރާ ހިމެނެ އެވެ. މަޖިލީހުގެ 87 ދާއިރާ އަށް ވާދަކުރަން ނިންމައި، ކެންޑިޑޭޓަކު ނުނެރޭ ހަމައެކަނި ދާއިރާ އަކީ ނިލަންދޫ ދާއިރާ އެވެ.
ޕީޕީއެމުން އެ ދާއިރާ އަށް ވާދަކުރައްވަނީ މިހާރުގެ މެމްބަރު އަބްދުﷲ ޚަލީލާއި އޭނާގެ ބޮޑުބޭބެ، އަބްދުލްމުހްސިން ހަމީދު (ޖޭފޯ) އެވެ. އަދާލަތު ޕާޓީން ވާދަކުރައްވަނީ މުއްސަބު މުހައްމަދެވެ. އެންމެ ފަހުން ބޭއްވި މަޖިލީސް އިންތިޚާބުގައި ވެސް ވާދަވެރިކަން ބޮޑުވި އެ ދާއިރާގެ ގޮނޑި ޚަލީލް ކާމިޔާބު ކުރެއްވީ ޖޭފޯގެ މައްޗަށް އެންމެ ވޯޓަކުން ކުރި ހޯއްދަވައިގެންނެވެ.
އެމްޑީޕީގެ ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރަން ޕާޓީން ބޭނުން ނުވި ނަމަވަސް ބައެއް މީހުން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެ އެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވަނީ ހެންވޭރު ދެކުނު ދާއިރާ އަށް ކުރިމަތިލައްވަން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފަ އެވެ.
އިންތިޚާބުގައި ވާދަކުރަން ހުށަހެޅުމުގ ފުރުސަތު މިއަދުގެ ނިޔަލަށް ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަނުން އޮތީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކީނާ
04 March 2019
ފަހުލަވާނެއް!
ހާސަރު
04 March 2019
ނިޒާރު ތީ ހަގީގީ އެމްޑީޕީ މީހެއް. ނިޒާރުގެ ސިޔާސީ މުސްތަގްބަލް ފެންނަނީ އުޖާލާ ކޮށް . ޒިންމާދާރު ސިޔާސީ މަގާމެއް ނިޒާރަށް ހައްގު.
ޢަދާލތު
04 March 2019
ބަަލަގަ އެމްޑީޕީ އަކުން ނުނިންމާ އަދާލަތު ގެ ކެންޑިޑޭޓަށް ތާއީދު ކުރާކަށް.
ސައި
04 March 2019
ގުޅިގެން ސަރުކާރު ކޯލިސަނުން ނިލަންދޫ ދާއިރާއަށް ވެއްޖެ ދޯ މީހަކު ނެރެން ތިހާ ފިނޑިވެގެން ކަމަކު ނުދާނެ އަވަހަށް މަސްވާކޮއްގެން ނިލަންދޫ ދާއިރާއަށް ކޯލިސަނުން މީހަކު ނެރޭ
ރާއިޒް
04 March 2019
ކަމެއް ކުރަންޏާ ޕާޓީއަށް 01 އަހަރު ނޫނީ 100 ދުވަސް ނުވާ މީހުންނަށް ޕްރައިމަރީގައި ވޯޓު ނުލެވޭ ގޮތް ހަދަަން ޖެހޭ. ނިޒާރު އަށް ލަނޑު ލިބުނީ ޕްރައިމެރީގައި ވޯޓުދޭން ޕީޕީއެމްއިން އެމްޑީޕީއާއި ގުޅުނު މީހުންގެ ސަބަބުން. އަމިއްލަ ގޮތުން ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރިޔަސް ނިޒާރު ހޮވޭނެކަން ޔަޤީން
ހަކީމް
04 March 2019
ވ.ރަނގަޅު ހިޔާލެއް ... 6 މަސް ރަނގަޅީ ...
އަލީބަލީ
04 March 2019
ނިލަންދޫ ދާއިރާގެ އަދާލަތު ކެނޑިޑޭޓަށް ތާއީދު ކުރުމަށް އެމްޑީޕީންވަނީ ނިންމާފަ. އެހެންވީމާ ނިޒާމު ވެސް ރަގަޅުވާނީ އަދާލަތުން ނެރެފަހުރި ކެނޑިޑޭޓަށް ތާއީދުކުރުން.
ބޮލި މުލައް
04 March 2019
އަނގަ ބަންދުވާވަރުގެ ބޮޑުއެއްޗެއް ކަނޑާލީ ދެއްތޯ؟
ޗެލްސީ
04 March 2019
މިއީ އެމް.ޑީ.ޕީ އާއި އެހެން ޕާޓީތަކުގެ ތަފަަތަކީ.. 280 މީހުން ވާދަކުރި ޕުރައިމަރީ އަކުން ފެއިލްވި ޖާބިރަކާ, ރުކުމަލެއް އެހެން ވާދަކުރިޔަސް