އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބާވަތެއް: ރާއްޖެ އަށް މިދިޔަ ހޯމަ ދުވަހު މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގެ ތުހުމަތަށް ފުލުހުންގެ މަދަނީ މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައި.
06 މާޗް 2019 - 22:59
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގެ ތުހުމަތަށް، ފުލުހުންގެ މަދަނީ މުވައްޒަފަކު މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށް އޭނާ ފުލުހުންގެ އިދާރާގެ މަސައްކަތްތަކުން ސަސްޕެންޑުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ އެ މީހާ ހައްޔަރުކުރީ، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގައި ހައްޔަރުކުރީ، ހޯމަ ދުވަހުގެ ހެނދުނު 8:15 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ސްރީ ލަންކަން އެއާލައިންސުން އައި ފުލުހުންގެ ސިވިލް މުވައްޒަފެކެވެ.
އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެވެ އެވެ. ފުލުހުންގެ ތެރޭގައި ސިވިލް މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް އެއީ ފުލުހުންގެ މަގާމުގެ ހުވާކޮށް އަދި ފުލުހުންގެ ޔުނިފޯމް އަޅާ ބައެއް ނޫނެވެ. އެކަމަކު، އެ މީހުންގެ މައްޗަށް ވެސް ފުލުހުން އަޚުލާގީ މިންގަނޑުތަކާއި އުސޫލުތައް ހިނގާނެ އެވެ.
ފުލުހުން ބުނީ، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ހޯމަ ދުވަހު ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ފުލުހުން ބުނިގޮތުގައި، އުމުރުން 29 އަހަރާއި 30 އަހަރުގެ ދެ ދިވެއްސަކާއި 26 އަހަރުގެ ބިދޭސީ އެކެވެ.
މީގެ ތެރެއިން، އުމުރުން 29 އަހަރާއި 30 އަހަރުގެ ދެ ދިވެހިން ތަހުގީގަށް ހަތް ދުވަސް ވަންދެން ބަންދުގައި ބައިތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބިދޭސީ މީހާ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ 15 ދުވަހެވެ.
ފުލުހުން ބުނީ، ހޯމަ ދުވަހުގެ ހެނދުނު ރާއްޖެ އައި އުމުރުން 29 އަހަރުގެ ދިވެއްސަކު ގެނައި ފޮށިގަނޑެއް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވުނު ކަމަށެވެ. އެހެންވެ، އެ ފޮށިގަނޑު އިތުރަށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މައްސަލައިގައި އިތުރު ދިވެއްސަކު ހިމެނޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހަމަ އެ ދުވަހު ހިންގި އިތުރު އޮޕަރޭޝަނެއްގައި އުމުރުން 30 އަހަރުގެ އެހެން ދިވެއްސަކު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ ކަމަށް ފުލުހުން ބުންޏެވެ.
ބިދޭސީ މީހާ އަތުލައިގަތީ ވެސް ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްފަ އެވެ.
އެ ދުވަހުގެ ހަވީރު 5:25 ހާއިރު ރާއްޖެ އިން ބޭރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި މަތިންދާބޯޓަކުން އައި އެ ބިދޭސީ މީހާ ހައްޔަރުކުރީ، އޭނާގެ ލަގެޖް ކަސްޓަމްސް އިން ސްކޭން ކުރިއިރު، މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދެ ފުޅިއެއް ފެނުމުން ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަވައްޓެރިއެއް
07 March 2019
މާފަންނު ބޮޑިބަތް ޕާކް ކައިރީގައި އިންނަ ގޯޅިގަނޑެއް ތެރޭގައިވެސް ޅަކުޑަކުދިން ލައްވާ މަސްތުވާތަކެތި ވިއްކާ ބޮޑު އައްޑާއެއް ހިންގާތަން ކައިރީގައި ދިރިއުޅޭ އެންމެންނަށް ފެންނަ އިރުވެސް ޕޮލިހުންނަށް ރޭކާނުލާތޯ؟
ހާރޫން ގއ ވިލިގިލި
07 March 2019
މިސަރުކާރު އައި ފަހުން މަސްތުވާތަކެތި ކިލޯ ކިލޯއިން މިއެތެރެކުރަނީ އެކަން ހުއްޓުވަން ތިބި މީހުން ދޯ؟ ގުޅިގެން މެކުހަށް
ދެރަވ
07 March 2019
ތިޔަބިދޭސީމާހާވެސް 7 ދުވަހަށް ބަންދަށް. ދެން އޭގެފަހުން އޭނާ ރަށުތެރެއަށް ދޫވާނެ. އެހެންގައުމުތަކުގައި މަސްތުވާތަކެތި އެތެރެކުރުމުން ޖަލުން ދެން ނުނިކުމެވޭނެ. މިއީވާ ގައުމެއް. އެމީހުންގެ ނަން ގައުމު ހާމަކުރުމަކީ ގައުމުގެ ބޮޑު ސިއްރު.
ފުލުހުން
07 March 2019
ފުލުހުންނަކީ އަބަދުވެސް މެޑެލް ޖަހަން އަވަސްވެ ގަންނަ ބައެއް. އެހެން ނުހައްދަވާ
ހީލާ
07 March 2019
ސިފާއިންގެ ބޭފުޅެއްތަ ތިޔައީ؟ ވަރަށް ވައްތަރު
އަޙުމަދު.
07 March 2019
ފުލުންނާ ސިފައިންނާ ކަސްޓަމް ގުޅިގެން މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކޮށްދިނުމަކީ ވަރަށް އާދޭހައިއެކު އެދޭ އެދުމެއް. އެތަކެތި ރާއްޖެ ވަންނަ ހުރިހާ ގޭޓްތަކުން ބަލާ ފާސްކުރުން ވަރުގަދަ ކުރަންވީ. މިކަންވާނެ، ބޭނުމީ ތެދުވެރިކަން. ޤާނޫނު އޭގެ ފުރިހަމަގޮތުގައި ހިންގުން، މޫނަކަށް ކަނޑުރާއަކަށް ބާލަނެ ކަމެއްނެއް. ޚާއްސަ އޮޕަރޭޝަންތަކަށް ރާއްޖެތެރޭގެ ރަށްރަށަށްވެސް ކުއްތާ ގެންދަންވި.ބައެއް ރަށްރަށުގަވެސް މިކަންވަނީ އިންތިހާ އަށް ބޮޑުވެފައި.
ގައުމީ ލޯބީގާ
07 March 2019
ސައްކުތަ ކުރީ ޔަގީން ވީއްވެ ނުކުރީ .ސައްކު ނުކޮއް ޔަގީން ކޮއްބަލަ .ކީއްވެހޭ ސައްކު ތިކުރަނީ .
ވާވާ ފުލުހުން
07 March 2019
ވާވާ ފުލުހުން، ވަރަށް ރީތި. ކަސްޓަމްސްއިން ހުރިހާ ކަމެއް ކުރީމާ މެޑަލް ޖަހާލަން އަވަހެންނު. އެއަރޕޯޓުން އަތުލައިގެން ދެ މީހުން ހޯދުމުގައި ފުލުހުންގެ އެއްވެސް ދައުރެއް ނެތްކަން އިނގޭނެ ފުލުހުންނާއި ކަސްޓަމްސްގެ ހުރިހާ އެންމެނަށް.
ރާއްޖެމީހާ
07 March 2019
ކޮމެންޓް ކުރުމުގެ ކުރިން އާޓިކަލް ކިޔާލިނަމަ!
ބޭރުމީހާ
07 March 2019
މިއީ ހަމަ ވަރަށް ރަގަޅު ވާހަކައެއް.
ނޫސް ބަލާމީހާ
07 March 2019
ދެން ތިޔަ އަތުލާ ތަކެތި ދެންވަނީ ކިހިނެއް. ކިހާދުވަހަކު ރައްކާ ކޮށްފައި ބަހައްޓަނީ. ނައްތާލާކަން ނޫސްތަކުން ހާމަވާވަރަކާ އަތުލާވަރާ ކަބަރު ކިޔާއިރު ނައްތާ ނުލަބަޔަށް ގިނަވެފައި ހުންނަނީ. މިކަންވެސް ޙާމަކަން ބޮޑުކޮށް ހާމަކޮޑެއްވަބަލާ.
އަހަންމަ
07 March 2019
ދިވެހިރާއްޖެއިން މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރާމީހުންގެ ވަނަވަރު ހާމަނުކުރަނީ ކީއްވެބާއޭ ހިތަށްއަރާ؟؟
ނާކިޒު
07 March 2019
އަހަރުން ފަކީރުމެން ވަޒީފާއަކަށް އެޕްލައިކުރަންވީމާ 10 12 ތަނުން ކުށުގެ ރެކޯޑު ސާފުކޮއްގެން ނޫނީ ނުލެވޭ. މޮޅެއްނުން