ގަލޮޅުގެ ގެއަކުން ފުލުހުން ހޯދި މަސްތުވާތަކެތި.-- ފޮޓޯ: ޕޮލިސް
08 މާޗް 2019 - 19:30
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެ އިން 17 ދިވެއްސަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަލޮޅުގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތު އިންޓެލިޖެންސް މައުލޫމާތު ލިބިގެން، އެ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި ދަޅާއި 10 ސެލޯފިން ކޮޅާއި 164 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އުމުރު އުޅެނީ 18 އަހަރާއި 41 އަހަރާ ދެމެދުގަ އެވެ. މި މައްސަލައިގައި ހައްޔަރުކުރީ މުޅިން ވެސް ފިރިހެނުންނެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ ހޮނިހިރު ދުވަހު ވެސް މާލެެއިން 21 މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އެކަމަކު، އެ މީހުންގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭގެ ތެރެއިން ފަސް މީހަކު ވަނީ ދޫކޮށްލައިފަ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ކޯޓަށް ހާޒިރުނުކޮށް ކުޑަކުއްޖާ ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޅުއްދުއްފުށީ މޭން
09 March 2019
މާލެ ކަހަލަ ކުޑަ ތަނެއްގަ ކުޑަ ދުވަސްކޮޅަކު ސްޓިންގް އޮޕަރޭޝަންތަށް ޖައްސަން ފަށާއިރަށް މަސްތުވާތަކެތި ވިއްކާނެ މީހުނެއް ނުތިބޭނެ ، ހިޔެއްނުވޭ އަދި އެއްވެސް ސަރުކާރަކުން މަސްތުވާތަކެތި ހުއްޓުވަން އުޅުންހެނެއް ، ކޮންމެފަހަރަކުވެސް ސަރުކާރު ބަދަލުވާ އިރަށް މަސްތުވާތަކެތި ވިއްކާ މީހުން ހައްޔަރު ކުރަން ފަށާނެ އެކަމަކު އެ ބޯން ބޭނުންވާ މީހުންނަށް ލިބޭނެ ، ވިއްކުމުގެ "ހުއްދަ" އޮންނަ މީހުން ކަންނޭގެ ބަދަލުވަނީ.
އެންދެރި
08 March 2019
ކެމްޕޭން އަށް ޕާޓޭން ކޮޅެއް ހޯދަނީއެވެ. ވަކި ކަމަކަށް އެއްބަސްވީމަ ދޫކޮށްލަފާނެއެވެ.
ތެދި
08 March 2019
މި އެންމެން ދޫނުުރާތި
ހާސަރު
08 March 2019
އަގޯރާ އެކްސްޕްރެސް ކުރިމަތީ ހުންނަ ޑްރަގު ވިއްކާގެ ރޭޑްކޮށްލަދީބަލަ.
ފާރަގެމަ
08 March 2019
ފޮޓޯ ޖަހާބަލަ
ސަނގަލާ
08 March 2019
މާދަމާތީގެތެރެއިންއެއްބައި ދޫކޮއްލާނެ މީފަހެމީހުންނައްދައްކަންކުރާކަމެއްތަ
ފެކްޓްސް
08 March 2019
ހުސް ހައްޔަރު ކުރާ ވާހަކަ އަޑު މިއިވެނީ. މިނޫން އެހެންވަރެއް ނުވޭ! ހިފާ މީހުންނަށް ވާގޮތެއް ނޭނގޭ. ހޯދާ އެއްޗިއްސައް ވާގޮތެއް ނެނގޭ. ދުވަހަކުވެސް ތިބައިގަނޑު މަދެއްނުވޭ. ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތައްވެސް ތިއައްވުރެ ހަރުދަނާވާކަށް ނުވޭތަ! އިސްލާމް ދީނުގައި ތިކަންކަމަށް ކަނޑަ އަޅާފައިވާ އުޤޫބާތް ދީގެން ނޫންގޮތަކަށް ތިކަންކަމަށް ހައްލެއް ނެތްކަން ވިސްނޭނީ ފަހެ ކޮން ދުވަހަކުންތަ؟ ހަމަ ވިސްނާ ފިކުރު ނުކުރަނީތާ!
ބަބުރުލް ސަލީމް
08 March 2019
ހައްޔަރުކުރާނެ ދޫކޮށްލާނެ. ދޫކޮށްލާނެ ހައްޔަރުކުރާނެ. މީ އަހަރެމެން ކުޑައިރުކިޔަވާ ވޯޓަސައިކަލް ބާވަތުގެ ކަމެއް.
ކޫލީ
08 March 2019
ނިމިދިޔަ 5 އަހަރުވެސް މިވެރިން މިކަމުގައި އުޅޭނެތާ.. މިހާރު މިއަތުލާވަރަށް ބައިގަނޑު ގަޑަށް އެ 5 އަހަރު މިކަންނުވީ ކީއްވެބާއޭ ހިތަށް މިއަރަނީ. ސާބަހޭ ދިވެހި ފުލުހުން.
ވިލްސް
08 March 2019
ދެރައީ މާދަމާ ދޫކޮަށްލާނެތީ. އަނެއްކާ އަނެއްދުވަހު ވެސް ހައްޔަރު ކޮށްފަ ބުނާނެ އޭ މިއީ ކުރިންވެސް އެވެނި މިވެނި ކުށުގެ ރެކޯރޑް އޮތް މީހެކޭ.