ހުޅުމާލެ. ހުޅުމާލޭގައި އުޅަނދުތަކަށް ރަޖިސްޓްރީ ކުރެވޭނީ ފްލެޓާއި ރޯހައުސާއި ބިންތަކުގެ ވެރިންނަށް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
11 މާޗް 2019 - 21:13
ހުޅުމާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ރަޖިސްޓްރީ ކުރެވޭނީ ފްލެޓުތަކާއި ރޯހައުސް ނުވަތަ ބިންތަކުގެ ވެރިފަރާތަށް އެކަނި ކަމަށް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ އަށް އެއްގަމު އުޅަނދު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލްގެ ދަށުން ގަރާޖް ނެތް ތަންތަނަށް ދެމުން ގެންދިޔަ ހުއްދަ މަޑުޖައްސާލުމަށް ފަހު އެ އުސޫލް މުރާޖާކޮށްފައިވާ ކަމަށެވެ.
އުސޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހުޅުމާލޭގެ ގޯތި، ރޯ ހައުސް އަދި ފްލެޓަކަށް އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ އެތަނެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ ނުވަތަ ބައްޕަގެ ނަން މަތީގައި އެކަނި ކަމަށް ވެސް އެޗްޑީސީގެ އިއުލާންގައިވެ އެވެ.
ހުޅުމާލޭގެ ގޯތި، ފްލެޓް އަދި ރޯހައުސްތަކަށް ގެންނަ އުޅަނދު ހުޅުމާލެ އަށް އެތެރެކޮށް ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާންގައިވެ އެވެ. އެޗްޑީސީން ބުނި ގޮތުގައި ހުއްދަ އަށް އެދެން ބޭނުން ނަމަ، ޕޯޓަލް މެދުވެރިކޮށް ފޯމެއް ފުރަން ޖެހެ އެވެ.
އެޗްޑީސީން ބުނީ އަންނަ ބުދަ ދުވަހުން ފެށިގެން ހުއްދަ އަށް އެދި ހުށަހެޅޭނެ ކަމަށެވެ.
ގަރާޖު ނެތި ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީކުރަން އެޗްޑީސީން ދޫކުރަމުން އައި ޕާކްކުރުމުގެ ހުއްދަ ވަގުތީ ގޮތުން މަޑުޖައްސާލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ހުޅުމާލޭގައި އުޅޭ މީހުންނަށް މީގެ ކުރިން އެޗުޑީސީން އެ ހުއްދަ ދޫކުރަނީ އުޅަނދު ގެންނަ މީހުންގެ ގަރާޖެއް ނެތަސް ހުޅުމާލޭގެ ކޮންމެވެސް ތަނެއްގައި ޕާކްކުރެވޭ ގޮތަށެވެ. ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދެނީ ގަރާޖެއް ހުރި ނަމަ އެވެ. އެކަމަކު ހުޅުމާލެ ކަހަލަ ޕާކިން ޒޯން ބޮޑު ތަނެއްގައި ޕާކްކުރަން ވަކި ސަރަހައްދެއް ކަނޑައެޅުމުން އެއަށް ބަލައިގެން އުޅަނދުތައް ރަޖިސްޓްރީކޮށްދެ އެވެ.
ހުޅުމާލޭ ޕާކިން ޖާގަތައް ހުސްވީ ސިނަމާލެ ބްރިޖް ހުޅުވުމާ އެކު ހުޅުމާލޭގައި ރަޖިސްޓްރީކުރަން އެތެރެކުރި އުޅަނދުތައް ގިނަވެގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރާ
12 March 2019
ކީއްކުރަން މަޑު ޖައްސަނީ؟ ސިންގަޕޫރުގަ ގެންގުޅޭ އުސޫލު ގެންގުޅެބަލަ. އޭރުން ރަގަޅުވާނެ. އޭގެ ކުރިން ތި ޕަބުލިކު ޓްރާންސްޕޯޓު ރަގަޅުކޮށްބަލަ! ބަސްގަނޑު އަންނަ ނާންނަ ގަޑިވެސް ނޭގޭ. އަންތަރީސް!
ހަސަން ލަތީފް
12 March 2019
މާލޭ ،ހުޅުމާލޭ ކޮންމެ ގެޔަކަށް 1 ޖާގަ ދީފަ ، ވިޔަފާރި ބޭނުމަށް ބޭނުންކުރާ ވެހިކަލްތަކަށް ފުރުސަތު ދިނީމާ އޭ ޒޯން އޮންނާނީ ރަނގަޅަށް. ދެން ދާނީ ވެހިކަލްތަށް މަދުވަމުން.
ދޮންއަލިފުޅު
12 March 2019
ގޭގެ ވެރިފަރާތައް ރަޖިސްޓްރީ ކުރެވޭގޮތް ހަދަނީ ހަތަރު ފުރޮޅުލީ ވެހިކަލް ކޮންޓްރޯލް ކުރުމަށް. ސައިކަލް ކޮންމެ ފަރާތަކަށްވެސް ރަޖިސްޓްރީ ކުރެވޭ. ރަނގަޅު ނިންމުމެއް.
އަހްމަދު
12 March 2019
ރަނގަޅު ނިންމުމެއް. އަދި ގަރާޖެއްނެތް ގެތަކުގެ މީހުންނަށް ރަޖިސްޓްރީކޮށް ނުދޭގޮތަށް ހަމަޖެއްސިނަމަ އިތުރަށް ފުރިހަމަވީސް.
ބޮޑު ބަންޑާރަ
12 March 2019
މީ ވަަރަށް މަޖާ ހިނިއަންނަ ނިންމުމެއް. ކާންވާނީ ކެވޭވަރުގެ މީހުންނަށް
ޝާއިރާ
12 March 2019
ފްލެޓެއް ނޫނީ ގެއެއްގެ ވެރި މީހާއަށް އެކަނި ރަޖިސްޓްރީ ކުރެވޭގޮތް ހެދީމަ، އެމީހާގެ ކާރު ބާއްވަނީ އެބުނާ ފުލެޓު ތެރޭގައި ތަ؟ ނޫނީ ގޭތެރޭގައިތަ؟ ބޭއިންސާފު ވަރަށް ބޭއިންސާފު
ޙަމަ
12 March 2019
ފްލެޓްގެ ވެރިފަރާތައްވެސްމަގުމަތީގައި ޕާކުކުރުމުގެހުއްދަ ލިބިގެންނުވާނެ..ހުރިހާމީހުންނަށް ހަމަހަމަ ކަން އޮންނަންޖެހޭނެ...އެޗް.ޑީ.ސީ ގެ ތި ގަވައިދު ތިއީ ވަކިބަޔަކަށް ހަދާފައޮތް ގަވައިދެއް..ތިތަނުގަ އަދިވެސް އުޅެނީ ޔާމީނުގެވެރިކަމުގަ ޖީބުފުރާލައިގެން އުޅުނުމީހުން...އެމީހުން މިހާރު އުލެނީ އަމިއްލަ ކާރުވެސް ގަނެގެން..
ހަބީބު
12 March 2019
މާލެއާ އެއްގޮތަށް ހާލަތު ތި ބަދަލުކުރަނީ. ތި އަވަށުގައި ކާރާއި ސައިކަލް ބޭނުން ނުކުރވޭނެ ގޮތް ހަދަންވީ. ރަގަޅު ޓްރާންސްޕޯރޓް ސިސްޓަމެއް ގާއިމްކުަރންވީ.
މުޖުތަބާ
12 March 2019
ފްލެޓާއި ގެ ހުންނަ މީހުނަށް ހަމައެކަނި ރެގިސްޓަރ ކުރެވެނީ އެވެހިކަލް ގޭގަ ނުވަތަ ފްލެޓްގެ ޕާކިންގަ ބޭއްވޭތީތަ؟ މަގުމަތީ ކަމުގައިވާނަމަ މީ ކިހާ ކޮސްނިންމުމެއް. މިތާގަ މިހުންނަނީ ރެފިއުޖީންގެ ހާލުގައި އުޅޭ ނިކަމެތި ރައްޔިތުންނަށް އުދަގޫ ކުރާ ގޮތައް ކަންކަން ކުރުން. އެއްކަލަ ނިކަމެތި މީހާގެ އަތުން ގިނަ ޓެކްސް ނަގާގެން މަގުތައް ތަރައްޤީކޮށް ހުރިހާ ކަމެއް ކުރަނީ. އެކަމު މުއްސަނދި މީހާގެ ވެހިކަލް އެކަނި ޕަބްލިކް ޕާކިންގަ. ކިހާ ތާހިރު!
ހަސަންބެ.
12 March 2019
މިކަން ކުރުމުގެ މަގްސަދަކަށް ވާންވާނީ މާލެ/ސަރަހައްދަށް އެތެރެކުރާ ވެހިކަލް ތައް މަދުކުރުންތާ. އެކަމަކު މިކަންކޮށްފައި މިއޮތީ މިހާރު މާލެއަށް އެތެރެ ކުރާ އުޅަދު ރަޖިސްޓްރީ ކުރާނެ ގަރާޖެއް ނުލިބޭތީ އިތުރު ގޮތެއް ހަދާ މާލެ ސަރަހައްދުގެ ޓްރެފިކް ގިނަކުރުން. މިހާރު ތިވީގޮތުން ތިއިން ކޮންމެ ތަނެއްގެ 10ބާރަ މީހުންގެ ނަމުގައި ވެހިކަލް ތައްރަޖިސްޓްރީ ކުރާނެ.