މިދިޔަ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރި ކަރުދާހެއްގައި މީހަކު ކުރަހާފައި. ވޯޓު ކަރުދާހުގައި ކުރަހާނަމަ، ވޯޓު ބާތިލްވާ އިސްލާހު ރައީސް ވަނީ ތަސްދީގު ކުރައްވާފައި..--- ފޮޓޯ: މިހާރު
12 މާޗް 2019 - 11:58
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރަހައި ނުވަތަ ލިޔެފި ނަމަ، އެ ވޯޓު ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އިންތިޚާބުތަކާ ބެހޭ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު މިހާރު ބާތިލް ވާނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. ---
ސ. ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދު މަޖިލިހަށް ހުށަހެޅުއްވި އިސްލާހު މީގެ ކުރިން އެތައް ފަހަރަކު މަޖިލިހުގައި ވަނީ ފެއިލްވެފަ އެވެ. ޝާހިދުގެ ކުރިން އެ އިސްލާހު ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އޭނާ ހުށަހެޅުއްވި އިސްލާހު އޭރު ބޭރުކޮށްލީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
ޝާހިދުގެ އިސްލާހު ފާސްކުރީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ވޯޓާ ވެސް އެކުގަ އެވެ.
ގާނޫނަށް އިސްލާހު ގެންނަން ނިންމި ސަބަބެއްގެ ގޮތުގައި ޝާހިދު ފާހަގަކުރެއްވީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓު ދޭ ފަރާތް އެނގޭނެހެން އިތުރު އެހެން ފާހަގަ ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭ ހާލަތްތައް މެދުވެރިވާތީ ކަމަށެވެ.
އެ އިސްލާހު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓް ވަނީ ޝާއިއުކޮށްފަ އެވެ. އެހެންކަމުން، އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިޚާބުގައި، މި ގެނައި އިސްލާހަށް އަމަލުކުރުން އީސީގެ މައްޗަށް ލާޒިމް ވާނެ އެވެ.
Inthihaabah iulaan kurumuge fahun, inthihaabaai gulhun huri gaanoonu thakaai gavaaidhu thakah badhalu genaun huttanjehey, ehen noonee inthihaabuthah haraabuve hingaidhaane.
— Ahmed Akram (@akram4535) March 11, 2019
އަކްރަމް އިއްޔެ ކުރެއްވި ޓުވީޓު.
މަޖިލިހުން މިފަދަ އިސްލާހެއް ފާސްކޮށްފައި ވަނިކޮށް، އީސީގެ މެމްބަރު އަހުމަދު އަކްރަމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިޚާބަށް އިއުލާން ކުރުމުގެ ފަހުން އިންތިޚާބާ ގުޅުން ހުރި ގާނޫނުތަކާއި ގަވައިދުތަކަށް ބަދަލު ގެނައުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އިންތިޚާބު ކައިރިވެފައިވަނިކޮށް ގާނޫނުތަކަށް އިސްލާހު ގެންނަ ނަމަ، އިންތިޚާބުތައް ހަރާބުވެގެން ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
12 March 2019
ވޯޓުކަރުދާހަކީ ފާހަގަ ޖަހާއެއްޗެއް! ނޯޓުލިޔެ ކުރަހަން ނުވާއެއްޗެއް!....................... ވޯޓައް އިހުތިރާމުކުރުމުގެ ގޮތުން ވޯޓުކަރުދާހުގައި ބޭކާރު އެއްވެސް އެއްޗެއް ކުރަހައިނުލިޔަމާތޯ!
އުދުހޭ
12 March 2019
ޚަބަރު ކިޔާލުމުން ދޭހަވީ ފާހަގަޖަހަންޖެހެނީ ކެންޑިޑޭޓުގެ ނަމާ ދިމާލުގައިކަން. އަޅުގަނޑަށް ހީވާގޮތުގައި ރަގަޅުގޮތަކީ ކެންޑިޓޭޓްގެ ނަމާ ދިމާލުން ފާހަގަޖަހަން ގަނޑައެޅިފައިވާ ގޮޅީގަ ފާހަގަޖެހުންހެން. ގާނޫ ހުންނަންވާނީ އަކުރުން އަކުރަށް ކުށެއް ނެތި.