14 މާޗް 2019 - 10:38
އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވުމާއެކު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާކުރި އެ ޕާޓީގެ 70 މީހެއްގެ މައްސަލަ ރިވިއުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ހުށަހަޅައިފި އެވެ.
އެ ޕާޓީން ބުނީ ޓެރަރިޒަމްގެ އަމަލު ހިންގިކަމަށް ބުނެ އައްޑު އަތޮޅުން ދައުވާކޮށްފައިވާ ބައެއްގެ މައްސަލަ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ އާ އުސޫލުގެ ތެރެއިން ރިވިއުކުރަން ޕީޖީ އަށް ހުށަހަޅާފައިވާ ކަމަށެވެ.
ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތުތަކަށް 10 އަހަރު ފަހުން، ބޮޑެތި ބަދަލުތަކެއް ގެނެސް، އެ ސިޔާސަތުތައް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ މިދިޔަ ޑިސެމްބަރު މަހު އަލުން ކަނޑައަޅުއްވައިފި އެވެ.
ވެރިކަން ބަދަލުވުމަށްފަހު ހިނގި ހަމަނުޖެހުންތަކުގައި އައްޑޫގެ އިތުރުން ގދ. ތިނަދޫން 94 މީހެއް، ލ. އިސްދޫން ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވެ އެވެ. ހއ. އިހަވަންދޫގެ 22 މީހަކާއި، އެ އަތޮޅު ދިއްދޫޫން އަށް މީހަކާއި ރ. އަލިފުށިން އަދި ބ. ތުޅާދޫން ހަތަރު މީހަކަށް އަދި އެތައް ބަޔަކަށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ ކޮށްފައި ވެ އެވެ.
އޭގެ ތެރެއިން ގިނަ ދައުވާތައް އަނބުރާ ގެންގޮސްފައިވާ ބައެއް މައްސަލަތަކުގައި ޖޫރިމަނާކޮށް މައްސަލަ ނިންމާފައި ވެ އެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވެއްޓުނީ 2012 ފެބްރުއަރީ ހަތެއްގައި އިދިކޮޅުން ކުރި މުޒާހަރާތަކަކާއި ފުލުހުންނާއި ސިފައިން ވެސް ސަރުކާރާ ދެކޮޅަށް ތެދުވެ، ހިންގި ކަންތައްތަކަށް ފަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އޭރު ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، އެ މައްސަލަ ބަލަން އެކުލަވައިލި ނެޝަނަލް އިންކުއަރީ ކޮމިޝަނުން ނިންމާފައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީީ
14 March 2019
ޕާޓީކުދިން ދޫކުރާ ސަރުކާރު.
ތެދުވެރިޔާ
14 March 2019
އެމްޑީޕީ މީހުން ދޫކޮއްލަނީ އަދުލްއިންސަފު ކޮބާ.
މަންޑޭލާ
14 March 2019
މި ޤައުމު މިވަނީ ނޭގުމެއްގެ ތެރޭ މިނިވަންކަމެއްނެތް.
ޝޮކްތެރަޕީ
14 March 2019
މިސަރުކަރުގެ ތެދުވެރި ކަމެއްނެތް. ޕާޓީ ކުދިން ދުކޮއްލަނީ. އަދުލްއިންސަފެ މިޤައުމުން މިދަނީ ނެތެމުން.
ސައީދު ޢަބޫބަކުރު
14 March 2019
އެންޑީޕީވެރިކަންއަންނައިރައް ލޯނުވެސްނެގެނީ މަޖިލީހުންފާސްކޮއްގެން ޔާމީނުވެރިކަމައް އަންނައިރައް އެގަވާއިދުއުވާލާ ބޭނުންއިރަކު ބޭނުންގޮތަކައްލޯނުނެގޭ މިދެން އަރަތެއްނޫންތޯ
ކަތިލުމުގެކުރިން
14 March 2019
ރަނގަޅު. އެމްޑީޕީ މީހުންވާނެ ޕީޖީ ބިސާމުގެ ބޭނުން ރަނގަޅު ގޮތިގައި ހިފަން ނަގައި އެއްލާލުމުގެ ކުރިން. ކަތިލާންވާނީ ފެން ދީފައި.
އަހުމަދު687
14 March 2019
8 ފެބުރުއަރީގަ ތަނެއްގަ ބަޔަކު ހުޅުޖެހިތަ؟
މޫޗީ/މީދޫ
14 March 2019
އެއީ ހަމަ ރަގަޅަށް ހިންގި ބައާވާތެއް. އޭރު އިންކްއާރީ ކަމިޝަނުގެ ރިޕޯރޓްގައި ކްލެސިފައިވާ ބައިތަށް އާއްމުކުރަން އެދެން. އަދި އެކަމުގައި ސިފައިންނާއި ފުލުހުން ގެ ޝަރީއަތްތަށް އަލުން ރިވިއުކުރަން އެދެން.
ހަސަން ނުވަވަނަ
14 March 2019
ތާހިރު ވެއްޖެއެއްނު. ރޯކުރި އެއްމެން ހުދުކާފޫރަށް ހަދާ. އޭރުން އިންސާފު ދޮންވެ ފައްކާވެ ބިންމައްޗަށް ފައިބާނީ
ބަބުރުކަލޯ
14 March 2019
އިންސާފަކީ މިކަހަލަ ގޮތްނޭންގޭ ބާވަތެއްގެ މޭވާއެކެވެ.
ބީނޫ
14 March 2019
މީތޯ އިންސާފު ހޯދައިދޭން އައި ގުރޫޕް ކަންކުރާ ގޮތަކީ...ޕާޓީ ކުދިންވީމަ ދޫކޮށްލެވޭނެ ގޮތެެއް ހޯދަނީ..ކޮންމެ ގޮތެއްވިޔަސް އެމީހުން ހުޅު ނުޖަހާ ކަމަށް، ފުލުހުންނަށް ހުރަސްއަޅާ ފުލުހުންނަށް އަނިޔާ ނުކުރާކަމަކަށް ނުވާނެ