22 ޖޫން

June 22, 2020 68
ވެރިކަން ބަދަލުވިގޮތާ މެދު އުފާކުރާކަށް ނުޖެހޭ: ވަހީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ މެދު އުފާކުރަން ނުޖެހޭ ކަމަށާއި ވެރިކަން ބަދަލުވި ގޮތް އަލުން ބަލާ ނަމަ އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ނަޝީދުގެ އޭރުގެ ނައިބު އަދި ނަޝީދުގެ އިސްތިއުފާ އަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

15 ޖޫން

June 15, 2020 69
ވެރިކަން ބަދަލުވި ގޮތް ބަލަންވީ ޚާއްސަ ގާނޫނަކުން

ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް އަލުން ބަލަން ޚާއްސަ ގާނޫނެއް ނުވަތަ ސަންސެޓް ގާނޫނެއް ގެންނަން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް މިއަދު ގޮވާލައްވައިފި އެވެ.

07 ފެބުރުއަރީ

February 07, 2020 125
"ބަޣާވާތުގެ ކާމިޔާބީ ފާހަގަކުރުމުން" މަލީހު ހޫނުފެނަށް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނުތާ މިއަދަށް އަށް އަހަރު ފުރުމާ ދިމާކޮށް އެމްޑީޕީގެ މެމްބަރުންގެ ހިތްދަތި ހަނދާންތައް އާކުރަމުން ދަނިކޮށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ކުރެއްވި ޓްވީޓެއްގެ ސަބަބުން އޭނާ އަށް ބޮޑެތި...

February 07, 2020 57
އާލީޑަޝިޕަކާއެކު، އަދިވެސް އެމްޑީޕީ ބަލިކުރެވޭނެ:އުމަރު

އިދިކޮޅު ފަރާތްތަކުގެ ސަފުތައް އާ ލީޑަޝިޕެއްގެ ފަހަތުގައި އަލުން ރުކުވާލެވިއްޖެ ނަމަ އަދިވެސް އެމްޑީޕީ ބަލި ކުރެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު...

February 07, 2020 31
އުއްމީދަކީ އިންތިގާލީ އިންސާފު ލިބުން: ރިފްއަތު

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަައިވާ އިންތިގާލީ އިންސާފުގެ ބިލު ފާސްކޮށް ގާނޫނަކަށް ހަދައި، އަނިޔާ ތަހައްމަލު ކޮށްފައިވާ ގިނަ ބަޔަކަށް އިންސާފު އަވަހަށް ލިބުމަކީ...

30 އޮކްޓޯބަރ

October 30, 2019 48
"ސޭޓު" ކިޔާތީ ގާސިމް ނުރުހުން ފާޅުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން "ސޭޓު" ގެ ނަމުން ގޮވާތީ ގާސިމް މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

08 އޮކްޓޯބަރ

October 08, 2019 43
ފެބްރުއަރީ 7 ގެ މައްސަލަ ހަމަ ބަލަންވީ: ނާޒިމް

ކުރީގެ ރަައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވި ގޮތް އަލުން ރަނގަޅަށް ބަލަން އެދިވަޑައިގަންނަވާ ކަމަށް އެ ދުވަހުގެ ހާދިސާއާ ގުޅިގެން އެމްޑީޕީން އެންމެ...

October 08, 2019 105
ފެބްރުއަރީ 7 ގެ މައްސަލަ މަޖިލިހުގެ ކޮމިޓީން ބަލަނީ!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކުން މިއަދު އެޖެންޑާކޮށްފި އެވެ.

07 އޮކްޓޯބަރ

October 07, 2019 25
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް

އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ބަޣާވާތް ކުރަން އިތުރު ފުރުސަތެއް އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2019 24
ފެބްރުއަރީ 7ގެ ފަސްބައި ނަގާ ނަމަ ގެއްލުން ވެދާނެ

ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އަށް އެނބުރި ގޮސް، އެ ދުވަހުގެ "ފަސްބައި ނަގައި ކޮނެ ހަދާ ނަމަ" ގައުމަށް ގެއްލުން ލިބިދާނެ...

August 29, 2019 20
ފެބްރުއަރީ 7 އާ ގުޅިގެން ފުލުހުން ވަކިކުރި: އިމްރާން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާއާ ގުޅިގެން އެތެރޭގެ ތަހުގީގެއް ހިންގައި ބައެއް ފުލުހުން ވަޒީފާ އިން ވަކިކުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ...

03 ޖުލައި

July 03, 2019 30
ފެބްރުއަރީ 7 ތަކުރާރުވިޔަ ނުދޭން އެޅި ފިޔަވަޅު ބަލަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެ ދުވަހަށް ފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

21 އެޕްރީލް

April 21, 2019 59
އިންތިގާލީ ކޮމިޝަނުން ފެބްރުއަރީ 7 ބަލާފާނެތަ؟

ބޮޑު ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ އެމްޑީޕީން މިހާރު ނުކުމެ ތިބީ ބަޣާވާތަކުން ވެރިކަން ވައްޓާލީމާ އަލުން ތެދުވެ ކަމަށެވެ. އަދި ދެން ބަޣާވާތް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެ އެވެ. ރިޔާސީ އިންތިޚާބުގެ އިތުރުން މަޖިލީހުގެ 65 ގޮނޑިއާ އެކު އެމްޑީޕީ ސިޔާސީ...

14 މާޗް

March 14, 2019 20
ފެބްރުއަރީ 8އާއެކު ދައުވާކުރި މައްސަލަތައް ރިވިއުއަށް

އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވުމާއެކު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާކުރި އެ ޕާޓީގެ 70 މީހެއްގެ މައްސަލަ ރިވިއުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ހުށަހަޅައިފި އެވެ.

03 މާޗް

March 03, 2019 33
މެޖޯރިޓީ ނުލިބިއްޖެނަމަ ދާނީ ބަޣާވާތާ ދިމާލަށް:ނަޝީދު

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ އަނެއްކާ ވެސް ދާނީ ބަޣާވާތާ ދިމާލަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

11 ނޮވެމްބަރ

November 11, 2018 40
ރައީސް ވަހީދު: ކެތްތެރިކަމުގެ ދޮޅު އަހަރު

އެމްޑީޕީގެ މީހުންގެ ނަޒަރުގައި އެއީ "ބާޣީއެކެ"ވެ. ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރި ތަހުގީގަކުން، ފެބްރުއަރީ 7 އަކީ، ބަގާވާތެއް ނޫން ކަމާއި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅު އިޚުތިޔާރުގައި ކަމަށް ވިޔަސް، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ސަޕޯޓަރުން އެކަން ގަބޫލެއްނުކުރެ އެވެ. އެހެންކަމުން ރައީސް...

22 މެއި

May 22, 2017 33
މާރިޔާއަށް ހަމަލާދިން މީހާ 200ރ. އިން ޖޫރިމަނާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދަށް ހަމަލާދިން މީހާ ކުށްވެރިވެ، 200ރ. އިން ޖޫރިމަނާކޮށްފި އެވެ.

25 ނޮވެމްބަރ

November 25, 2016 82
ރައީސް ވަހީދުގެ ސިޔާސީ ހަޔާތްޕުޅު ކުރު ގޮތަކަށް

މި ޖީލު ދުށް، ސިޔާސީ ގޮތުން އެންމެ ބޮޑެތި ތުހުމަތުތައް ބައެއް މީހުން ކުރާ އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ވަހީދު ކަމަށް ވެދާނެ އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ގޮތާއި ވެރިކަމުގައި ހިނގައި ދިޔަ ގޮތް ލިއެފައި ވަނީ މި ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑެތި ކަންކަމުގެ ގޮތުގަ އެވެ. އާދައިގެ އާއިލާއަކަށް...

16 ޖުލައި

July 16, 2016 70
"ބަގާވާތާ ދެކޮޅު، ފެބްރުއަރީ 7 އަށް ތާއީދެއް ނެތް"

އެއްވެސް ހާލަތެއްގައި ބަގާވާތް ކުރުން ބަލައެއް ނުގަނެވޭނެ ކަމަށާއި ފެބްރުއަރީ 7، 2012 ގައި ރާއްޖޭގައި ހިނގި ކަންތަކަށް ވެސް ތާއީދު ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.