ނިއު ޒިލެންޑްގެ ދެ މިސްކިތަކަށް ދިން ހަމަލައާ ގުޅިގެން އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވަނީ.
15 މާޗް 2019 - 11:32
ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މިއަދު ދިން ބަޑީގެ ހަމަލާތަކެއްގައި ދިވެއްސަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން އެ މިނިސްޓްރީން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ނިއު ޒިލެންޑްގައި ދިވެހި ހައި ކޮމިޝަނެއް ނުހުރެ އެވެ. އެކަމަކު، އެ ގައުމުގައި ދިވެހިންގެ ބަޔަކު އުޅޭ އިރު، ހަމަލާ އަމާޒުވި ދެ މިސްކިތަށް ވެސް ދިވެހިން ގޮސް އުޅެ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ނިއު ޒިލެންޑްގެ ކްރައިސްޗާޗަށް ހަމަލަ ދިން ހަބަރާ އެކު ހައިރާންކަން ލިބިވަޑައިގެންނެވި އިރު، އެ ހާދިސާއާ މެދު ހިތާމަ ކުރައްވާ ކަމަށެވެ. ރާއްޖެއަކީ ހަމަނުޖެހުންތަކަށް ހިތްވަރު ދޭނެ ގައުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ތަނުން އެއް މިސްކިތުގައި ނަމާދު ކުރަން 100 އަށްވުރެ ގިނަ މީހުން ތިބި ކަމަށްވެ އެވެ.
"އަހަރެން ދުށިން ދެ އަންހެނަކާއި ހަތަރު ފިރިހެނަކު މަރުވެފައި އޮތް ތަން. ބައެއް މީހުންނަށް އަނިޔާވެފައި ތިބި މަންޒަރު ދުށިން. މުޅި މިސްކިތުގައި ލެޔާއި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް. އަހަރެންނަށް ސިފަ ކުރެވުނީ އެތަން ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި،" މަންޒަރު ދުށް މީހަކު ބުންޏެވެ.
“Shocked & deeply saddened by the shootings in #Christchurch. The Maldives abhors violence in all its forms and stands with our sisters and brothers in #NewZealand during this darkest hour.”: Foreign Minister Shahid. #NewZealandStrong@MFATgovtNZ @winstonpeters
— MFA Maldives (@MDVForeign) March 15, 2019
ފޮރިން މިނިސްޓްރީން މިއަދު ކުރި ޓުވީޓު.
ނިއު ޒިލެންޑުގެ ދެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނާ އެކު ވާ ކަމަށް ޝާހިދާ ހަވާލާދީ ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު މައިކް ބުޝް ވިދާޅުވީ ތިން ފިރިހެނުންނާއި އެއް އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މަންޒަރު ދުށް މީހުން ބުނީ ކްރައިސްޗާޗުގެ އަލް ނޫރު މިސްކިތުގައި ލެއިންތަތްތެޅި ވެއްޓިފައިވާ އެތައް ބަޔަކު ތިބި ކަމަށެވެ.
ހަމަލާއާ ގުޅިގެން ނިއު ޒީލެންޑުގެ ހުރިހާ މިސްކިތެއް ބަންދުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގައިފަ އެވެ. ކްރައިސްޗާޗުގެ ހުރިހާ ސްކޫލެއް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ބޮޑު ވަޒީރު ޖަސިންޑާ އާޑާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ "ނިއު ޒީލެންޑުގެ ހަޔާތުގައި އެންމެ ކަޅު އެއް ދުވަސް" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ
15 March 2019
ތިތައީ މުސްލިމުންނަށް ދެވުނު ހަމަލާއަކަށްވީތީ ދުނިޔެއަށް މާބޮޑު ކަމަކަށް ނުވާނެ. އަދި ތިޔަކިޔާ ޓެރަރިޒަމަކަށް ވެސް ނުވާނެ..
368986
15 March 2019
ސުބުޙާނަﷲ ހޫ ވަތަޢާލާ މުސްލިމުންނަށްކެއްތެރިކަން ދެއްވާ އެފުރާނަތަށް ޖަންނަތުލްފިރުދައުސް މިންވަރު ކުރައްވާށި އާމީން
ވާނުވާ..
15 March 2019
ދެން ބުނޭ އެއީ ޓުއަރިސްޓުން ނޭ...ތިބީ މަސްތު ހާލަތުގައޭ...އެއީ ވެސް ހިއުމަންސްއޭ...ރައިޓްސް އޭ!!!
ހަސަން ނުވަވަނަ
15 March 2019
ދިވެހި ސަރުކާރަށް މިހަމަލާ ކުށްވެރިނުކުރެވިގެން އުޅެނީ ދިއްލީގެ މައިސަރުކާރުން އެޕްރޫވަލް ނުލިބޭތީ. އެޕްރޫވަލް ލިބުނީމަ ކުރާނެ.
ކަޅުމަރިޔަނބު
15 March 2019
މިސްކިތަކަށް ދިން ހަމަލާއެއްވީމަ ދިވެއްސަކަށް ކަމެއްނުވީ.
މޯޑުސް
15 March 2019
މުސްލިމުން މުސްލިމުނޫން ގައުމުތައް ދޫކޮށް ދާންވީ. މުސްލިމުން އަސްލު އުޅެން ޖެހޭނީ މުސްލިމް ގައުމުތަކުގައި.
ޙިނި
15 March 2019
ޥަރައް ދެރަާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ މުސްލިމުން ނައް ކެއްތެނިކަން ދެއްވާށި އެވެ
ވަހީދު
15 March 2019
އެމިސްކިތަށް ހަމާދިން ޚަބަރެއް ނެތް. މީގައި ވެސް މިއޮތީ ދިވެއްސަކަށް ގެއްލުމެއް ނުވާ ކަމުގެ ޚަބަރު
އާލިޔާ
15 March 2019
ހަބަރުގެ ޓައިޓްލްގަ ވެސް އެއިނީ ދިވެއްސަކަށް އަނިޔާއެއް ނުވެއޭދޯ. އެހެން ވީމަ ހަބަރުގަ ވެސް ހުންނާނީ އެއާ ބެހޭ މައުލޫމާތެއްނު.
އަލީ47
15 March 2019
މުޝްރިކުންގެ ތެރޭގަ ވަޒަންވެރިވުން ރަސޫލަﷲ ﷺ ވަނީ މަނާ ކުރައްވާފައި.
ފާނު
15 March 2019
އެތަނުގެ އަހުލުވެރިން އެތަނުގަ ދޯ އުޅޭނީ..
ކަރީމުއްދީން ބާޝާ
15 March 2019
ދިވެއްސަކަށް ގޮތެއްނުވީމާ އެނިމުނީދޯ!
އެގްޕްލާންޓް
15 March 2019
އެނިމުނީއޭ އެއްވެސް މީހަކު ބުނެފިތަ އަދި؟ ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނަން ޖެހޭނެ ރާއްޖޭގެ މީހަކަށް ގެއްލުންވެދާނެ ހާލަތެއް އޮތް ތަނެއްގަ އެކަން އެހެން ނުވީމަ. އަދި ފަހުން އެހެން ބަޔާންތައް ނެރޭނެ. ތިއުޅެނީ މިއިންވެސް ސިޔާސީ ފައިދާއެއް ނެގޭތޯ.