ހިންނަވަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ
15 މާޗް 2019 - 23:05
ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތަކާ ދުރަށް ވަޑައިނުގެންނެވޭނެ ކަމަށާއި "އެޖެންޑާ 19" އަށް ވޯޓު ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އެދިވަޑައިގެންފި އެވެ.
އެމްޑީޕީން ޅ. ހިންނަވަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް އެ އިޝާރާތް ކުރެއްވި އެޖެންޑާ 19 އަކީ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް އެ ޕާޓީން އެކުލަވާލި ސިޔާސަތެވެ. ރައީސް ކުރިން ވިދާޅުވި ގޮތުގައި އެޖެންޑާ 19 ގައި ވައުދުތައް ވަރަށް ތަފްސީލް ގޮތެއްގައި ހިމަނާފައިވެ އެވެ.
ގިނަ އަދަދެއްގެ ބަޔަކާ އެކު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތަކަކީ އެމަނިކުފާނަށް ތާއީދު ކުރެއްވި ސިޔާސީ ޕާޓީތަކާއި ބޭފުޅުން ގަބޫލު ކުރެއްވި ވައުދުތަކެއް ކަމަށާއި އެ ވައުދުތައް ރައްޔިތުންނަށް ފުއްދައި ދެއްވަން ޖެހޭ ކަމަށެވެ.
ހިންނަވަރުގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަނީ. --- ފޮޓޯ: އެމްޑީޕީ
"އަނިޔާވެރިކަން ރާއްޖެ އިން ނައްތާލުން. ކޮރަޕްޝަންގެ ވަބާ ފޮހެލުން. ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ހިދުމަތްތައް ތަފާތު ކުރުމެއް ނެތި ވަކި ރަށެއް، ވަކި އަތޮޅެއް، ކުޑައެއް، ބޮޑެއް ނެތި ހުރިހާ އެންމެންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން. ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށް ބަދަލު ގެނައުން. މިހެން ގޮސް އެތައް ކަމެއް އެއީ އަޅުގަނޑު ވެފައި ހުރި ވައުދުތަކެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ހުރިހާ ވައުދުތަކަކާ "އެއް އަޑަކުން" އަދި "އެއް ބަހަކުން" އޭރު ތާއީދުކޮށް ހުރިހާ ބޭފުޅުން އެމަނިކުފާނާ އެކު ނުކުމެ ތިއްބެވި އެވެ. އެހެންވެ، ވައުދުތައް ފުއްދެވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން "މަޖުބޫރު" ވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަހުގެ އެޖެންޑާއެއް އެކުލަވާލި އިރު، އެއް އަހަރު ދުވަހުގެ އެޖެންޑާއަކާއި ފަސް އަހަރުގެ މާސްޓަ ޕްލޭނެއް އެބައޮތް ކަމަށެވެ. ވައުދުތައް ފުއްދެވުމަށް އެންމެ "ހިނދުކޮޅަށް" ވެސް މަޑު ނުޖެހި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޅ. ހިންނަވަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޅ. އަތޮޅުގެ އެކި ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން. --- ފޮޓޯ: އެމްޑީޕީ
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް މަޖިލިހުގެ ދައުރު މުހިންމެވެ. މަޖިލިހުގައި ތިއްބަވަން ޖެހޭނީ ވައުދުތައް ގަބޫލުކުރާ މެމްބަރުން ކަމަށާއި އެހެން ނޫނީ ވައުދުތައް ފުއްދުމަކީ ސަރުކާރަށް ދަތި، އުނދަގޫ ކަމަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިކަން އޮތީ އަޅުގަނޑުމެން މީގެ ކުރިން ތަޖުރިބާކޮށްފައި. އެހެންކަމުން އަޅުގަނޑު މި ރަށުގެ ހުރިހާ ރައްޔިތުންނަށާއި އަތޮޅުގެ ކުރެންދޫ، ނައިފަރު، އޮޅުވެލިފުށީގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަނީ އެޖެންޑާ 19 އަށް ވޯޓު ދެއްވާށޭ،" ރައީސް ވިދާޅުވި އެވެ.
ޅ. އަތޮޅުގެ ރަށްތައް ތަރައްގީ ކުރުމަށް މި އަހަރުގެ ބަޖެޓުގައި ގިނަ ކަންކަން ހިމެނިފައިވާ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އުފަން ރަށް ކަމަށްވާ ހިންނަވަރު ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލު ކުރުމާއި ކަރަންޓުގެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ހިންނަވަރުގައި ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ. --- ފޮޓޯ: އެމްޑީޕީ
- ހިންނަވަރުގައި 800 މެގަވޮޓްގެ ޖަނަރޭޓަރެއް ވަރަށް އަވަހަށް ބެހެއްޓޭނެ.
- ހިންނަވަރު ސިއްހީ މަރުކަޒު ބޮޑު ކުރުމަށް ހެދި ޕްލޭން ބަދަލު ކުރާނަން.
- ނައިފަރުގައި 100 ހައުސިން ޔުނިޓް އަޅައި، ކައުންސިލް އިމާރާތެއް އަޅާނަން.
- ކުރެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރާނަން.
- އޮޅުވެލިފުށީގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރާނަން.
ރައްޔިތުންނަށް ވެވަޑައިގެންނެވި ބައެއް ވައުދުތައް ފުއްދަވައި ދެއްވިކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ވަކި ރަށެއް ތަފާތުނުކޮށް، ތަރައްގީ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި އެކަމުގައި "ފަސް ޖެހުމެއް ނޯންނާނެ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ޖީހާން މަހްމޫދަށާއި ނައިފަރު ދާއިރާގެ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ކާރިމާއި ކުރެންދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުލްޣަނީ އަބްދުލް ހަކީމަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީދާ
16 March 2019
މިހާރުވެސް މިފެއްނަނީ ހުންގާނުގެ ފަހަތުގާ މަނިކުފާނު ހުންނަތަން މެޖޯރިޓީ އޑޕ އަށްލިބިޖެއްޔާ މަނިކުފާނަކައް ހުންގާނު ފެއްނާނެ ހެން ހިޔެއްވެސް ނުވޭ
ނެގުނުކަތީބު
16 March 2019
ކޮއިފުޅާ ތީ ހަމަ މިހާތަނަށް ކޯލިޝަން ހަދައިގެން ވެރިކަމަށް އާދެވުނު އެންމެންވެސް ދެއްކިވާހަކަ، ތިޔަކުނެތް އިތުރުވާހަކައެއް! އޭ ރައްޔިތުންނޭ ވެރިކަންވެސް ދޭށޭ މަޖުލިސްވެސް ދޭށޭ ޖުޑިޝަރީވެސް ދޭށޭ، ދެންކުޅިބަލަން ކަލޭމެން ގޭގައި ތިބެހެށޭ. ނޫންތަ؟ ކޯލިޝަން ސަރުކާރެއް އައުމަށް ކިތަށް ވަޢުދުވިންތޯ؟ އެދުވަހު އެމީހުނާްއެކު އުޅެން އޯކޭ؟ މިއަދު ހުރިހާއެއްޗެއް ޔައުނީ ހުރިހާ ގޮނޑި ނުލިބިވެރިކަމެއް ނުކުރެވޭ؟މިހާރު މިތިޔަރީ ސްކޫލް މުގައްރަރުގައިވެސް ހިމަނަންވ
މަރޭމިތުރު
16 March 2019
މިސްރާބުދާ ނުގެއްލޭ ހުންގާނުގައި ހިފަން އެނގެންޏާ! މިސްރާބުދާ އަމާޒުަން ރާޑަރުބަލަން އެނގެންޏާ!......................................... މިހާރު ހުރިކައްޕި ހުރިއްޔާ މިސްރާބު ނުގެއްލޭނެ.
މަރޭމިތުރު
16 March 2019
ވައުދާއި ދުރައް ވަޑައި ނުގަންނަވައްޗޭ! އަހުދު ފުރިހަމަކުރަން ވިސްނަވައްޗޭ!......................... މިއަދުގެ އާރައީސްގެ ވައުދުތައް ފުރިހަމަކުރަން ބޭނުންވަނީ.
ޖައިލަމް
16 March 2019
ވައުދުތައް ފުއްދޭނެ ރައީސުގެ ހައިސިއްޔަތުން މިހާރުވެސް ތަރައްގީ ގެނައުމަށް ހުރަހެއް ނެތް! އެޖެންޑާ ނަވާރަ ގެންނާން ކެމްޕޭނުކުރާކަށް ނޫން އަަހަރެމެން ވޯޓު ދިނީ! މިސާލަކަށް ކަރަންޓުގެ އަޑު ކުޑަކުރަން ކޮން ހުރަހެއް އޮތީ؟ އިންތިހާބުގައި ވީ ވައުދެއް އެއީ. އެކަމު މިހާރު މި ކިޔަނީ މެޖޯރިޓީ ދީގެނޯ އެކަންވާނީ...މިވަރަކަށް މީހަކަށް ދޮގު ވައުދު ވެވޭނީ.
ޖިނާޙް
16 March 2019
މުއްސަނދިން އަތުން ޓެކްސް ަަ ނަގާނެ ޔާމީނާ ގާސިމް ނުރުހުނަސް. އެކަން އެޖެންޑާ 19ގަ އެބައޮތް. އެންމެ ކުޑަ އުޖޫރަވެސް
ޢައްޓަމަސް
16 March 2019
ކޮންމެ އެއްޗެއް ދުއްވިސް ހުންގާނު ހުންނާނީ އެދުއްވާ ކައްޕއެއްގެ އަތްދަށުގަ ނުވަތަ ބާރުގެ ދަށުގަ އެކަމަކު ހުންގާނު އެހުރީ ރައީސް އަތްވެސް ނުފޯރާހާދުރުގަ މުޅިން ތަފާތު ދިމާލެއްގަ
ބުކްލެޓްވެސް
16 March 2019
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް އިބޫ އަށް އެމްޑީޕީ އަށް އެކަނި ކެމްޕެއިން ކޮށްދޭން ސަރުކާރުގެ މުސާރަ ނަގައިގެން ސަރުކާރުގެ ރިސޯރސް ތައް ބޭނުން ކޮށްގެން އެމްޑީޕީގެ މެމްބަރުން އެކަނި ޕްރޮމޯޓް ނުކުރެވޭނެއޭ އެއީއޭ ގުޑް ގަވަރނެންސްގެ ކޯރޑް އޮފް ޕްރެކްޓިސް ގައި އެކަން ލިޔެފައި އޮންނަ ގޮތަކީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ފެލެނީއޭ ޒީރޯލެވެލް ކޮރަޕްޝަނޭ ކިޔައިގެން އެމެން ނުވެސް ދެކޭ ލޮލުން ވެސް ގުޑް ގަވަރނެންސް ސްޓޭންޑަރޑް
ސަމޭދާން
16 March 2019
އެޖެންޑާ 19 އަކިީ ވައުދެއް ނޫން އެޑެންމޑާ 19 ނުލިބުނަސް ލިބުނަސް ޖިހޭނީ ރައްޔެތުން ކައިރީ ވީވައުދު ފުއްދަން ރިޔާސީ އިންތިހާބުގަ ތިބުނާ އެޖެންޑާ 19ގެ ވާހަކައެއްނެތް ބުނެފަކާ ރައީސްގެ ރިޔާސީ ވައުދު ފުއްދާކައް އެންޑާއެއް ބޭނުމެއް ނުވާނެ އެކަމަކު އަންނި ބޮޑުވަޒީރައްލަން ބޭނުންވާނަމަ އެޖެންޑާ 19 އަކީ އެމްޑީޕީގެ މެންބަރުންނައް ވީވައުދެއް
ޖިޒްމާން
16 March 2019
ޤާނޫނުތަކަށް ވައުދު ފުއްދޭނެ ބަދަލު ގެންނަން ވަގު ފެކްސަން އެދަނީ މީހާރުވެސް ހުރަސް އަޅަމުން
ފަގީރުކަލޯ
16 March 2019
އިންޑިޔާ ވަފުދު މާދަން އައިސް އަނެއްކާވެސް ވައުދުތަށް އެގްރިމެންޓުތަކަށް ބަދަލުކޮށްގެން ދާނީ. ވީމާ ތިޔަ ފުއްދައިދޭން އުޅޭ ވައުދު ފުއްްދުނީއްޔާ އެނގޭނީ އެމެންނަށް. މަމެންނަށް 100 ދުވަސް ތެރޭ ލިބުނީ ޓެކްސްފްރީ ޕެޑު، ގެއްލެމުންދަނީ މިނިވަންކަން، ފެންނަނީ... ކުރިއަށްވުރެ ކޮރަޕްޓު ބަޔަކަށް ވަޒީފާ އަޅާލާ މަންޒަރު.
އުދުހޭ
16 March 2019
ދުރަށް ދެވިފަނޫންތޯ ތިހުންނެވީ؟ ކޮބާތޯ ޒީރޯ ޓޮލަރެންސް؟