ރަށްރަށާ ގުޅޭ ވެބްސައިޓް ލޯންޗްކޮށް ދެއްވުމަކީ ރައީސް ވަޑައިގަންނަވަނީ: ރަށްތައް މާލީގޮތުން ފުދުންތެރި ކުރުވުމަކީ އަމާޒެއް ކަމަށް ވިދާޅުވި --ފޮޓޯ/ރައީސް އޮފީސް
25 މާޗް 2019 - 22:39
ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ދިނުމުގެ އިތުރުން ރަށްތައް މާލީ ގޮތުން ފުދުންތެރި ކުރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ގެސްޓް ހައުސް ޓޫރިޒަމަށް ޚާއްސަކޮށް، 'އައިލެންޑްސްޑޮޓްއެމްވީ' ގެ ނަމުގައި ސަރުކާރުން އިފްތިތާހުކުރި ވެބްސައިޓް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރަށްތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެގޮތުން، ރަށްރަށުގައި ހިންގާ ވިޔަފާރިތައް ފަދަ ކަންކަން ވެސް ކައުންސިލްތަކުގެ ދަށަށް ދޫކޮށްލަން ވިސްނާއިރު، ފުޅާވަމުން އަންނަ ގެސްޓް ހައުސް ޓޫރިޒަމާ އެކު ރަށްރަށުގެ ފުދުންތެރިކަން ވެސް އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޖަޒީރާވަންތަ ގޮތެއްގައި ރާއްޖެ ތަރައްގީ ކުރަން އަޅުގަނޑުމެން މަސައްކަތް ކުރާއިރު ރަށްރަށުގެ ފުދުންތެރިކަން އިތުރު ކުރަންޖެހޭ. ހިންގުމާ އެކީގައި މާލީގޮތުން ފުދުންތެރި ކުރުވުން އެއީ އަޅުގަނޑުމެންގެ އެއް ސިޔާސަތު." ހުޅުމާލޭގައި ހިންގާ ޝްވެކް ސިނަމާގައި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބޭއްވި ހަފުލާގައި ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، 'އައިލެންޑްސްޑޮޓްއެމްވީ' މިރޭ އިފުތިތާހު ކޮށްދެއްވާއިރު އެމަނިކުފާނުގެ އަރިހުގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު މަޑުކޮށްލައްވައިގެން.---ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވީ ގެސްޓް ހައުސް ޓޫރިޒަމް ފުޅާ ކުރުމަށްޓަކައި ރަށްރަށާ ގުޅޭ ފުރިހަމަ މައުލޫމާތު ވެބްސައިޓް މެދުވެރިކޮށް ދުނިޔެއަށް ފެތުރުމުގެ ބާރު ވެސް ސަރުކާރުން ދޫކޮށްލާނީ ކައުންސިލްތަކުގެ އަތްމައްޗަށް ކަމަށެވެ. އަދި އޭގެ ފައިދާ ލިބެނީ ހަމައެކަނި ފަތުރުވެރިންނަށް ނޫން ކަމަށާއި ދިވެހިންނަށް ވެސް އެހެން ރަށްރަށާ ބެހޭ މައުލޫމާތު އެ ވެބްސައިޓުން އެނގޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ މި ހުޅުވުނު ޕޯޓަލްގެ ސަބަބުން ޚަޒާނާ މުއްސަނދިވެ، ރަށްތަކާ ބެހޭ މައުލޫމާތު އިތުރަށް ހާމަވެގެން ގޮސް، ޚާއްސަކޮށް ލޯކަލް ޓޫރިޒަމް ކުރިއަރައިގެން ދާއިރު މިއީ ސީދާ އެ ރަށަށް އަންނަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ފަސޭހަ ދޮރެއް ކަމުގައި." ރައީސް ވިދާޅުވި އެވެ.
Islands - Welcome
Official Guide to Islands of Maldives
އައިލެންޑްސްޑޮޓްއެމްވީ ވެބްސައިޓް
ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކުން އެ ވެބްސައިޓްގެ ބޭނުން ރަނގަޅަށް ހިފުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުމެކެވެ. އަދި މިހާރު ވެސް ބައެއް ރަށްރަށުން އެ ޕޯޓަލްގައި މައުލޫމާތު ހިމަނާފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލް
26 March 2019
ޖަޒީރާވަންތަކަމޭ އަބަދު ކިޔާތީ ވަރަށް އުނދަގޫވޭ ރަށްރަށުގެ އެހެރަ ބުރިބުރިއަށް އަޅާލާ ގެސްޓްހައުސްތައް ފެނިފައި. 10 ބުރިވީމަ އެއީ ބޮޑުވަރުކަމަށް ފެންނަނީ. ކޮބާތަ އޭގެ ޖަޒީރާ ކޮންސެޕްޓަކީ؟
ފފފފ
26 March 2019
މިރައީސްގެ ހުރޭ ރަނގަޅުގޮތެއް. އެއްވެސް ކަމެއް ކޮށްދޭނެ ކަމަށް ނުބުނޭ. އެހެންވެ ރައްޔިތުންނަށް އޮޅިފަ ތިބޭކަށް ނުޖެހޭނެ. ޔަގީނުންވެސް އެނގޭނެ މިސަރުކާރުން ރައްޔިތުންނަށް ކަމެއް ނުކޮށްދޭނެކަން. ހާއްޞަކޮށް، އަތޮޅުތެރެއަށް ކަމެއްނުކޮށްދޭނެކަން އެނގޭނެ. ކެމްޕޭނުގައިވެސް ބުނެފަ ހުންނާނީ، މިވެރިކަމެއް އެވެނިކަމެއް ވާންޖެހޭނެއޭ. މިކަން ކުރުން، އެކަން ކުރުން އެއީ އަމާޒޭ.
ގުންފައި
26 March 2019
އެހެންވެތަ އޭރު މީހުން ކޮމެންޓްކުރާއިރު އަބަދު ރާއްޖެތެރޭ ދެ މީހުން ވެރިކަމަށް އަރާތީ އުފަލުން ފުންމާ ވާހަކަ ދެއްކީ؟
ޙަގީގަތް
26 March 2019
ޥޯޓަށްޓަކައި ކިޔާނެ އެއްޗެއް ނެތިއްޔާ ނުކިޔާ ތިބެބަލަ. މިއޮއްވަރަށް ޑެންގޫ އާއި ޗިކުންގުންޔާ އާންމުވެގެން އުޅޭއިރު ފޮގްކޮށްލަން ނުކެރޭ. ޙުސްއަނގަ އަބަދުވެސް
ޢައްޓަމަސް
26 March 2019
ނިކަމެތި ރައްޔެތުން ވަޒީފައިން ވަކިކޮއް ނިކަމަތިކުރުމައް ސަރުކާރު ތެރެއުން ހިންގާ ލާއިންސާނީ ޖަރިމާ ހުއްޓާލަންޖިހޭ ފުރަތަމަ
ގގގގ
26 March 2019
ރައްޔިތުން ބިކަ ކުރުމަކީވެސް އަމަޒެއް.
ޓެލެކޮމްބެ
26 March 2019
ކޮބާބާ ހުރިހާ ސްޓޭޓް މިނިސްޓަރުން؟؟؟ ފޮޓޮއަކުންވެސް ނުފެނެ... ބޭކާރުކޮށް އެހެލީބާ؟؟؟
ތާކު
26 March 2019
ވައިޑަށް ލައިގެންވެސް ނެގޭވަރަށްވުރެ ވައިޑް ކަން ބޮޑުވީމަ ނުފެންނަނީ. އެތައް ސަތޭކައެއްވީމަ، އެމައުލޫމާތު އެނގޭނީ، ފިނޭންސްގެ މުސާރަ ރިލީޒް ކުރާ ކުދިންނަށް އެކަނި.
ރޭންޑަމް
26 March 2019
ޢެޖެންޑާ 1900 އަށް ތާއީދު ކުރައްވަނީ ކިތެއް ބޭފްޅުންތޯ؟ ޕްލީޒް ލީވް އަ ކޮމެންޓް
އިލްޔާސް ލަބީބް #2
26 March 2019
އަހަރުމެން ނުކުރަން 19 އަށް ތައީދެއް.
ސަނާ2
26 March 2019
މަ ނުކުރަން. މަގޭ އާއިލާގެ 15 މީހުން ނުކުރޭ. މަބުނެފަ އޮންނާނީ ކޮންމެ މީހަކު 2 މީހުންނަށް، މި އެޖެންޑާ 19 އޭ މިކިޔާ އަޅުވެތި ކަމުގެ އެއްބަސްވުމަށް ނޫނެކޭ ބުނަންޖެހޭ ސަބަބު އޮޅުންފިލުވައިދޭން.
ގހވޖވޖ
25 March 2019
ފުރަތަމަ އަހަރެމެން ބޯހިޔާކޮށްދީބަލަ
ހުސޭނުބެ ދަރި
26 March 2019
މިހާރުވެސް އުޅުއްވަނީ ހިޔަލުގަ ނޫންތޯ؟ މިންވަރަށް އީމާންވެ އަޅުވެތިވުމާއި، ދީން ގެއްލިދާ ފަދަ ކަންކަމަށް ނޫނެކޭ ބުނަންޖެހޭނެ ކަމަށް އަޅުގަޑު ގަބޫލު ކުރަނީ.
ހުޅުޅޭ ބޮޑުމީހާ
25 March 2019
އަސްލުވެސް ތަ!