28 މާޗް 2019 - 23:56
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުންނަކީ ހަމައެކަނި އެމްޑީޕީގެ މެމްބަރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ބައެއް ބޭފުޅުން ސަރުކާރުގެ ކެންޑިޑޭޓްގެ ނަމުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާތީ ނަޝީދު ވަނީ ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި އެ ކަމަށް ރައްދު ދެއްވައިފަ އެވެ.
ފުވައްމުލަކު ސިޓީ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުންނާ އެކު ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ކުރީގައި އެމަނިކުފާނާއި ރީނދޫ ކުލަ ފެނުމުން "ހެޔަށް ގޮތްވެ، ވެއްޓޭ މީހުން،" މި އިންތިޚާބާ ދިމާކޮށް ރީނދޫ ކުލަ އާއި އެމްޑީޕީން ބޭނުން ކުރާ ފޮންޓްތަކުން ލިޔެ، އެ މީހަކީ ސަރުކާރުގެ ކެންޑިޑޭޓް ކަމަށް ބުނަމުންދާ ކަމަށެވެ.
އެކަމާ އެމްޑީޕީގެ ބައެއް މެމްބަރުން ކަންބޮޑުވާތީ ހިތާމަ ކުރައްވާކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރުންނާއި ރަދުންގެ މެމްބަރުން މިހާރު ނުތިއްބަވާނެ ކަމަށެވެ.
"[އެމްޑީޕީގެ ކެންޑިޑޭޓުން] ނޫން ބަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެއް ވެސް ތާއީދެއް ނުކުރައްވާނެ. އަޅުގަނޑެއް ވެސް ތާއީދެއް ނުކުރާނެ. ތީގެން އެއްވެސް ބޭފުޅަކު ތާއީދެއް ނުކުރާނެ. ހަގީގަތުގައި ރާއްޖޭގެ ރައްޔިތުން ވެސް ތާއީދެއް ނުކުރާނެ،" ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
"ސަރުކާރުގެ ކެންޑިޑޭޓުންނެއް ނެތް. ތިބީ ސަރުކާރު ދަމަހައްޓައި ސަރުކާރު ނަގަހައްޓައި ސަރުކާރު ހިފަހައްޓައި ސަރުކާރުގެ ވައުދުތައް ފުއްދަން އެހީތެރިވެދޭނެ ކެންޑިޑޭޓުން. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓުން."
އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމުކަން ހާމަ ކުރައްވަމުން ނަޝީދު ވިދާޅުވީ އެހެން ނޫންނަމަ ސަރުކާރަށް މިނިވަން މުއައްސަސާތަކުގެ އިތުބާރު ކުޑަވުމާއި ޝަރީއަތްތައް ސިޔާސީވުމުގެ މައްސަލަ ކުރިމަތިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރިޝްވަތުގެ ފައިސާ ބޭނުންކޮށްގެން ބަޣާވާތް ކުރުމުގެ ފުރުސަތު ބޮޑުވާކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރެޑްލީފް" ގަލަމެއްގެ ދޯރިއާ އެކު މަޖިލީހަށް ވަންނަ މެމްބަރުގެ ދައުރު ނިމޭއިރު އެތައް މުއްސަނދިކަމެއް ހޯދުމަކީ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށާއި ރައްޔިތުން އެދޭ ނަޒާހަތްތެރި މެމްބަރުންނަށް ވާނީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ޕާޓީގެ މެމްބަރުން ވަކާލާތު ކުރާނީ ހަމައެކަނި ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް އަކުރުން އަކުރަށް. ރަނުން ރަނަށް ފުއްދާނެ. އެޖެންޑާ 19 އިން އެކަން ކޮށްދޭނެ. އަޅުގަނޑުމެން މި ހުށަހަޅަނީ ފަސް އަހަރުގެ އެޖެންޑާއެއް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން މަޖިލީހަށް ވާދަ ކުރަނީ އެއްވެސް މަގުސަދެއް، މެނިފެސްޓޯއެއް ނެތި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީގެ މަޖިލީހުގެ ސިޔާސަތު އެޖެންޑާ 19 އަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ޖުމުލަ ހައްލު ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަހުމަދު
30 March 2019
ތިޔައީ މިހާރު ސްޕޯކްސް ޕާރސަންއެއްތަ؟ ސޯލިހު އަމިއްލަފުޅަށް ވަހަކަ ނުދެއްކޭ ޖަރަޖައަށް ވެއްޓުނީތޯ ނުވަތަ ނަޝީދައް މާބޮޑައް އެނގެނީތޯ؟
ގުލާ
30 March 2019
ނަޝީދު ހުއްޓާ ކޯލިޝަން ރޫޅެން މެދުވެރިވާން އެހެން ޕާޓީއެއް ބޭނުމެއްނުވޭ. އަމިއްލައަށް ލިބިފަ އޮތް ކޯލިޝަން ވެރިކަން ނައްތާލުމުގެ ގާބިލުކަންވެސް އެބަހުރި ލިބިފައި.
ގފގރ
30 March 2019
ގާސިމް ނޫން އެހެން ޕާޓީ ތަކުން ކީކޮއްގެންތޯ މަނިކްފާން ތިހިން ތިވިދާޅުވަނީ ؟ ހާދަހާ ގޮތެއްނެތް މީހެކޭ ދޯ ؟ ގާސިމް ނަންވާނީ
ސޯމާލީ
29 March 2019
މީތި ކަޑަ. އިބޫގެ ބަދަލުގަ އޭނަގެ މަތިން ތިހެން ވާހަކަ ދެއްކީމަ ލިބޭނީ ރައްޔިތުންގެވެސް ނުރުހުން.
ސޯކާބެ
29 March 2019
މިހާރުކޮބާ ތިކިޔާ ދިމޮކްރަސީ މިއުމޫނު ހުދުމުހުތާރުވީ ހުރިހާބާރުތަކެއް މުށުތެރެޔަށް ލައިގެންނޭ ގޮވިމީހުން މިއަދު މިއުޅެނީ އެޖެންޓް 19 އޭ ކިޔައިގެން ހަމަ އެގޮތަށް 3 ބާރުއެއް ކޮއްލައިގެން ހުދުނުހުތާރަކައްވާން ތިމާމެންކަމެއްބޭނުންވިޔަސް ކިޔޭއެއްޗެއްޗެއް ވިމާވޭތޯ ބަލަން ޖެހޭނެ ލަދުވެތިކަމެއް ހުރިއްޔާ ގިޔާމައްދުވަހުގެ ވާހަކަދައްކާލާފައި ރަށްޔަތުންގެ ލޮލުގައި އަދުންއަޅުވަން ދޯ ތިޔަ އުޅެނީ ތި އެޖެންޓް 19 އައް ކޮންކަމެއް ކޮއްދެވޭނީ ޖީއެސްޓީން މުސާރަ ނަގނ
ޗިލްކޭ
29 March 2019
ރައީސް ނަށީދު އައްޑޫއިން ތާއިދުކުރާ ކެންޑިޑޭޓުން އަސްލަމް' ޗެކްމާކް ރަށީދު' ނާޒިލް' ރޮޒޭ ރައީސް ސޯލިހް އައްޑޫއިން ގެންނަން ބޭނުންވާ މީހުން މެދުދާއިރާ އައް އިބުރާހިމް ދީދީ' ނިޒާރު' ހުސެން ސޯލިހު' މަވޯޓާ' ނިހާދު' ށާޑު
ތާއީދު
29 March 2019
ރައީސްގެ ނިންމެވުން ވަރަށް ރަނގަޅު.
ޖައިލަމް
29 March 2019
މަޖިލީހަށް ހޮވާނީ ދާއިރާގެ ރައްޔިތުގެ ތާއީދު އޮތް ކެޑިޑޭޓު. މިއީ ނަޝީދު އިބޫ އަދި ގާސިމާއި ވެސް ބެހޭ ކަމެއް ނޫން.
ދަބޭ
29 March 2019
ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް
ޙޛޣށޛ
29 March 2019
ކުރިންވެސް އޮތީ ތިގޮތައް ބާރަށް ކުރިޔައް ދިޔަގޮތައް ބަންޑުން ވެއްޓިފަ
މީ މަށޭ!
29 March 2019
ކޮންމެ މެމްބަރެއް ހޮވުނަސް އެބުނާ އެޖެންޑާ 19 ގައި ރައްޔަތުންނަށް ލާބަޔާ މަންފާ ލިބިދޭނެ ކޮންމެ ބިލަކަށް ކޮންމެ ޕާޓީއަކުން ހޮވޭ މެންބަރެއްވެސް އަދި އަމިއްލަ ގޮތުން ހޮވުނަސް ތާއީދު ކުރާނެކަން ޔަގީން މެޖޯރިޓީ ހޯދަނީ އެހެން ނާޖާއިޒު ފައިދާ އެއް ހޯދުމަށް ގައުމު ހަލަބޮލިކުރިމަށް ސަރުކާރާ ހިޔާލު ތަފާތުވާ ފަރާތްތައް ހައްޔަރުކުރުމަށް ކޮމިޝަންތައް އުފެއްދުމަށް