ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެ މަނިކުފާނުގެ އެކައުންޓްތައް ފްރީޒްކުރުމުގެ އިތުރު އަމުރެއް އެބަ އޮތް. -- ފޮޓޯ: ނިޝާން އަލީ/މިހާރު
31 މާޗް 2019 - 21:00
މަނީ ލޯންޑެރިން އާއި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކުރިޔަސް، އެކައުންޓްތައް ފްރީޒްކުރުމަށް ފަހުން ނެރުނު އަމުރެއް އެބަ އޮތްކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް ބުނީ މިދިޔަ ޑިސެމްބަރު މަހު އެކައުންޓްތައް ފްރީޒްކުރަން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކުރިކަން އެނގިފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.
ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަން ކަމަށް ބުނެ ފުލުހުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން ފުރަތަމަ އަމުރު ނެރުނީ ޑިސެމްބަރު 13 އިން މި މަހުގެ 12 ގެ ނިޔަލަށް އެކައުންޓްތައް ފްރީޒްކުރުމަށެވެ. އެ އަމުރާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އެކައުންޓްތައް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާއާ އެކު ފްރީޒްކުރި އެވެ. ހައި ކޯޓުން ބާތިލްކުރީ އެ އަމުރެވެ.
މި އަމުރު ބާތިލްކުރި ނަމަވެސް ފަހުން ނެރެފައިވާ އަމުރާ ގުޅޭ ގޮތުން ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ. އަދި ޔާމީންގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅި ކަމެއް ވެސް އެނގިފައެއް ނުވެ އެވެ.
ބާތިލްކުރި އަމުރު ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވީ ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް އެކައުންޓްތައް ފްރީޒްކުރި ކަމަށް ވިދާޅުވެ އެވެ. އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ކްރިމިނަލް ކޯޓުން އެކައުންޓްތައް ފްރީޒްކުރަން އަމުރުކުރީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބުނާ 72 އަދި 73 ވަނަ މާއްދާގެ އިޖުރާއާތުތަކާ ހިލާފަށް ކަމަށެވެ.
ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިކަމާ ގުޅުން ހުރި ފައިސާ ނުހިފަހައްޓައިފިނަމަ، އެ ފައިސާ އިން މާލީ މަންފާއެއް ހޯދުމަށް ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ބެލެވޭތީ އާއި ދައުލަތަށް ލިބެން ޖެހޭ ފައިސާ ގެއްލިގެން ހިނގައިދާނެ ކަމަށް ތަހުގީގަށް ފެންނާތީ އެކަމަށް ދައުލަތުން އެދެމުންނެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޔާމީންގެ އެމްއައިބީގެ އެކައުންޓަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ފުލުހުން ބަލަ އެވެ. އެވަރުގެ ބޮޑު އަދަދެއް ކުއްލިއަކަށް ޖަމާވުމުން، މަރުކަޒީ ބޭންކް އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ވަނީ ފުލުހުންނަށް މައްސަލަ ހުށައަހައިފަ އެވެ. އެކަމަކު ފުލުހުން އޭރު އެ މައްސަލަ ބަލައިފައެއް ނުވެ އެވެ. ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރަން މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު، މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރު ވެސް ބާތިލްކޮށް، ޔާމީން މިނިވަންކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާ
01 April 2019
ހައިކޯޓުން އަމުރު ބާތިލް ކުރާއިރަށް އާއަމުރެއް! މިހާރު ކަންކަން ކުރަން މިސަރުކާރަށް ދަސްވެއްޖެ!
މަންނާނު
01 April 2019
އެއްކަލަ ޓީޗަރުންތައް މިތާ ބައިވަރު ކޮމެންޓްތައް ކޮށް ފުމެންފަށާފަ މިއޮތީ މިހާރަށް ބަލާފަ މުސާރަކުޑައެއްނޫން 6ގަޑި އިރުމަސައްކަތްކޮށްފަ އިތުރު ހަރަކާތްތަކުގަވެސް ގިނަތަންތާ ޓީޗަރުންތައް ނިކުމެ އަނގަތަޅަންތިބެނީ ހުރިހާ ބުރަމަ މަސައްކަތެއް ކުރަނީ ސަޕޯޓް ސްޓާފް އެޑްމިން ކުދިން އެއިގެވެސް ހުރިހާ ފޮނިމީރުކަމެއް ބޯލަނީ ޓީޗަރުން އެހެންނުންވާނީ އެމީހުންގެ މުސާރަބޮޑުވީމަ އިރުގަޑިއަށް ލިބޭއެއްޗެއްވެސް ބޮޑުވާނެނުން
ތަރަތަރަ
01 April 2019
މިއީ ކޮން ޚަބަރަކަށް ކޮށްފަ އޮތް ކޮމެންޓެއްތަ؟
ގަލި
01 April 2019
ފުލުފުލުން ފްރީޒްކުރެވޭހާ ހިތްވަރު މި ސަރުކާރުގެ ހުރީ. ކަމެއް ސާބިތުކޮށްދެވޭހާ ހިތްވަރެއް އެއްގޮތަކަށްވެސް ނެތް.
މުޙުއްމާ
01 April 2019
ތި އަމުރުތަށް ބާތިލުކޮށް ކޮރަޕްޓް މީހުނަށް މަގު ފަހިކޮށްދޭ ފަޑިޔާރުން ވަރަށް ވިސްނަވާތި ރައްޔިތުންނަށް ބާރު ލިބުނީމަ ވާގޮތް.
ގުދުގުދާ
01 April 2019
ހާސްކަނޑާލާ! އަހަރުމެން އެތިބީ އެމީހުން ބޭނުންހާއެއްޗެއް ހަދަން ދޫދީގެން! ބަޣާވާތް ކުރަންވެސް ފުރުސަތު ދީގެން! އެކަމަކު އަހަރުމެން މިދަނީ އެމީހުންގެ ހަރަކާތް ގާތުން ބަލަމުން! މިފަހަރު ބަޣާވާތް ކުރަން އުޅެފިނަމަ ތިޔަހުރިހާ އެންމެން ހިފާ ހައްޔަރުކޮއް ބައިތިއްބާނީ ޖަލުގައި! ދެން ޤާނޫނަށް ބަދަލުގެނެސް ބަޣާބާތް ކުރާމީހުންނަށް ހުރި ބޮޑު އަދަބު ލިބޭތަން ފެންނާނެ! އޭގެފަހުން ދެން ދުވަހަކުވެސް އެމީހުން ބަޣާވާތް ނުކުރާނެ!
ނަން
01 April 2019
ހާދަ ލާރިއެކޭ ، އެކަމަކު ގޭގަ ލައިގެން ކާނެ އެއްޗެއް ގަންނާނެ ގޮތެއް ނެތިގެން ރައްޓެހިން ދޭ އެތިކޮޅުން ދެކޮޅު ކިރިޔަ ކިރިޔާ ޖެއްސިމީހާ މީ
އިބްރާ
01 April 2019
ރާއްޖޭގައި އޮތް ހަމަޖެހުން ނަގާލުމަށް އެމްޑީޕީން ކުރާ ވަރަށް ނުބައިކަމެއް މިއީ. ކޯޓްތަކަށް އެއްގޮތަކަށްވެސް އިޙްތިރާމްކުރާބައެއްނޫން އެމްޑީޕީއަކީ. ރައްޔިތުންނޭވެ ތިޔަބޭފުޅުން އެމްޑީޕީއަށް ވޯޓުން ޖަވާބުދެއްވާ. ވޯޓަކީ ކޮންމެ މީހަކަށްވެސް އަމިއްލަ އިޚްތިޔާރުއޮތް ،ސިއްރުންދެވޭ އެއްޗެއް.
ަފާތުމަ
01 April 2019
ކޯޓުތަކައް އިހުތިރާމް ކުރިވަރުން ދޯ ފުރާޅުން ޓިނު ނަގައިގެން ވަނީ..ހެވެނީި
އަޙުމަދު.
02 April 2019
އިބްރާ، ދެން ބުނާނެ ތިއަށް ވުރެ ތާހިރުވާހަކައެއް ނެތީތަ ؟ ޔާމީނު ސަރުކާރުގަ ކޯޓުތަކުން އަމުރު ނެރޭއިރަށް ހާދަ ބޮޑަކަށް އިހުތިރާމް ކުރިތަން ފެނުނޭ، އިހުތިރާމް ކުރުމުގެ ގޮތުން ދޯ ސްޕރީމް ކޯޓުގެ ފުރާޅުން ޓިނުނަގައިގެން ވަދެ 2 ފަޑިޔާރަކު ދަމާކޫތާފަ ގެންގޮސް ޖަލަށްލާ އަނެއް 3 ފަނޑިޔާރުން ހުދުކާފޫރަށް ވެފަ މިހާތަނަށް ވެސް އެތިބީ. މީގެ އިތުރުން ކޯޓު އަމުރުނެތި ކިތަށް މީހުންތޯ ހިފާ ހައްޔަރުކޮށް ޖަލައްލީ. މީ ވެސް ހަމަ ކޯޓުތަކަށް އިހުރާމު ކުރުންތޯއެވެ ؟
ކޮބާ..ކޮބާ
01 April 2019
ޔާމީނަށް ރާއްޖެއިން ފައިސާ ދިން މީހުންްގެ ތަހުގީގު ތައް، ޒީރޯ ޓޮލަރަންސް ގައި (ހަރުދަނާކޮށް) އަވަސް ކޮށްލަބަލަ..ނޫނީ ޔާމީން އަނބުރާ ޖަލަށް ގެންގޮސް ބަލަ...ފުލުހުން ބިރުގަންނަން ޖެހޭ ސަބަބެއް ނެތެއްނޫންތޯ..
ސީސީސީ
01 April 2019
ސާބަހޭ .ހައިކޯޓުން ދޫކުރަން އަމުރުނެރޭއިރަށް ދަށުކޯޓުން އަމުރުނެރެގެން ބަންދުކުރާތި އެގިދާނެތާ؟
ހަމަހޭ
01 April 2019
ދިވެހި ރައިއްޔަތުންތަކަކައް ފްލެޓްލިބޭނެކަމުގެ ލިޔުމެއްވެސް އެބައޮތް، އެކަމަކު ފްލެޓްތައް ފެންވަރުމަތިކުރުމުގެ ނަމުގަ ކޮރަޕްސަނައް ހިލާލައިފި، މިހާރު ކިޔަނީ އެވަރަކައް ފްލެޓެއްނެތޭ އަޕްގްރޭޑް ކުރީމަ. އެކަމަކު އަދިވެސް ލިޔުން އެބައޮތް. އޭގަ ހަދާނީ ސަޓަނިތޯ؟.
ތުނޑު ހަސަނު
01 April 2019
ތިބުނާ ލިޔުން ލިބުނު ބައެއް މީހުންނަށް ލިބިފައިހުރީ ކިހިނެއްކަން އެނގޭނެއެވެ. ނުހައްގު އެއްޗެއް ހޯދައިގެން އޭގެ ހިޔަލުގައި އަނބިދަރިން ދެމިތިބުމަށްވުރެ ހަލާލުގޮތުގައި ލިބޭދުވަހަކުން ލިބެންދެން ތިބުންވެސް ރަނގަޅުތާއެވެ. އަނެއްކޮޅުން އެއްކޮޓަރީގެ ބަދަލުގައި ދެކޮޓަރި އަދި ދެކޮޓަރީގެ ބަދަލުގައި ތިންކޮޓަރިއަށް ބަދަލުކުރީމާ އަދަދު މަދުވާނެކަން ހަގީގަތް ގަބޫލުކުރާ މީހަކަށްވިއްޔާ އެނގޭނެއެވެ.
އަޙުމަދު،
02 April 2019
ރަނގަޅުވާނެ، އެލިއުން ދޫކުރުމުގައި އިސްކަނޑި އެނބުރި ވެރިމީހާ ކައިރިއަށް ގޮސް އެލިއުމުން ވަހުތާނެއް ހަދައިގެން އައިސް ،އުޅޭތަނުގަ ޖަހާފަ ބަހައްޓާ.
ރރރރރ
01 April 2019
ނިކަން ވިސްނަވާ މިތާ ބަރުލަމާނީ އޮތްނަމަ ވާނެގޮތް.އިނދަޖައްސާލާނެ. ކިރިއާވެސް ޗާންސެއް 2 ތިޔަ ލިބެނީ ރިއާސީ އޮތީމަ. ރައީސަށްވެސް ކުރެވޭނެ ކަންތައް ތިޔަ ކުރެވެނީ މަޖިލީހުން އައްޔަން ކުރާ ޕަޕެޓަކަށް ނުވާތީ. އަންނިމެން އެހެން ކިޔާއިރު އެއި ތިމާ އަމިއްލަ ކަރަށް މެހޭނެ މަޅިއެއްކަން އެނގޭނަމަ. އޭރުން ރާޢްޖޭގެ ވެރިކަން ކުރާނީ ހަގީގީ މާނާގައި މަޖިލިސް ގަންނަ މަހުޖަނު. 88 މީހުން ގަންނަން ފަސޭހަވާނެ. 400000 މިހުން ގަންނަންަ ތަންކޮޅެއް އުނދަގޫވާނެ.
ނަން
01 April 2019
މިތާގައި ރަސްކަން އޮތް ނަމަ. މިތާގައި އެވެނި މިވެނި ކަމެއް އޮތް ނަމަ... އެ ކަމަކު މިއޮތީ ރާއްޖޭގެ ރައްޔަތުން ބަލައިގެންފަވާ ރިޔާސީ ނިޒާމް...