01 އެޕްރީލް 2019 - 22:43
ރައްޔިތުންނަށް ހަމަ ނޭވާ ލެވެން އޮތީ ބޮޑެތި ވައްކަންތައް ކޮށްފައިވާ މީހުން ހައްޔަރުކޮށް، ޖަލަށް ލެވިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފަރާތުން ތުޅާދޫ ދާއިރާ އަށް ވާދަކުރައްވާ ހިސާން ހުސައިންގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން މިރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރީގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ތެދުވެ، އިންތިޚާބުގައި ވެރިކަން ބަދަލުކުރީ އޭރުގެ ސަރުކާރުގައި ހުރި ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުން ކަމަށެވެ. އަދި އަންނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އަޣުލަބިއްޔަތު ބޭނުންވަނީ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ހުރި މައްސަލަތައް ބަލައި، ވަކި ފަރާތަކަށް ބުރަ ނުވެ، އިންސާފު ގާއިމްކޮށްދޭނެ ޝަރުއީ ނިޒާމެއް ހޯދަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހަންމަދު ސޯލިހު، ހިސާން އާއެކު --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އަޅުގަނޑުމެންނަށް، ރައްޔިތުންނަށް ހަމަ ނޭވާ ލެވޭނީ މިދެންނެވި ވައްކަންތައް ކުރި މީހުން ހިފައި، ހައްޔަރުކޮށް ޖަލަށް ލެވިގެން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަނީ މަޖިލީހުން ފާސްކުރާ ގާނޫނުތަކުގެ ތެރެއިން ކަންކަން އިސްލާހު ކުރުމަށް ކަމަށާއި އެއްވެސް މީހަކާ ދެކޮޅުވެރިވުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ނުލިބޭ ނަމަ، އެކަން ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އުޅެނީ ވަކި މީހަކާ ޖައްސާލައިގެން، ވަކި ބަޔަކާ އިދިކޮޅަށް ނިކުމެގެނެއް ނޫން. އަޅުގަނޑުމެން މި ތިބީ ރައްޔިތުންނާ އެއްކޮށް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް 144 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން އެޅިއިރު އެ އިމާރާތް 54 މިލިއަން ޑޮލަރަށް އެޅޭނެ ކަމާއި އަދި އެތަނަށް މެޝިނަރީސް ހޯދުމުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށެވެ. އަދި އެތަން އިމާރާތްކުރި ބޭރުގެ ކުންފުނީގެ އިސް ފަރާތްތަކާއި އެ މަސައްކަތުގެ ބައެއް ކޮންސްލަޓެންޓުންނާ ވެސް އެމަނިކުފާނާ ސިންގަޕޫރުން ބައްދަލުވެފައިވާ ކަމަށާއި އެ މީހުންނާ ދެކެވުނު ވާހަކަތަކުގައި، ނުއަގުގައި އެ މަޝްރޫއުގެ ކަންކަން ކުރިއަށް ގޮސްފައިވާ ކަން ހާމަވި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިރޭ ވާހަކަފުޅު ދައްކަވަނީ: --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ތިމަންނައަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮންސަލްޓެންޓަކަށް ދިޔަ މީހެކޭ. ތިމަންނަ ލިޔެފައި ހުރި ރިޕޯޓްތައް މިހިރީއޭ. އެ ބިޑް ހުށަހެޅީމާ އެއީ ގޯސް ބިޑެއް ކަމާއި، އެއީ 54 މިލިއަން ޑޮލަރަށް ހެދޭނެ އިމާރާތެއް ކަން ބުނެފައި އެކަން އެގޮތަށް ނުކުރަން ބުނެފައި. އަޅުގަނޑު އަތުގައި އެބަހުރި އެ ހުރިހާ އެއްޗެހި." އެ މަޝްރޫއުގެ ކޮންސަލްޓެންޓަކާ ދެކެވުނު ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ހުޅުމާލޭގައި އަޅާފައިވާ 7،000 ފްލެޓަކީ ވެސް ދިރިއުޅުމަށް އެކަށީގެންވާ ގޮތަށް ހުރި ތަންތަނެއް ނޫނެވެ. އެތަންތަން މިހާރު އިމާރާތް ކޮށްފައި ހުރި ގޮތުން ބޭނުން ކުރެވެން ނެތް ކަމަށާއި އެހާ ބޮޑެތި ޚިޔާނާތް ކުރީގެ ސަރުކާރުގައި ހިންގާފައި އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮޓަރިއެއްގެ ބޮޑު މިނަކީ އަށް ފޫޓް ނުވަ ފޫޓް. އެތަނަށް އެނދެއް ވެއްދީމަ ދެން ނެތް އަލަމާރިއެއް ބަހައްޓާނެ ތަނެއް. ކިހިނެތްތޯ އެތަނުގައި މީހުން ދިރިއުޅޭނީ؟. އިހަށް ދުވަހު އިކޮނޮމިކް ކޮމެޓީގައި އަޅުގަނޑު ބުނިން ހިނގާށޭ އެތަން ތަޅާލަން. ބޭނުމެއް ކުރެވޭނެ ތަނެއް ނޫނޭ އެއީ. އެއަށް ވުރެ ރަނގަޅޭ އެތަން ތަޅާލާފައި އެތަން އަލުން ހެދިއްޔާ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ ތަރައްގީ ކުރަން ބޭނުން ނަމަ، ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ލާ މަރުކަޒީ އުސޫލުން ކައުންސިލްތަކަށް ބާރުތައް ދޫކޮށްލުމެވެ. އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ މަޖިލީހުގެ ތެރެއިން ގާނޫނަށް އެ ބަދަލު ގެނައުން ކަމަށާއި އެކަމަކު މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ނުލިބެނީސް އެކަން ކުރެވޭނީ ކިހިނެތްތޯ ރައީސް ސުވާލު އުފެއްދެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންފަ
03 April 2019
އެކަން ބަލަންވީ ނޫންތަ ކަމާބެހޭ މުއައްސަސާތަކުން ފާދެއްގެ ކޮމިޓީއެއްގެ ހަދައިގެން ޕާރޓީގެ ސަޕޯރޓރުން ލައިގެން ކުރާކަމަކުން އިންސާފެއް ނުލިބޭނެ އެމީހުން ހަދާނީ ތިބޫމެން ބުނާގޮތް އެކަން މިހާރުވެސް ދަނީ ފެންނަމުން މޑޕ ކެމްޕޭން ތަކުގަ ބައިވެރިވަމުންދަނީ ކޮމިޓީ ކުދިން ޕާރޓީ ކުދިންނާ ތަފާތެއް ނެތް އމީހުން ކުރާ މަސައްކަތެއްގެ ނަތީޖާ ވެސް ނުކުންނާނީ ޕާރޓީ ރުހޭގޮތަށް
ކަނބިލި
02 April 2019
ފެށުނީއްސުރެ ކަލޭމެންގެ ކަމަކަށް އޮތީ މީހުންގެ އަބުރު ކަތިލުން. ތިޔަ ޕާޓިގެ ސިފައެއް ތީ. އިންޚާބެއް ބޯމަތިވުމުން މިކަން ބޮޑުވާނެ. އެހެންވީމާ އެނގޭ ސިޔާސީ ގޮތުން ތަޅާ އަނގައެއްކަން. އިޚްލާސްތެރި ކަމެއް އޮވެގެން ދައްކާ ވާހަކައެއް ނޫންކަން. އެއީ ތިމާމެންނަށް ވެރިކަންކުރަން ކުރިން ލިބުނީމާ ކަންހިނގާދިޔަ ގޮތުން. އޭރު ނެރުނު އޮޑިޓް ރިޕޯޓްތަކުން މިކަން އެނގުނު
އިބްރާހިމްފުޅު
02 April 2019
2008ން 2012އަށް ސަރުކާރުން ވައްކަންކުރިމީހުންވެސް ޖަލަށްލާންވާނެ.
ހެލް
02 April 2019
9 ފޫޓްގެ ކޮޓަރިވެސް އެއީ މިހާރު ނަސީބެއް. ތި ދައްކަނީ އެޕާޓްމަންޓްގެ ބޮޑުމިނުގެ ސައިޒްގެ ވާހަކައެއްނޫން. ކޮޓަރިއެއްގެ ސައިޒް. އެވަރުގެ 2،3 ކޮޓަރީގެ އެޕާޓްމަންޓަކީވެސް ރަގަޅު ގޮތެއް މިހާރަށް. ތެދެއް، ކޮންމެ ކޮޓަރިއަކަށް ކިންގް/ކުއީން ސައިޒް ބެޑް ވައްދަން އުޅޭނަމަ ދެން އަލަމާރިއެއް ނުވެއްދޭނެ. އެކަމު އެހާ މުއްސަނދި މީހުންތަ ބޯހިޔާވަހިކަން ނުލިބިގެން އުޅެނީ؟
ގާހަކަ
02 April 2019
9 ފޫޓުގެ 2 ކޮޓަރިއަށް ދޮޅުމިލިއަން ދައްކަން އުމުރުދުވަހު؟
ގުޑޭ
02 April 2019
ކާކުތަ އަގު ކަނޑައެޅީ އެ ފްލެޓްތަކުގެ؟
ޕޮކެޓޭ
02 April 2019
ޖަލަށްލެވޭތަން ނާންނާތީ ދެރައީ. ޖަލަށްލާމީހާވެސް ހުންނަނީ މާފުށީ ގެސްޓްހައުސްއެއް ކަހަލަ ތަނެއްގަ، އެވަރުން ނުފުދިގެން ގޭގެ ޝީޓު އަޅާ ދުވަސްކޮޅު އޮންނާނީ ގޭގަ.
އާދަމް ޝަރީފް
02 April 2019
ރިޔާސީ އިންތިޚާބުން ރައްޔިތުން ބުނެފައިވާ މައިގަޑުވާހަކައަކީ ކޮރަޕްޝަން އާއި ވައްކަ ބަލައިދޭށޭ. އެއީ ކޮންމެ ބަޔަކަށްވިޔަސް އެބަޔަކަށް ފިޔަވަޅު އަޅައިދޭށޭ. އެހެންވީމާ އެކަން ކުރެވެންޖެހޭނެ. އެކަމަށް މަޖިލިސް އަޣްލަބިއްޔަތުވެސް ސަރުކާރަށް ދޭންޖެހޭ. ވަގުންނާ ގުޅިގެން މަޖިލިސް ކާމިޔާބުކުރަން އުޅުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން.
މުޙަންމަދު
02 April 2019
ހަމަ ނޭވާ ލެވޭނީ އިންޑިއާ ސިފައިންނާ ޤައުމު ހިންގުން ޙަވާލުކޮށްފައޭ ބުނިއްޔާ މާތަހިރެއްނު!
އާިމާ
02 April 2019
މިމީހުން ވައްކަމޭ ގޮވާއިރު، ޖީއެމްއާރަށް އެއަރޕޯޓް ވިއްކާލާފަ ނެގި ފައިސާގެ ތެރެއިން ގެއްލުނު 86 މިލިއަން ޑޮލަރު ނެގި ބަޔަކު ހޯދާ ވާހަކަ ނުދައްކަނީ ކީއްވެބާ؟ ނެކްސް ބިޒަށް ދިން ޕްރޮޖެކްޓުން ނެގި ފައިސާތައް ލީ ކޮންތާކަށްތޯ ނުބަލަނީ ކީއްވެބާ؟ މިއުޅެނީ ދިވެހިންނަށް ހެޔޮކަމެއްކޮށްދިން ނިމިދިޔަ ސަރުކާރުގެ ވެރިން ދިވެހިންނަށް ކަންކަން ކޮށްދިނީތީ އެކަމުގެ ރުޅީގަ. ދިވެހިން ތިބެންޖެހޭނީ ގަންޖުފޮރާހާ ގޮޅިޖެހިމުންޑުގަ ހުސްފައިގަ. އެއީ މިމީހުންދެކޭގޮތް.
ޖައިސާމް
02 April 2019
ކޮންތާކުން 86 މިލިއަން ގެއްލުނީ؟ އެއްވެސް ލިޔެކިޔުމަކު ރިޕޯޓަކު ނެތް. ހީވަނީ ހިޔާލީ ފޮލައެއްހެން ތީ.
ޒާހިރު22
02 April 2019
ހަމަތެދެއް؟ ބައްލަވާ ރައްޔިތުންގެ މަޖްލީހުގެ 2012 ވަނަ އަހަރުގެ ޔައުމިއްޔާތައް. އޭގައެބަހުރި އެމައުލޫމާތު. ޖީ.އެމް.އާރް އެގްރީމެންޓުގައި އޮތް ފައިސާގެ އަދަދާއި، ދައުލަތަށް ދައްކާފަ ހުރި ފައިސާގެ އަދަދާ އުޅޭ ތަފާތަކީ، 76 މިލިޔަން ރުފިޔާ. ލިޔުނު މީހާގެ މައުލޫމާތު ނުބައިވުމުން އެއޮތީ 86 ޖެހިފަ. ރަނގަޅު ގޮތަކީ. 76. އަދި އިތުރަށް ބައްލަވާ 2009 އިން 2011 އަށް ހުރި އޯޑިޓް ރިޕޯޓްތައް. އޭރުން ގެއްލުނު ފައިސާގެ އަދަދު ބިލިއަނަކަށް އަރާނެ.
އިބްރާ
02 April 2019
ވައްކަންކުރި މީހުން ޖަލައްލުމަކީ ކުރަންޖެހޭ ކަމެކެވެ. ޖަލަށް ބަޔަކު ވައްދާއިރު އެމީހުންނަކީ ވައްކަންކުރިމީހުންތޯ ބަލަންޖެހެއެވެ. އެމްޑީޕީގެ އެކްޓިވިސްޓުންނަށް ފެންނަ ބަޔަކަށް ހުކުމްޖަހާ ބަޔަކު ޖަލައް ވައްދައިފިނަމަ އެކަން ވެގެންދާނީ ގައުމު ހަލަބޮލިކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅަކަށެވެ. މިސާލަކަށް ރައީސް ނަޝީދު ޣާޒީއަކާއި ، ޔާމީނާއި ، ޖަމީލާއި، ގާސިމް ފަދަ ބޭބޭފުޅުންނަށް ކޯޓުން ބޭރުން ޙުކުމްޖަހައި އެކަހެރިކުރުމުން ވެގެންދިޔަގޮތް ބައްލަވާށެވެ.
ލިސްޓް
02 April 2019
އެމްއެމްޕީއަރުސީގެ ފައިސާ ގައި ޖެހުނު މީހުންގެ ލިސްޓް އާމުނުކުރެވިގެން އުޅެނީ އެމްޑީޕީގެ ބޮޑުން މަޖިލިސްމެމްބަރުން އެލިސްޓުގައި ގިނަކަމުން މިއީ މުޅިގައުމު ދަންނަ ހަގީގަތެއް ލެޕްޓޮޕާއި ފޯނާއި އަތުގައި ޖެހުނު އިރު ކަމަކުދާކަން ނެތް ގިނަ ކަރީގައި އުޅޭ ބޮޑުން ލިސްޓެއް ނެރެލާއިރަށް ވާޒީރުން ޗެއަރމަނުން އެމްޑީން ގޭގައި މަޑުކޮށްލަން އަންގަންޖެހޭ މިއީ މިދެއްކިވާހަކައިގެ ފުރިހަމަ ހެކިތައް