އަރިޔަދޫގައި ރޯވެފައި
10 އެޕްރީލް 2019 - 18:05
އދ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އަރިޔަދޫގައި މިއަދު މެންދުރު ފަހު އަލިފާން ރޯވެ އަނދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ ރަށުގައި ރޯވެފައިވާ ކަމަށް ރިޕޯޓްކުރީ މިއަދު މެންދުރު ފަހު 2:40 ގައި ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންގެ އިތުރުން މާމިގިލީ އެއާޕޯޓްގެ ފަޔަ ޓީމުން ވެސް ހަރަކާތެރިވަމުން އަންނަ ކަމަށެވެ.
އަރިޔަދޫގައި ރޯވެފައިވާ އަލިފާން ނިއްވަން މަސައްކަތްކުރަނީ
ފުލުހުން ބުނި ގޮތުގައި، ރަށުގެ ބޮޑު ބައެއްގައި ރޯވެފައި ވާއިރު އަދިވެސް އަލިފާން ކޮންޓްރޯލެއް ނުވެ އެވެ.
ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ރަށުގައި ހުރި ބޮޑެތި ރުއްގަސްތަކުގެ ތެރޭގައި ވެސް އަލިފާންގަނޑު ފެތުރިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
11 April 2019
ހޫނު ގަދަވެގެން އަލިފާން ރޯވާ ވަރަށް ރާއްޖޭގައި ހޫނު ގަދައެއް ނޫން. ތިވާނީ ކޮންމެ ވެސް ބަޔަކު ރޯ ކުރީކަމަށް
ވާލުސޮރު
10 April 2019
ފަޅުރަށްރަށުގަ ވެސް ބިދޭސީން ރާ ކެއްކުން މިހާރު ވަރަށް އާންމު. އަނެއްކާ އެކަހަލަ ކަމެއްބާ؟
މާމެލިކަލޯއ
10 April 2019
މީގެ ވިއްސަކަށް އަހަރުކުރިންވެސް ތިޔަރަށުގަ ރޯވި އޭރު އަހަރެން ހުރީ މަހިބަދޫގައި. އެދުވަހު އަރިޔަދުއަށް ދިޔައިން. އޭރު އެރަށުގަ ވަރަށް ގިނައިން އަލަނާސި ހެދިފަ އަޅާފަވެސް ހުރި. އެދުވަހު އަހަރެން ދިޔަ ދޯނީގަ ހުރި އެގްރިކަލްޗަރ ގެ ފީލްޑްއޮފިސަަރު ބުނުއްވީ އެރަށުގެ ވެލީގަ ހުންނަމާއްދާއެއްގެ ސަބަބުންނޯ ރޯވަނީ
އައިސަ
11 April 2019
އެގޮތަށް ރޯވަނީ ހުރަސްދޫގަ ދެއްތޯ. ހުރަސްދޫ އެއީ ޕައިންއެޕަލް އައިލެންޑް. މިހާރު ރޯވެ އަނދައިގެން އެއުޅެނީ އަރިޔަދޫ
44444
10 April 2019
ހާދަ ދިރޭ އެއްޗެއްސެކޭ އެ ނައްތާލީ! ހަނގުރާމައިގައިވެސް ރުށްގަސް ނުކެންޑުމަށް އަންގަވާފައިވާ 100 ޕަސެންޓް މުސްލިމް ގައުމުގައި ވާކަންކަން.
ރަދީފް
10 April 2019
އިންތިހާބުގެ ހޫނުގެ ދިލައިގެ އަސަރު ނޫންބާ!!! އަލިފާނުގެ ކުޅިވަރު ހާދަ ގިނައޭ.
ތުއްތުނާ
11 April 2019
އިންތިހާބުގެ ހޫނުގެ ކަމަކަށް ވުރެ ބޮޑަށް ލަފާކުރެވެނީ ދިވެހިރާއްޖޭގައި ވަރަށް ބޮޑަށް ހޫނު ގަދަ ދުވަސްވަރަކަށް ވެފައި ކޮންމެވެސް ބަޔަކު ޕިކްނިކް ގޮސް ބާބެކިއު ނުވަތަ ކެއްކުމަށް ރޯކޮށްލާފައި ހުރި އަލިފާންގަނޑެއް ފެތުރިގެން އުޅެނީ ކަމަށް.........