މާލެ-ވިލިމާލެ ދަތުރުފަތުރުގެ ހިދުމަތްދޭ ފެރީއެއް. ފެރީ ދަތުރުތަކާ ބެހޭ މައުލޫމާތު ލިބޭ އެޕްލިކޭޝަނެއް މިއަދު ވަނީ ތައާރަފްކޮށްފައި. ފައިލް ފޮޓޯ/މިހާރު
15 އެޕްރީލް 2019 - 15:47
ރާއްޖޭގެ ކަންކޮޅުތަކަށް ކަނޑު ދަތުރުކުރެވެން ހުރި ގޮތާއި ދަތުރުތަކުގެ ޝެޑިއުލް ފަސޭހައިން ފެންނާނެ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން އުފެއްދި އެޕްލިކޭޝަން މިއަދު ލޯންޗް ކޮށްފި އެވެ.
"ނިއަމި"ގެ ނަން ދީފައިވާ އެޕްލިކޭޝަން ލޯންޗް ކޮށްދެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގައި އެކަަމަށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
ނިއަމި އެޕްލިކޭޝަން މިއަދު ލޯންޗް ކުރި ނަމަވެސް އެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވެން އަދި ހުރީ ހަމަ އެކަނި ގޫގުލް ޕްލޭ ސްޓޯރުންނެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެ އެޕްލިކޭޝަން އެޕަލް ސްޓޯރުން ލިބޭނެ ގޮތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމަޖައްސާނެ ކަމަށެވެ.
މި އެޕްލިކޭޝަނުން އަދި ފެންނާނީ ސަރުކާރުން ދޭ ފެރީގެ ހިދުމަތްތަކުގެ ޝެޑިއުލެވެ. އެކަމަކު އަމިއްލަ ފަރާތްތަކުން ދޭ ދަތުރުތަކުގެ މައުލޫމާތު ވެސް އަދި ހިމަނާނެ އެވެ.
މި އެޕްލިކޭޝަނަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން ކުރަން ކަނޑައަޅާފައިވާ ކަމެކެވެ. އެ އެޕް މިއަދު ލޯންޗް ކުރި އިރު މިއަދަކީ ސަރުކާރުގެ 100 ވަނަ މަސައްކަތު ދުވަހެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދެމުންދާ ކަނޑުދަތުރުގެ ހިދުމަތްތައް ނިއަމި އެޕްލިކޭޝަން މެދުވެރިކޮށް ފެންނާނެ ގޮތް ހަދާނެ ކަމަށެވެ. "ރާއްޖޭގެ އުތުރުން ދެކުނަށް ދައުލަތުން ދެމުންދާ ފެރީތަކުގެ ހިދުމަތުގެ ހުރިހާ މައުލޫމާތެއް މި އެޕްލިކޭޝަނުން ލިބިގެންދާނެ. މާނައަކީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ބޭނުންކުރަމުން އަންނަ ތިން ކުންފުނިން ދެމުން އަންނަ ފެރީތަކުގެ ފެރީ ޝެޑިއުލް މި އެޕްލިކޭޝަނުގައި ހިމެނިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލާވަޅު
16 April 2019
މިނިސްޓަރުގެ ސަމާލުކަމަށް ސެއިޙް ޢަލީ ޒާހިރް ބިން ސަޢީދް ޓޮވީޓެއްގައި ވިދާޅުވި ޑްރައިވިންގް ޓެސްޓްއަށް އަނހެންކަބަލުންނަށް ޓެސްޓްހެދުމަށް އަންހެން ބޭފުޅުން ހަމަޖައްސަވައިދިނުމަށް ލަފާދެއްވި، މިނިސްޓަރު ވަރައް ފޯރީގައި ވިދާޅުވު ވަރައް ރަނގަޅު ޙީޔާލެކޭ ނަމަވެސް އަދިވެސް މިކަމެއް ނުފެނޭ ވާތަނެއް "ސިޔާސީ ބޭފުޅުން ކޮމެންޓް ވެސް ކިޔުއްވާނެ ކަމަށް މިޖެހީ މިހެން" ( މިހެން މިދަންނަވާލަން މިޖެހުނީ ވަރައް ނާތަހުޒީބް އަމަލުތައް ފެންނާތީވެ)
ދޮން މަނިކު
15 April 2019
ފޮލޯމީ އަކީ މިހާރު ރާއްޖޭގައި އެންމެ ގިނަ މީހުން ބޭނުން ކުރާ އެޕް.
ކަންއޮތްގޮތް
15 April 2019
އަދިވެސް އެއްކަލަ ކާރުތަކާ ލޮރީތަކެއް ނުނެގޭ!
އަހްމަދު ނައީމު
15 April 2019
މިފަދަ އެޕްލިކޭޝަނެއް ގެނެސްދެއްވި ކަމަަށްޓަކައި ޓްރާންްސްޕޯޓްއޮތޯރިޓީއަށް ޝުކުރުދަންނަވަން. އަދި އިތުރު ފުރިހަމަކަން އައިސް މީގެ ހަގީގީ ބޭނުން ހިފޭނެ ގޮތަށް ބަދަލުވެގެން ދާނެކަމަށް އުއްމީދުކުރަން. އަތޮޅު ތެރޭ ސަރުކާރުންދޭ ފެރީ، ދަތުރުފެށުމުން އެނގޭގޮތަށް ލައިފް މައުލޫމާތު އޮތުން މުހިންމު. ލޮކޭޝަންވެސް މެޕުން ބަލާލެވޭގޮތަށް ހަދާދިނުމަކީ 5 މިނިޓަށް މަޑުކޮށްލާ ޓްރާންސިޓް ރަށްރަށުގެ ރައީތުންގެ ވަރަށް ބޮޑު އެދެމެއް. ފެރީ އާދޭތޯ 30 ހަކަށް މިނެޓްތިބޭ