ކަރަންޓް ގިނައިން ބޭނުންކުރާ އެއްޗެހި މަދުން ބޭނުންކުރަން ސްޓެލްކޯއިން އިލްތިމާސްކުރޭ. -- ފޮޓޯ: މިހާރު ފައިލް
15 އެޕްރީލް 2019 - 19:33
މިއީ ހޫނުގަދަ ދުވަސްވަރަކަށްވުމުން ދޭތެރެ ދޭތެރެއިން މާލެއިން ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ހޫނުގަދަވުމުން ދޭތެރެ ދޭތެރެ އިން މާލެއިން ކަރަންޓް ކަނޑާލަން ޖެހެނީ ކަރަންޓު ލޯޑު ބޮޑުވުމުން ކަމަށެވެ. އެހެންވެ ގިނައިން ކަރަންޓް ބޭނުންކުރާ އެއްޗެހި މަދުން ބޭނުންކުރަން ސްޓެލްކޯ އިން އިލްތިމާސް ކުރެ އެވެ.
ކަރަންޓް ކަނޑާލަން ޖެހުމުން އާންމުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ. ކަރަންޓް ކަނޑާލަން ޖެހުނު ނަމަވެސް ގަޑިއެއްހާ އިރުތެރޭ އަލުން ކަރަންޓް ފޯރުކޮށްދޭނެ ކަމަށް ވެސް ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިއީ އާދަޔާ ހިލާފަށް ރާއްޖެ އަށް ހޫނުގަދަ ދުވަސްވަރެކެވެ. ދުވާލުގެ އެންމެ ހޫނު ވަގުތުތަކުގައި ހޫނުމިން 32 ޑިގްރީ ސެލްސިއަސް އަށް އަރަ އެވެ. ވާރޭ ނުވެހި ގިނަ ދުވަސްވުމުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ވަނީ އިސްތިސްގާ ނަމާދު ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާންޓޭ ޕޕމ
16 April 2019
ކެނޑޭނެ ކެނޑޭނެ.. ތިޔަތަނުގަ ތިބި ޔާމިން ގެ އައުވާނުން ބަދަލުވަންދެން ކެނޑޭނެ
ނުރަސްމީ
16 April 2019
ކެނޑިގެން ނުވާނެ ކެނޑޭތީ އެޖެންޑާ 19 ގެނައީ
ކާފަބޭ2019
16 April 2019
ރޯނުއެދުރުންގިނަވީމަ އެއްވެސްމީހެއްގެމަސްވަރާ ބޭނުމެއްނުވާނެ އިމާރާތްކުރަންހުއްދަދޭއިރު އަހަރަކު ކިތައްއިމާރާތްހަދާނިމޭނެކަން ކުރިންބޭނުންކުރި ކަރަންޓުގެ 10 ގުނަ އެންމެއިމާރާތަކަށްބޭނުންވާނެ ކަން މިހާވަރުނޭގޭގަމާރުން ތަންތަނަށްލީމަވާނީ ވާނެއެއްޗެއްވާނީއާދަނުބުނިއެއްޗެއް!!!!!!
އަޝްރަފް
16 April 2019
ޖަޒީރާ ރާއްޖެއަށް މަރުހަބާ
އަލީ އަހުމަދު
16 April 2019
ތިއީ ގަބޫލު ކުރެވޭނެ ވަހަކައެއް ނޫން، މިސުރު ކަހަލަ ހޫނު ގައުމުތަކުގައި އަޅުގަނޑު އުޅުނިން. އެތާގަ 40 ޑިގުރީ ސެލްޝިއަސް އަށް ހޫނުމިން އަރާ، އެކަމު ކަރަންޓެއް ނުކެނޑޭ. ރާއްޖޭގަ އެކަށީގެންވާ ޖަނަރޭޓަރުތައް ނެތީއޭ ވިދާޅުވޭ، ކޮންމެހެން އޮޅުވާލަން ހޫނުގަދަވީމައޭ ނުކިޔާ.
އާރީ
16 April 2019
ތީތި ކަނޑަ. ކޮބާތަ ފޯތް ފްރޮޖެކްޓާ ފިފްތް ފޮރޮޖެކެޓް ދުވަހަކު ނުނިމޭ ފްރޮޖެކްޓް ތަކެއްތަ. ހޫނު ގަދަ ނޫނަސް ކަރަށްޓް ކެޑޭ. ދުވަހަކު ހައްލެއް ނުވޭ. އަދިވެސް ފުލެޓް އެޅޭތޯ ބަލާ ގޭ އަލަމާރީގަ ހުރި މަސްކޮޅު ކުނިވާއިރުވެސް.
އިންސާފް
16 April 2019
ހޫނު ގަދަވާނެކަން ކުރިންވެސް އިނގޭނެ. ނާގާބިލް ކަން ދައްކަން ސަޅިވާހަކަ ދައްކާނެ ކަމެއްނެތް..
އޯޒޯން ފަށަލަ ތުނިވަނީ!
15 April 2019
މަތި މައްޗަށް ހޫނުވާގޮތް މި ވަނީ. މި ދުވަސްކޮޅު އެހާ ހޫނު. ދެން އެނެއްކާ ކަރަންޓު ކަނޑާލީމާ ވާނެ ވަރު ވިސްނާލާ.
މެސީ
15 April 2019
ދެން ވާރޭވެހޭ ދުވަސްވަރު ކީއްވެބާ ކަރަންޓް ބޮޑުތަނުން އަގުހެޔޮ ނުވަނީ
މާކަނާ-ކަލޯ
16 April 2019
ހީޓަރު ޖައްސާތީ.
2019
15 April 2019
ކޮބާހޭ އަގުހެޔޮބިލު