ޕީއެންސީ އުފެއްދުމުގެ ޖަލްސާގައި ޔާމީނާއި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ: ޕީއެންސީގެ ކޮންގްރެސް އަންނަ ހުކުރު ދުވަހު ބާއްވާނެ. --ފޮޓޯ/މިހާރު
21 އެޕްރީލް 2019 - 00:20
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައި އެ ޕާޓީގެ އިސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.
ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ހެދި އުފެއްދި ޕީއެންސީ މިހާރު ހިންގަނީ ވަގުތީ ލީޑަޝިޕަކުންނެވެ. ޕާޓީގެ ރައީސްގެ ގޮތުގައި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވި އިރު ދެ ނައިބުންނަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
އޭގެ ތެރެއިން އަބްދުއްރަހީމް ފިޔަވައި ސައީދާއި އާދަމް ޝަރީފް ވެސް މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރައްވައި 19 ވަނަ ރައްޔިތުންގެ މަޖިލިހުން ކުރިއަށް އޮތް ފަސް އަހަރަށް ޖާގަ ހޯއްދަވައިފަ އެވެ. ފޮނަދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުއްރަހީމަށް ކާމިޔާބެއް ނުކުރެއްވުނެވެ.
ޖެނުއަރީ، 31، 2018 ގައި އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކުރި ޕާޓީގެ ކޮންގްރެސް މި މަސް ނިމުމުގެ ކުރިން ބާއްވަން ޖެހެ އެވެ. ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ވާ ގޮތުން، ޕާޓީއެއް ރަޖިސްޓަރީ ކުރާތާ ލަސްވެގެން ތިން މަސް ތެރޭގައި ދާއިމީ މަގާމުތަކަށް މެމްބަރުން އައްޔަން ކުރަން ޖެހޭނެ އެވެ. އަދި ނުވަ މަސް ތެރޭގައި ކޮންގްރެސް ބާއްވަން ޖެހެ އެވެ.
ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަންނަ ހުކުރު ދުވަހު ކޮންގްރެސް ބާއްވަން ނިންމީ ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަށެވެ.
- ރައީސް
- ދެ ނައިބު ރައީސުން
- މަޝްވަރާ މަޖިލީހުގެ 20 މެމްބަރުން (މީގެ ތެރެއިން ފަސް އަންހެން މެމްބަރުންނާއި 35 އަހަރުން ދަށުގެ ޒުވާން މެމްބަރުން ހިމެނުމަށް ވަނީ ނިންމާފައި.)
- ޕާޓީގެ މެމްބަރުންގެ ކަންކަން ބަލަހައްޓާ ކޮމިޓީ އަށް ފަސް މެމްބަރުން.
- އިސްތިއުނާފް ކޮމިޓީ އަށް ތިން މެމްބަރުން.
- އިންތިޚާބާ ބެހޭ ކޮމިޓީ އަށް ފަސް މެމްބަރުން.
ޕީއެންސީގެ މެމްބަރުންގެ ގޮތުގައި މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރަޖިސްޓަރީ ވެފައި ތިބި އެންމެންނަށް މަގާމުތަކަށް ކުރިމަތިލެވޭނެ ކަމަށް އެ ޕާޓީން ބުންޏެވެ. ކުރިމަތިލާ މަގާމެއް އެނގޭ ގޮތަށް އައިޑީކާޑުގެ ކޮޕީއާ އެކު ސިޓީ ހުށަހަޅަން ޖެހެނީ ޕާޓީގެ އޮފީހަށެވެ. މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މާދަމާގެ ހަވީރު 6:00 އެވެ.
ޕީއެންސީ އުފެއްދީ ޕީޕީއެމް މެދުވެރިކޮށް ސިިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން ޔާމީނަށް ދަތިތަކެއް ކުރިމަތިވެވަޑައިގަތުމުންނެވެ. އޭރު ޕީޕީއެމް ހޯދަން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ވެސް ކޯޓަށް މައްސަލައެއް ހުށަހަޅައި އެ މައްސަލައިގެ ޝަރީއަތް ދިގުލައިގެން ދިޔަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ނިމުނީ ޔާމީނާ އެއްކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސދ
21 April 2019
ފނސ އަކީ ކޮބައިކަން އަދި ޕޕމ އަކީ ކޮބައިކަން އެގެން އެބަޖެހޭ. ސިޔާސީ ޕާޓީތަކަކީ ވަގި ލަނޑުދަޑިއެއް ވަކި ފިކުރެއް ރައްޔަތުންނަށް ވިއްކަން ހަދާ އެއްޗެ. ޕޕމ ދަރަނިވެރި ކޮށްފަ ގޮސް ހަމަ މިބައިމީހުން މިކުރަނީ ކީކަމެއް ނުވިސްނޭ.
ޙަބީބު
21 April 2019
ޔާމީނުގެ ވައްކަމުގެ މައްސަލަ ވީހާއަވަހަކައް ބަލަންޖެހޭ ރެޑްވޭވްސަލީމު ދިދަދަނޑި އެތެރެކުރި މައްސަލަބަލަންޖެހޭ
ޝޮކްތެރަޕީ
21 April 2019
ހުރިހާވެސް ނުބަޔަކީ އަދުރޭ.
މީވީގޮތޭ
21 April 2019
ޕީއޭ ދެވަނަ ފަހަރަށް ވުޖޫދަށް އައީއެވެ. އަދަދު ހަމަ ނުވެގެން ޕާރޓީ އުވޭތަން ހަމަ ފެންނަ ކަހަލައެވެ.
ހޮޓްކިންގ
21 April 2019
ކީއްކުރަންތަ އިޢުލާންކުރީ. ޕީޕީއެމުން ކަންކުރިގޮތަށް އެކުވެރި ކުދިންނަށް ވައިބާއިން މެސެޖްކޮށްލާފައި ސިއްރުން ތިކަން ނިންމާލަބަލަ. އޭރުން އޮންނާނީ ޑިމޮކްރަޓިކް ވެފަ.
މާލޫދު ޕާޓީ
21 April 2019
ތި ޕާޓީގެ މަޤާމެއް ކޮންމެހެން ވެސް ހޯދަން ވާނެއެވެ.
ހިގޮ
21 April 2019
ހީކުރީތަ ތިހެން ކުލަބަދަލުވާ ކޮންމެފަހަރަކު ވެރިކަން ލިބޭނެ ކަމަށް އެއީ ފެންނަބިލާހެއް...."ކުރައްޕެއްގަ ކިތައްމެ ވަރަކަށް އަތަރަ ލިޔަސް ހަމަ ދުވާނީ ކުރަފި ވަސް"
ކަޅު މޮހޮނު
21 April 2019
މަޤާމަކަށް ކުރިމަތިލާން ސިޓީއަޅަން ޖެހޭނޭ ކިޔާފަ 24 ގަނޑިއިރުވެސް ނުދީ ކައިރީގައި ތިބޭ މީހުންނަށް އަވަހަށް ސިޓީއެޅޭނެ ގޮތައްތާ ތިވީ. ރަގަޅަށްވިއްޔާ މިހާރު މަޤާމުތައް ހުންނާނީ ބަހާހުސްކޮއްފަ. މަދެން ގައިކުޅަ ގައިގާދުރު.
ޚިލޯ
21 April 2019
ތިޕާޓީ އޮވާލާފަ ޕޕއެމް އަބުރާ ދާންވީނުން. މިހާރު މައުމޫނެއްވެސް ޕާޓީ ހޯދާކަ ނޫޅޭ. ޕޕއެމް ދަރަނިވެގެން އުފެއްދި ޕާޓީ އެއްނަމަ. ޕޕއެމް އޮވާލާފަ ޕީއެންސީއައްދާނީ. ކޮންމެ އެކަސް 2 ޕާޓީ ހިންގުމަކުންވީ މޮޅެ ނެއި.
ކޮއިޒޯޗު
21 April 2019
އެމްޑީޕީ، ޖުމްހޫރީ އަދި އަދާލަތު ފިޔަވާ ހުރިހާ ޕާޓީތަކެއް އުވާލަން ފެނޭ.