ލަންކާގެ ބޮމުގެ ހަމަލާ އަމާޒުވި ތަނެއްގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ
21 އެޕްރީލް 2019 - 12:49
ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ގައުމަށް ގުޅާ ފޯނު ކޯލްތަކުގެ އަގު އުރީދު އާއި ދިރާގުން ވެސް ހެޔޮކޮށްފި އެވެ.
ސްރީ ލަންކާގެ އެކި ހިސާބުތަކުގައި އަނިޔާވެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އާއިލާތަކާއި ގާތްތިމާގެ މީހުންނަށް ފަސޭހަކަމާ އެކު ގުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިރޭ 12 ގެ ނިޔަލަށް ލަންކާއަށް ކުރަ ކޯލްތަކަށް ޗާޖުކުރާނީ، ދިރާގާއި އުރީދޫން ބުނާ ގޮތުގައި، މިނެޓަކަށް 1ރ.ގެ ރޭޓުންނެވެ.
ދިރާގުގެ ކަސްޓަމަރުންނަށް އެ ކުންފުނިން އެދިފައި ވަނީ އަގު ހެޔޮކޮށް ގުޅުމަށް، ފޯނު ނަންބަރުގެ ކުރިއަށް 019 ބޭނުންކުރުމަށެވެ.
ލަންކާގެ ހަމަލާއާ ގުޅިގެން ވަނީ ހޮޓްލައިންތަކެއް ވެސް ގާއިމްކޮށްފަ އެވެ. އެގޮތުން 94727277072 އާއި 94766942654 އަށް ނުވަތަ 960783400 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
ލަންކާގެ ނުރައްކާތެރި ހަމަލާގައި މިހާތަނަށް 160 މީހަކު ވަނީ މަރުވެފަ އެވެ. އެކަމަކު އެއްވެސް ދިވެއްސަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯ ނޭމް
21 April 2019
ދިރާގުން މިނަޓަކަށް ކަނޑާވަރު ނޭންގެ ދޯ. ދެން އަންނާނީ ބޮޑު ބިލެއް.
އަނަސް
21 April 2019
ޝުކުރިއްޔާ ދިރާގު އަދި އުރީދޫ.
މަރޭމިތުރު
21 April 2019
ހެވައްކުރަންޏާ އެކަމެއް އަގުހެޔޮކުރާށޭ! ހެވައްކުރާކަމެއް އެއްދުވަހަށް ނުކުރާށޭ!............. މިއީ އިސްތިހާރަކަށް ކުރިކަމަކާއި ވައްތަރީ!
މަރޭމިތުރު
21 April 2019
ދިވެހިން މަރުވިއަސް ނޭނގޭނެ ގިނަފަހަރު! ސަބަބަކީ އޭނާ އުޅޭނީ ޕާސްޕޯރޓް ހިފައިގެނެއްނޫން. ޕާސްޕޯރޓް އޮންނާނީ އުޅޭ ގޭގައި ނޫނީ އުޅޭ ހޮޓަލުގަ. ދެން ގެއްލޭނީ!
ވަހީދު
21 April 2019
" ކޯލް ގެ އަގު ހެޔޮ ކޮށްފި " މަހީކުރީ ލަންކާގައި ބޯޓު ދެލި އަގު ހެޔޮ ކުރީ ކަމަށް.... ކީކޭދޯ ދެން ބުނާނީ.