ރާއްޖެ ޓީވީގެ މުވައްޒަފުންތަކެއް ފަންޑު ފޮށި ހިފައިގެން: ޝަރީއަތްތަކަށް ރާއްޖެ ޓީވީ ވެއްދުމުގެ ހުއްދަ މިހާރު ވަނީ ދީފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
22 އެޕްރީލް 2019 - 13:09
އެއްވެސް ކޯޓެއްގެ ޝަރީއަތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީ އަށް ނުދޭން ނިންމުމަށް ފަހު އެ ފުރުސަތު އެ ސްޓޭޝަނަށް އަލުން ދޭން ފަށައިފި އެވެ.
އެއްވެސް ކޯޓެއްގެ ޝަރީއަތްތަކާއި ޝަރުއީ ދާއިރާގެ ހަރަކާތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީ އަށް ނުދޭން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމީ އެ ސްޓޭޝަނުން ގެނެސްދިން ޕްރޮގްރާމެއްގައި ޝަރުއީ ދާއިރާގެ ކަރާމާތް ގެއްލޭ ކޮންޓެންޓް ގެނެސްދިން ކަމަށް ބުނެ އެވެ.
ޑީޖޭއޭ އިން ބުނިގޮތުގައި ޝަރީއަތްތަކާއި ޝަރުއީ ދާއިރާގެ ހަރަކާތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީ އަށް އަލުން ދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ އަބުރަށް ހުތުރުވާ ކޮންޓެންޓް ގެނެސްދިން ކަމަށް ބުނެ އެ މައްސަލަ ޑީޖޭއޭ އިން ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް އޭރު ހުށަހެޅި އެވެ. އެކަމަކު އެ މައްސަލާގައި އެ ކޮމިޝަނުން ނިންމާފައިވަނީ އެކަމުގައި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ރާއްޖެ ޓީވީން ޚިލާފްވެފައި ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސް
22 April 2019
ކަނޑު ކޮސް ސަރުކާރެއް.....
ބަހަނާ
22 April 2019
ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމްކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގަތް ވައުދެއ