ބ. ފެހެންދޫ ކުދިންތަކެއް ގޮވައިގެން ގޮއިދޫ ސްކޫލަށް ޑިންގީއެއްގައި ބެލެނިވެރިންތަކެއް ދާން ތައްޔާރުވެގެން. ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
24 އެޕްރީލް 2019 - 19:49
ބ. ފެހެންދޫގެ ދަރިވަރުން ސްކޫލަށް ދާން ކޮންމެ ދުވަހަކު ޑިންގީއެއްގައި ކުރަންޖެހޭ ދަތުރުގައި ދިމާވާ ދަތިކަން، އެ ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކޮށްފި އެވެ.
ކުޑަ އާބާދީއެއް އޮންނަ ފެހެންދޫގެ ދަރިވަރުން ކިޔެވުމަށް ސްކޫލަށް ދަނީ އެ އަތޮޅު ގޮއިދޫ ސްކޫލަށެވެ.
ފެހެންދޫ ކައުންސިލުން މިއަދު ރައީސްއާ ބައްދަލުކޮށް، އެ ރަށަށް ދިމާވެފައިވާ ދަތިތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ މައުލޫމާތު ވަނީ ދީފަ އެވެ. އެގޮތުން ކައުންސިލުން އެންމެ ބޮޑު ކަމަކަށް ފާހަގަކުރީ، އެ ރަށުގައި ކިޔަވާ 26 ދަރިވަރުން، ދަތިހާލުގައި ސްކޫލަށް ދާން ޖެހުމެވެ. ކައުންސިލުން ބުނިގޮތުގައި ދަރިވަރުން ސްްކޫލަށް ދާކަށް، އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ހަމަޖެހިފައެއް ނެތެވެ.
ފެހެންދޫ ކުދިން ދަތުރު ކުރާ ޑިންގީ: އެ ޑިންގީގެ ސަތަރި ހަލާކުވެ ފެން ހިޔާނުވާ މައްސަލަ ވަނީ ދިމާވެފައި--
އާބާދީ މަދުވުމުގެ ސަބަބުން ފެހެންދޫ ސްކޫލު 2008 ވަނަ އަހަރު ވަނީ ބަންދުކޮށްފަ އެވެ. އޭގެ ފަހުން، މޫސުން ކިތަންމެ ގޯސްވި ނަމަވެސް ދަރިވަރުން ސްކޫލަށް ދާން ޖެހެނީ ކުޑަ ޑިންގީއެއްގަ އެވެ. އެކަން މި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅުމުން އެތަނުން ވަނީ ދަރިވަރުން ދަތުރުކުރުމަށް، ހިޔާކޮށްފައިވާ 20 ފޫޓުގެ ޑިންގީއެއް ދީފަ އެވެ. އެކަމަކު ޑިންގީގެ ސަތަރިގަނޑު ހަލާކުވުމުގެ ސަބަބުން، އަނެއްކާ ވެސް ދަރިވަރުންނަށް ވަނީ ތަކުލީފުތަކެއް އުފުލަން ޖެހިފަ އެވެ.
ރައީސް އޮފީހުން ބުނީ ފެހެންދޫ ކައުންސިލަރުންގެ މި ކަންބޮޑުވުންތަކަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި ރައްޔިތުން ބޭނުން ވެފައިވާ ކަންކަން ފުރިހަމަކޮށްދިނުުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އެ އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމީރުބާއީ
25 April 2019
އިބުރާހިމް މުޙައްމަދު ސޯލިހަށް ނޭނގޭކަމެއްނޫން ތިކަމަކީ! އޭނަގެ ކެމްޕޭން ތެރޭގަވެސް އޮތީބުނެފަ ތިކަން ވީހާވެސް އަވަހަކަށް ހައްލުކޮށްދޭނަމޭ! ވެރިކަމަށް އައިސް މިހާދުވަސްވިއިރު ތިކަން ހައްލުނުކޮށްދީ އޮތީތީވެ އެމަކުފާމުގެ ފިނިހަކައިގެ ސްޕީޑް އިތުރަށް ހާމަވެގެން ގޮސްފި. ހިތާމަކުރަން ތިކަން ހައްލުނުކޮށްދީ އޮތީތީވެ!
ޙިނި
25 April 2019
ޕިސް ޕިސް މިޑިންގީ ގައި ސުކޫލައް ދާއިރު މިކަން ނޭންގި ފިޔަވަޅު ނޭޅި މިދިޔައީ ކީއްވެބާ
އައިޖޭ
25 April 2019
ލޯންޗެއްގެ ސަތަރި ބަދަލު ކޮއްލަން ރަޢީސް ޢާއި ހަމައަށް ދާން ޖެެހެންޔާ މީ ކީއްކުރާ ކައުންސެލަރުންނެއްތަ؟
ޢެޑްމުންޑޯ
25 April 2019
ބުރިޖެއް އެޅުން ނޫން އިތުރުގޮތެއް ނޯންނާނެ،
އަހުމަދު އިބްރާހިމް
25 April 2019
ސޯޝަލް މީޑީއާގަ މާބޮޑަށް ވައިގަ ހިފި އިޝޫ އަކަށް ވީމަ ރައީސް ޕީއާރު ސްޓަންޓެއް ޖައްސާލީ... ސާބަހޭ......
ހަސީނާ
25 April 2019
މީ ވަރަށް ދެރަ މައްސަލައެއް. މިއަށްވުރެ ތަކުލީފު ކުޑަކޮށް މިކުދިންނަށް ތަޢުލީމް ލިބެން ޖެހޭނެ. މީހުން މަދިއްޔާ ގޮއިދޫއިން ނޫނީ އެ އަތޮޅުގެ އެކި ރަށްރަށަށް މީހުން ބަދަލުކޮށްގެންވެސް މިކަން ހައްލުކުރަން އެބަ ޖެހޭ. ރަށްރަށުން ގޯތި ދީފަ 3 ކޮޓަރި ގެއެއް އަޅާފަ ދިނީމަ ދެން އަމިއްލަ އަށް އުޅެވޭނެ ހެން ހީވަނީ. ދައުލަތުގަ މިކަން ކުރާނެ ފައިސާވެސް ހުންނާނެ. މިނޫނަސް ކުދި އާބާދީ ތައް އޮތް ރަށްރަށުން ބޮޑެތި އާބާދީ ތަކަށް ބަދަލުވުން ވަރަށް މުހިންމު.
ބުރުގާ
25 April 2019
ހެހެ.. އެހެންތޭ؟! ދެން ރައީސް މީހާވެސް ޑިންގީބުރެއް ޖަހާލަން ދަގަ.
އައިސަ
25 April 2019
އެންމެ ބުރެއް؟ ދުވާލަކު މަދުވެގެން ދެބުރު ޖަހަންވާނެ. އަހަރަކު 100 ދުވަހު. އޭރުން އެނގޭނީ.....
ހާޑަރުއ
25 April 2019
މަ ބުނާނެ ވާހަކައެއްނެތް. ބުރަދަނަށް ރަން ދިނަސް ތިޔަ ޗާލު ރީތި ބިން ދޫނުކޮށްލާތި. ރަނަކުން އަގު އަދައެއް ނުކުރެވޭނެ. ތީ މުސްތަގްބަލްގައި ތިޔަ ކުދިން މިލިއަނުން ފައިދާ ނެރެވޭނެ ތަންތަން. އެކަން ފެށީމަ އެހެންމީހުން ތިޔަތަނަށް އަންނަންވެސް އަންނާނެ
ސުވާލު
25 April 2019
ހަމަ ތިހެން ކިޔައިގެން ގަދަ ކޮށްފަ ރަށުން ނުފައިބާން އެބަ ތިބެޔޭ ކިތަންމެ ބަޔަކު. އަޖާއިބެއް.....
އިސްމާލި
25 April 2019
ސަރުކާރުން އެހީ ނުވާށެކޭއެއް ނޫން. އެކަމު މަގޭ ހިތައް އަރަނީ އަމިއްލަ ރަށުގެ ކުޑަކުދިންތަކެއް މިހާލުގައި އުޅުނު އިރު ކައުންސިލުން ކޮށްދިނީ ކޮން ކަމެއް ބާއޭ. ޑިންގީގެ ސަތަރި ހަލާކުވުމުން ކައުންސިލުގެ ދައުރަކީ ސަރުކާރުގެ މުއައްސަސާތަކަށް އެކަން އަންގާލުން އެކަނިތަ؟ ކައުންސިލުން މި މައްސަލައަށް ހައްލެއް ހޯދައިދެން ކުރެވުނުހާވެސް ކަމަކީ އެއީތޯ؟ ކައުންސިލަށްވެސް ގައިމު ސަތަރި ޖަހާދެވުނީސް. ދެން އިތުރު ބޮޑެތި ކަންކަމަށް ސަރުކާރުގައި ދެންނެވުނީސް.
ރައިން
25 April 2019
ރިޔާސީއިންތިހާބުގެ ކުރިން ތިހުރިހާ ރަށަކައް ވަޑައިގެންވާހަކަ މިނޫހުން އަޅުގަނޑު ދެކުނީމު ދެންލިޔަންވާނީ ކޮންމެވެސް އެހެމެ ގޮތަކައް ދޮއްތޯ......