މިއަދު ފެށި ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގެ ބައެއް ބައިވެރިން ކޮންގްރެސްގައި ބައިވެރިވަނީ.---ފޮޓޯ: މިހާރު
26 އެޕްރީލް 2019 - 16:45
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިމީ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމަށާއި އަސާސީ ގަވައިދަށް އިސްލާހު ގެނައުމަށް ބާއްވާ ކޮންގްރެސް މިއަދު ފަށައިފި އެވެ.
ބިލަބޮންގް ސްކޫލުގެ ހޯލުގައި ކުރިއަށް ގެންދާ ޕީއެންސީގެ ފުރަތަމަ ކޮންގްރެސް ޗެއާ ކުރައްވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. ވައިސް ޗެއާ އަކީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލެވެ. ކޮންގްރެސްގެ ކަންކަން އިންތިޒާމު ކުރަނީ ޕީއެންސީއާ އެކު އިއްތިހާދު ވެފައިވާ ޕީޕީއެމުންނެވެ.
މިއަދު ފެށި ޕީއެންސީގެ ކޮންގްރެސްގެ ރިޔާސަތު، ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް ބަލަހައްޓަވަނީ.---ފޮޓޯ: މިހާރު
ކޮންގްރެސްގައި ފުރަތަމަ އޮތީ އަސާސީ ގަވައިދަށް އިސްލާހު ގެނައުމެވެ. އެގޮތުން، ނައިބު ރައީސްގެ މަގާމަށް ހަތަރު ބޭފުޅަކު އައްޔަން ކުރުމަށް ޕީއެންސީގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ވަނީ ނިންމައިފަ އެވެ. މިހާރު ގަވައިދު ބުނާގޮތުން އެ ޕާޓީގައި ތިބޭނީ ދެ ނައިބު ރައީސުންނެވެ.
ނައިބު ރައީސުންގެ އަދަދު އިތުރު ކުރުމަށް އެ ޕާޓީން ނިންމާފައިވަނީ އެ މަގާމުގެ ވާދަވެރިކަން ބޮޑުވުމުންނެވެ. ނައިބު ރައީސްގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވާފައި ވެ އެވެ.
އެއީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޕީއެންސީއާ އަލަށް ގުޅިވަޑައިގަތް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފު (މުންދު) އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.
ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމާއި އެ ޕާޓީގެ ނައިބު ރައީސަކަށް ވާދަކުރައްވާ ސައީދު މިއަދުގެ ކޮންގްރެސްގައި.---ފޮޓޯ: މިހާރު
ޕީއެންސީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ މިހާރު ވެސް ވަގުތީ ރައީސަކަށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.
އޭގެ އިތުރުން ޕީއެންސީގެ ކޮންގްރެސް އަށް 20 ބޭފުޅުން އަދި ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރާނެ އެވެ.
ޕީއެންސީ އަކީ ޕީޕީއެމްގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް އިސްކޮށް ތިއްބަވައިގެން އުފެއްދި ޕާޓީ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލީ
26 April 2019
ޕީ.އެން.ސީ އެއް ނޫން، ފައިސާ ހެދި މޮޔަވެފަ ތިބި މީހުންގެ ޕާޓީ..
ޔައުނީ
26 April 2019
މިނޫނީ މިގައުމުގެ ގިނަ ސިޔާސީ ޕާޓީ އުފައްދައި އަދި އެއުފެއްދި ޕާޓީތައް ދަރަނިވެރި ކުރި ބައެއް މިނޫނީ ނޫޅޭނެ... ތިއަދުރޭ ޢަކީ އެންމެ ފުރަތަމަ ޕީއޭ ކިޔާ ޕާޓީއެއްގެ މެންބަރެއް، އެޕާޓީ ދޫކޮށް ޑީ.އާރް.ޕީއަށް، ދެން ޕީ.ޕީ.އެމްއަށް ، ދެން މިހާރު ޕީ.އެން.ސީ.އަށް..... ސިޔާސީ ބޭސްކޮށްގެން ވެސް މީނާއަށް މިޖެހިފަ ހުރި ބައެއް އެބަ ދެނެގަންނަން އެބަޖެހޭ..
ޕޕއމ
26 April 2019
÷ޕީއެންސީ ގެ ރައީސްކަމަށް އަދުރޭ ބަލައެއް ނުގަނެވޭނެ..ވައްސަލާން
ދަރުމަ
26 April 2019
އައްޗި ކުރީސަފުގަ އެތިނބީ ފެއިލްވެފަ ތިނބި ބަޔެއް
ކޯޑިނޭޓަރ
26 April 2019
ޑީ.އާރު.ޕީ ވިހެއީ ޕީީޕީއެމް ޕީޕީއެމް ވިހެއީ ޕީއެންސީ ޕީއެންސީ ވިހާނެ ކަމަަށް ބެލެވެނީ 2023 ގެ ތެރޭގައި. ސިޔާސީ ދަރިމައިވުމުގެ ނިޒާމުގެ ލާމަސީލު މިސާލެއް..
ސާދާސީދާ
26 April 2019
އަމިއްލަ ޙާލައިގެން ނޫޅެވޭ ކޮންގްރެސް!
ކޮއްކޯ
26 April 2019
މަޖިލިސް އަށް ޕީޕީއެމް އިން އިންތިޚާބުވެފައި ތިބި ކުދިންކޮޅު ޕީއެންސީ އަށް ގެންދަންޖަހާ ފުރަތަމަ މަޅިފަތި.
ކުރިއެރުން
26 April 2019
ޕީއެންސީ ކުރިއަރުވާކަށް ނޫނެ އެއުޅެނީ.. ޕީޕީއެމް ހިންގަން ސަރުކާރުން(ރއްޔިތުންގެ ޖީބުން) ލާރިހޯދާނެ ގޮތެކޭ އެހަދަނީ
ކަމަނަމަނަ
26 April 2019
ހިތަކުން ޕީޕީއެމްގެ ލަޝްކަރު އަދުރޭގެ ރައީސް ކަމުގެ ދަށަށް ޖަމާ ކޮށްލަނީ އުތަ؟ ދުވަހަކު ވެސް އަދުރޭ ގެ ލީޑަރޝިޕެއް މަމެން ޤަބޫލެއް ނުކުރާނަމެވެ.
މުހައްމަދު
26 April 2019
ޕީޕީއެމާއި ނުލައި އެއްކަމެއްވެސް ތި ޕާޓީން ކުރިއަކަށް ނުގެންދެވޭނެ ސަބަބަކީ ޕީއެންސީ އަކީ އިދާރީ ގޮތުން އެއްވެސް ޤާބިލްކަން ހުރި ބަޔަކަށް ނުވާކަން ، މިހާރުގެ ސަރުކާރަކުން ހުރަހެއް ނާޅާނެ ޕާޓީ ގެ އެތެރޭގެ އިންތިހާބު ތަކަކަށް ، ޙޯރަފުށީގެ ބިންހިއްކަން މި ސަރުކާރުން ފެށިކަންވެސް ނޭގޭ ރައީސަކު ލައިގެން ކިހިނެއް ޕާޓީ ހިންގާނީ