ރާއްޖެ އެތެރެކުރި ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރި 1.1 ކިލޯގެ މަސްތުވާތަކެތި މިއަދު އަތުލައިގެންފި އެވެ.


ފުލުހުން ބުނީ ވައިގެ މަގުން އެތެރެކުރި އެ ތަކެތި އަތުލައިގަތީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގައި އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި އެތެރެކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އައި އެހެން ގައުމެއްގެ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު ތިން މިލިއަން ރުފިޔާއަށް އަރާނެ އެވެ.

ރާއްޖެ އެތެރެކުރި 1.1 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، އިއްޔެ ފުލުހުން ވަނީ ފަޅު ރަށެއްގައި ވަޅުލާފައި ހުރި 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އެ ތަކެއްޗަކީ ކަނޑު މަގުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.