ށ. ޅައިމަގު: އެ ރަށުން ބިދޭސީއަކު ގެއްލިގެން ދަނީ ހޯދަމުން - ފޮޓޯ: ސޯޝަލް މީޑިއާ
01 މެއި 2019 - 23:24
ށ. ޅައިމަގުގައި ދުއްވާ މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހަކު ގެއްލުނު މައްސަލައެއްގައި އެ ރަށުން ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
"ކުރިމަގު 1" ބޯޓުގެ ކައްޕި، އަލީ ޝަރީފް މިރޭ ބުނީ ލުތުފަރު ނަމަކަށް ކިޔާ ބަންގްލަދޭޝްގެ އެ މީހާ ގެއްލުނުކަން އެނގުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު، ބޯޓު މާލެ ފުރަން ބެލި އިރު އޭނާ އެ ބޯޓުގައި ނެތުމުން ކަމަށެވެ. ކުރިމަގު ބޯޓުގައި ލުތުފަރާ އެކު އިތުރު ހަތަރު ބިދޭސީއަކު އުޅެ އެވެ.
ފުލުހުން ބުނިގޮތުގައި، އެ މައްސަލައާ ގުޅިގެން އުމުރުން 30 އަހަރާއި 36 އަހަރުގެ ބަންގްލަދޭޝްގެ ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު، އެއީ ބޯޓުގައި މަސައްކަތް ކުރާ ބައެއް ކަމެއް ނުވަތަ ނޫން ކަަމަކަށް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ، ލުތުފަރު ގެއްލިގެން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ޅައިމަގު ކައުންސިލުން އެންގީ މިދިޔަ މަހުގެ 22 ވަނަ ދުވަހު މެންދުރު 12:17 ހާއިރު ކަމަށާއި އެކަމަކު، އޭރު ކުރިމަގު ބޯޓު ވަނީ މާލެ އައުމަށްޓަކައި ފުރާފައި ކަމަށެވެ. އަދި، ބޯޓު މާލެ އަށް ލެފުމުން، ބޯޓަށް އަރައި ޗެކްކޮށް، ބޯޓުގެ ކެޕްޓަނާއި ފަޅުވެރިންނާ ފުލުހުން ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖުގައި ވެ އެވެ.
"ފުލުހުން މިދަނީ މި މައްސަލައިގެ ތަހުގީގަށް ލިބޭ ކޮންމެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކޮށް ޔަގީން ކުރަމުން. މި މައްސަލަ އަކީ ތަހުގީގު ކުރިއަށް ދާ މައްސަލައެއް ކަމުން، ދެވެން އޮތް މިންވަރަކުން މައުލޫމާތު ހިއްސާ ކުރާނެ ވާހަކަ ދަންނަވަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަލީ ޝަރީފް ބުނީ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ފުލުހުން ދެ މީހަކު ހައްޔަރުކުރި ކަމަށާއި ބޯޓުގެ އެއްވެސް މީހަކު ބަންދު ނުކުރާ ކަމަށެވެ.
މީގެ މަހެއްހާ ދުވަސް ކުރިން މާލެއިން ކުރިމަގު ބޯޓަށް އެރި ލުތުފަރު ކައިބޮއި އަދި ނިދައި ހަދަނީ ވެސް އެ ބޯޓުގަ އެވެ.
"މާލެ ފުރަން ވެގެން ފަތިހު އަޅުގަނޑު ބޯޓަށް ދިޔައިރު ލުތުފަރު ނޫން އެންމެން ވެސް އޭގައި ތިބި. އެ މީހުން ކައިރީ އޭނާ ކޮބައިތޯ އެހުމުން ބުނީ ނޭނގެއޭ. ދެން އަޅުގަނޑުމެން ބޯޓާއި އަތިރިމައްޗާއި ތަންތަން ވެސް ބެލިން،" ބޯޓުގެ ކައްޕި ބުންޏެވެ.
"އެކަމަކު ޝެޑިއުލާ އެއްގޮތަށް އަޅުގަނޑުމެން ފުރަން ނިންމީ، ރަށުގައި ހުންނަ ބަންގްލަދޭޝްގެ ސައިޓެއްގައި އޭނާ ނިދާފައި އޮތް ކަމަށް ބަލައި."
އަލީ ޝަރީފު ބުނީ ބޯޓު ފުރުމަށް ފަހު، ބަންގްލަދޭޝްގެ މީހާ ހޯދައިދިނުމަށް އެދި ރަށު ކައުންސިލަށް އެންގި ކަމަށާއި ފަހުން ފުލުހުންނާ އެކު ކުރި މަސައްކަތުން ވެސް އޭނާ ފެންނަ ގޮތެއް ނުވި ކަމަށެވެ.
އަދި ބުނީ މަހެއް ފަހުން އެނބުރި ގައުމަށް ދާން ނިންމައިގެން ހުރި ލުތުފަރާ ގުޅޭގޮތުން ބޯޓުގައި ތިބި ބިދޭސީންނާ ވެސް ސުވާލު ކުރި ކަމަށާއި އެކަމަކު އެ މީހުން ބުނީ އޭނާއަށް ވީގޮތް ނޭނގޭ ކަމަށެވެ.
"އަޅުގަނޑު އެ ދުވަހު އިރުއޮއްސުން އިރު ބޯޓަށް ދިޔައިރު ވެސް ލުތުފަރާ އެހެން މީހުން ވެސް ބޯޓުގައި އުޅޭ. އަނެއްހެން އެއްވެސް މައްސަލައެއް ޖެހިގެން އުޅޭހެނެއް ހީއެއް ނުވޭ. އެންމެން ވެސް ތިބީ ހަމަޖެހިފައި،" އަލީ ޝަރީފް ބުންޏެވެ.
"އެހެންވެ، މި ދަންނަވަނީ އޭނާ އަށް ވީ ގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެއޭ. މަރާލީ ކަމެއް ނުވަތަ އެހެން ކަމެއް ވީކަމެއް ވެސް ނޭނގޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ނުވަވަނަ
02 May 2019
މާލެ ދަތުރުކުރާ ނާލުއޮޑިފަހުރުގަ ބަނގޯއިން. ފަސްތަރީގަ ރިޒޯޓުތަކުގެ ސަޕްލައި ބޯޓްތަކުގަ ބަނގޯއިން. ކަންނެލި އޮޑީފަހަރުތަކުގަވެސް ބަނގޯއިން. ދިވެހިން ފަތްބުއިމުގަ އަވަދިނެތިފަ.
ޙަބީބު
02 May 2019
ބަނގުލަދޭސް މީހުން ރާއްޖޭގެ ކަނޑުއޮޅިތައް ގިރާކޮއް ރިސޯޓު ފަހަރު ސެކިޔުރިޓީ ބެލެހެއްޓުމީ ގައުމީ ސަލާމަތައް ދެވޭ ވަރައްބޮޑު އަނިޔާއެއް މިކަން ހުއްޓުވުމައް ގައުމީ ސަލާމަތާ ބެހޭ މުވައްސަސާތަކުގެ ކިބައިން ވަރައް އާދޭހާއެކު ދަންނަވަން ގައުމުދެކެ ލޯބިވާ އެއްވެސް މީހަކު މިގޮތައް މިކަމެއްނުކުރާނެ ކަނޑުބޯޓު ފަހަރަކީ ނުހަނުބޮޑު ފައިދާލިބޭ މަސަތްކަތެއް ވީމާ މިދާއިރާގަ ދިވެހިން ތިބުން މަޖުބޫރު ކުރަންޖެހޭ ސެކިޔުރިޓީންގެ މުސާރަ ވެސްބޮޑުކޮއްފަ ދިވެހިންނައް ލި
ބޯވަ
02 May 2019
މިހާރު ތި ދަތުރުފަތުރު ކުރާ ބޯޓު ފަހަރު އެކަންޏެއް ނޫން މަސްބާނާ ބޯޓުތަކުގަ މަސްބާނަންވެސް މިމީހުން ދޭ. މިއީ އަދި އެހާގިނަ ދިވެހީންނަށް ނޭނގޭ ކަމެއް. މާ ގިނައިން އެމީހުން ވަދެއްޖެއްޔާ ދެން އެ ދާއިރާވެސް ނަގާނެ. އެއީ ދިވެހިންނަށް މުސާރައިގެ ގޮތުން ކޮމްޕީޓް ނުކުރެވޭނެތީ.
އެތަކުރުފާނު
02 May 2019
ތިބަންގްލަދޭޝް މީހުންނަކީ ރާއްޖޭގެ ބޮޑު ނުހޮރުއްޕާން. ތިމީހުން މިރާއްޖެއަށް އެތެރެކުރުން މަނާ ކުރޭ.
ހޮޓްކިންގ
02 May 2019
ފުލުހުންގެ އިންވެސްޓިގޭޝަންގެ ފެންވަރު ހުރިވަރު ހަމައެކަނި މިހާދިސާއިން ފެނެއެވެ. އޭނާ މަރާލިރޭ ބޯޓްގައި ދެން ބާކީ ތިބި ބަންގާޅީން އެދަނީ އެވާހަކަ ދައްކަމުންނެވެ. އެކަމަކު އެއިންމީހަ ހައްޔަރުކޮށް ސުވާލުވެސް ކޮށް ނުލައެވެ. ކަންކުރި މީހުންގެ ފަރާތުން އެކައްޗެއްވެސް ސާފުވީކަމަށް ނުވެއެވެ. މަރާލި މީހާ ނުވެސް ފެނެއެވެ. އެކަމަކު މަރާލާފައިވާ ހަށިގަޑުރަށް ބޭލުމުގެ ބޭނުމަކީ ވަޅުލުންކަން އެނގެއެވެ. ބޯޓުގެ ކެޕްޓަންވެސް ހައްރުކޮށް އަދަބުދޭން ފެނެއެވެ.
ސަކޭ
02 May 2019
ބޯޓްތަކުގައި ބަންްޤާޅިން ގެންގުޅެވޭނެ އެއްވެސް ޤާނުނީހަމައެއް ނޯންނާނެ، ސަރުކާރެއްގެ ބޭނުމެއްނެތް؟؟؟ ހުރިހައިކަމެއްދާނީ ހަމަ ގޯހުންގޯހައް !!!! ހައިރާންވެ އަންތަރީސްވެއްޖެ މިބޭރުމީހުންގެ ކަންތަކުގަ މާލޭޓްރެފިކްތޮއްޖެހި މާލެބަންޑުންވިގޮތައް މުޅިރާއްޖެބަންޑުންވި އިރުވެސް ހަމަސަރުކާރުތަކުން މންޖކިޔަކިޔާހަމަތިބީއޭ!!!
ދުލާލު
02 May 2019
ފިލީ ނޫންތަ? މާލޭން ބޯޓަށް އެރީ އޭނަ ބޭނުންވާ ތާކަށް ދާން ފަސިންޖަރެއް. ބޯޓުގައި ނިދައި ކައިބޮއި ހެދީ ގޮތެއް ފެންނަން ދެން. ފަޅުވެރިއަކަށް ނުވަނީ އެގޮތުގައި އިތުރު ދަތުރެއް ނުކުރާތީ އާއި އުޖޫރަ ވެސް ނުދޭތީ.
ޙަމްދޫން. ބޮންޒޯ. ތ.ދިޔަމިގިލި
02 May 2019
ޢެހެން މީހުން ގެން ގުޅޭ ބިދޭސީން ވެސް ފިލާ އެކަމު ފުލުހުން ކައިރީ އާދޭސް ކުރިޔަސް ވާކަމެއް ނެތް. ޥަކި ބަޔަކަށް އެހީ ވާތަން މި ފެންނަނީ
ރަދީފް
02 May 2019
ވާނުވާ ކޭސް އެއްވީމަ.
ޏަމް
02 May 2019
ބޯޓްގެ ވެރިފަރާތް ހައްުޔަރު ކުރޭ އިމިގްރޭޝަންޤާނޫނާ ޙިލާފްވީތި
ޚިޔާލެއް
02 May 2019
ފަހަރުގާ ޚަބަރުގެ ހެޑްލައިނާ ގުޅުމެއް ނޯވެދާނެ. ބުނެލަން ބޭނުންވަނީ ބިދޭސީންގެ ބަދަލުގައި ދޭސީންނަށް ވަޒީފާގެ ފުރުސަތު ދޭން ވެއްޖެއޭ.
ނަޖުދާ
02 May 2019
ކުޑަކުޑަ މި ދިވެހިރާއްޖޭގައި އެބްޑަކްޓް ކުރުން މަޑު މަޑުން އާންމުވަމުން އަންނަ މިންވަރާއިމެދު ވަރަށް ސުވާލުއުފެދޭ! އެތަށް މިލިއަން މީހުންގެ މައްޗަށް އެކުލެވޭ ބޮޑެތި ގައުމުތަކުގައިވެސް މިފަދަ މައްސަލަތަކަށް ތަހުގީގީ އިދާރާތަކުގެ ރިސޯސްތަށް ޔުޓިލައިޒް ކޮށްގެން އަވަހަށް ކުރިއަށް ގެންދޭ! ނަމަވެސް މިފަދަ ސީރިއަސް މައްސަލަތަކުގައި ދިވެހި ފުލުހުން އަދިވެސް ތިޔަ އުޅުއްވަނީ ރިލްވާން ވަގަށްނަގައި އެބްޑަކްޓް ކުރި އިރުވެސް ހިންގި ކަހަލަ ބަރަވެލި ތަހުގީގެއް