ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ސަޕޯޓަރުންތަކަކާ ޔާމީން ސަލާމް ކުރައްވަނީ: ޕީޕީއެމް ޒިންމާއަދާނުކޮށްގެން ވަނީ ފާޑުކިއުން އަމާޒުވެފައި.
09 މެއި 2019 - 13:54
އިދިކޮޅު ޕާޓީގެ ޒިންމާ އަދާނުކޮށް، "ޕީޕީއެމް އަދިވެސް އޮތީ ނިދާފައި" ކަމަށް ވިދާޅުވެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ނިޒާރު "މިހާރު" އަށް ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމާ އެކު ޕީޕީއެމްގެ މަސައްކަތަކަށް ވާން ޖެހެނީ، ސަރުކާރު ޒިންމާާދާރު ކުރުވުން ކަމަށް ވިޔަސް އެ މަންޒަރު ނުފެންނަ ކަމަށެވެ. އެ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވެސް ޕީޕީއެމުން މަސައްކަތް ނުކުރާ ކަމަށާއި ކެންޑިޑޭޓަކަށް ތާއީދު ހޯދަން ޖަލްސާއެއް ބޭއްވި ތަން ވެސް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުން ޚަރަދުކުރަނީ ޒިންމާއަދާކުރުވައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުވަން ކަން ނިޒާރު ފާހަގަކުރެއްވި އެވެ.
"އެކަމަކު ޕީޕީއެމުން އެ ޒިންމާއަދާކުރާ ތަނެއް ނުފެނޭ. އެއީ، އަޅުގަނޑުގެ ކަންބޮޑުވުމެއް،" ނިޒާރު ވިދާޅުވި އެވެ.
Dhaulathuge channel @psmnewsmv balaafa , @Raajje_tv ves balaafa idhikolhu party ge @Ch13official balaali iru nashamun lava kiyanee. Dhaulathun party thakah haradhu kuranee zimmaa dhaaruve masakkai kuran. Nidhin heylai Idhikolhu party ge zimmaa adhaa kuran PPM ebajehey. pic.twitter.com/jFkMKUPkLS
— Ali Nizar (@DhekunuNizar) May 8, 2019
ޕީޕީއެމް ހަރަކާތްތެރި ނުވާތީ ފާޑުވިދާޅުވެ އަލީ ނިޒާރު ކުރެއްވި ޓުވީޓް.
އޭނާ ވިދާޅުވި ގޮތުގައި 2013 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިވުމުން ވެސް އިދިކޮޅު ޕާޓީގެ ގޮތުގައި ފުރިހަމަ އަށް ހަރަކާތްތެރިވި އެވެ. ޕީޕީއެމް ވެރިކަމުގައި އޮވެ 2014 ގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކުރުމުން ވެސް އެމްޑީޕީ މާޔޫސްކަމުގައި ނުތިބެ ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ޒިންމާ އަދާކޮށްދިނުމުގައި ދެމިއޮތް ކަމަށް އަލީ ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި ހިންގި ގޯސްތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރި މަސައްކަތް ޕީޕީއެމުން ވެސް ކުރަން ޖެހޭ ކަމަށެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނާކާމިޔާބީ އަށް ފަހު، ޕީޕީއެމްގެ ހިންގުން ވަރުގަދަކޮށް، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. އެ ޕާޓީގެ ލީޑަޝިޕަށް ވެސް ބައެއް ބަދަލުތައް ގެނަ އެވެ. އެކަމަކު އާއްމު މެމްބަރުންނާ އެކު މިހާތަނަށް ޖަލްސާއެއް ވެސް ބާއްވައިފައެއް ނުވެ އެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި، އެ ޕާޓީން މަސައްކަތް ކުރާނީ ކޯލިޝަން ހަދާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ އެކުގަ އެވެ. އެއީ، ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ހެދި، އެ ޕާޓީގެ ބައެއް މެމްބަރުން ވަކިވެ އުފެއްދި ޕާޓީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
8892
10 May 2019
އިހަށް ބަސް ޑްރައިވަރުން ހޭލައްވާފަ ޕީޕީއެމާ ބެހިބަލަ!
ރައްޔިތުމީހާ
10 May 2019
ޓީވީޗެނެލް ހިންގަންވެސް ދައުލަތުން ލާރި ދޭންވީޔޯ. ކޮފީބޯންވެސް ލާރިދީ. އޭރުން ހިނގާނެ.
ކުޑަމަނިކު
10 May 2019
ނިޒާރު އެކޮޅަށް ޖެހިލަން ބޭނުންވެގެންތަ ތިޔައުޅެނީ؟ އެހެންނޫނީ ދެން ކޮންކަމެއް؟
ޙިނި
09 May 2019
ޔާމިނުގެ ޕާޓީތައް ނިދަން ބާއްވާ، ތީކީ ރައްޔިތުން ބަލައިގަންނަ ބަޔެއް ނޫން. މިރާއްޖެޔައް ބެނުންވަނީ ހަރުދަނާ ޑިމޮކްރެޓިކް އޮޕޯޒިށަން ޕާޓީއެއް، އެ އަދި މިރާއްޖެޔަކު ނެތް.
ޝޮކްތެރަޕީ
09 May 2019
ޕީޕީއެމް ހިންގަން ތިބީ ހިންގަން ނޭގޭބައެއް.
ފޮނިޓައްޕު ހަސަނު
09 May 2019
ޕީީޕީއެމް އެވަނީ ފުންހިތާމައެއްގައި. ޕީޕީއެމް އެވަނީ ނިކަމެތި ވެފައި.
ށަކަރާތް
09 May 2019
ޔާމީނު ހުރެގެން ވާނީ ހަލާކު ވޯޓުލާން ނުދާމީހަކު ސިޔާސީ ކަންކަން ހިންގާނެ ގޮތެއް ބުނެބަލަ
''---ބޮނޑި ބަތް
09 May 2019
ސިދުގީ އެކަނި ހިފަހަށްޓާލަނީ ދެން ތިބީ ކަނޑު ކޮހުން
ފިލާވަޅު
09 May 2019
ޕީޕީއެމް ގެ ރައީސް މީހާއަށް ހީވެފައި އޮންނަނީ އެބޭފުޅާ އަކީ އެބޭފުޅާއަށް ވީތީ އެހެން މީހުން ކަންކޮށްދޭން ޖެހޭ ބޭފުޅެއް ކަމަށެވެ. އެހެން މީހުނަށް އެބޭފުޅާ ކޮންމެ ގޮތަކަށް ކަންތަށް ކުރިއަސް ވަރިހަމައެވެ.
އަހުމަދު ވަހީދު
09 May 2019
ނިޒާރުގެ ޒިއްމާ ފުރަތަމަ ނިޒާރައް އަދާކުރެވޭތޯ ރައްޔިތުންނަށް ކަމެއް ކޮއްދެވުނުތޯ ތިމާ އަމިއްލައަށް ވިސްނާލާާ
ފޮނިޓައްޕު ހަސަނު
09 May 2019
ހާދަ ތަންދޮރު ނޭގެޔޭ.