ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ރާއްޖެ އާއި ރުމޭނިއާގެ ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި.
09 މެއި 2019 - 14:23
ރާއްޖެ އާއި ރޮމޭނިއާގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ރޭ ވަޑައިގެންފި އެވެ.
ރޮމޭނިއާގެ ފޮރިން މިނިސްޓަރު ތިއޮޑޯ މެލެސްކާނޯގެ ދައުވަތަކަށް ރުމޭނިއާ އަށް ޝާހިދު ވަޑައިގަތީ، ރަސްމީ ދަތުރެއްގައި ލަންކާ އަށް ވަޑައިގަތުމަށް ފަހު އެވެ. އެ ދަތުރުގައި، ރާއްޖެ އާއި ސްރީ ލަންކާގެ ގުޅުން ބަދަހިކޮށް، ދެ ގައުމުން އެހީތެރިވެދެވޭނެ ގޮތްތަކަކާ ބެހޭ ގޮތުން އެ ގައުމުގެ އިސް ބޭފުޅުންނާ އެކު މަޝްވަރާ ކުރެއްވި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނިގޮތުގައި ޝާހިދުގެ ދަތުރުގައި، ރޮމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރު ބަޗޯލްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. މީގެއިތުރުން އެ ގައުމުގެ ސަރުކާރުގެ އެހެން އިސް ފަރާތްތަކާ ވެސް ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން މަޝްވަރާ ކުރައްވާނެ އެވެ.
ޝާހިދާ އެކު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލާއި ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ރަޒާނާ ބައިވެރިވެވަޑައިގަތެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ރާއްޖެއާ ގާތް ގައުމުތަކުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާ ކުރެއްވުމާ އެކު އެ ގުޅުން އިޔާދަކުރައްވަން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ގިނަ ގައުމުތަކަށް ދަތުރު ކުރައްވައިފަ އެވެ.
އެ ދަތުރުތަކުގައި ކުރެއްވި މަޝްވަރާތަކުން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރައިމަރީ
14 May 2019
ސަލާންޖެހުމުގެ މިޝަންއެއްގަތަ؟
ihaaru.
10 May 2019
ބޭނުންނުހިފޭ އެޓެންޝަން ބޭނުމެއްނޫން!
ޙުސެއިން
10 May 2019
ރައަޔިތުންގެ ފައިސާ ގަނޑު ތަލާ ނުބުރުސްސަބަލަ މިކަން ހުއްޓުވަބަލަ ކިހާދެރަކަމެއްމީ
ރިތި މޫސަ
10 May 2019
އިންޑިޔާ މީހުންދީގެން ކެމްޕެއިންކުރީ އޭގެބަދަލުގައި އެމީހުންއެތިބީ ދެންއެމީހުން ނުބޭލޭނެ
އާތޫރު
09 May 2019
އާތޫރު ބުރަދާސް ހޯދަންތަ ؟
ކކދ
09 May 2019
ނޫނޭވާ ފޯރި އެބަހުރި.. ކިހާވަރަކުންދާނެބާ ގޭމް އޮތީ ކުރިއަށް
ޝޮކްތެރަޕީ
09 May 2019
އިންޑިޔާ ސިފައިން ބާލާ. ވެރިކަން ބޭނުންވެގެން މި ޤައުމު އަޅުވެތިކޮއްގެން ތިތިބެނީ.
ވާފިރު
09 May 2019
ކޮބާހޭ ފުލެޓު ކޮމިޓީ
ލުތުފީ
09 May 2019
ސާބަސް ޒީރޮ ޓޮލަރަންސް
ކަތީއްބެ
09 May 2019
ރަމަޟާންމަހުގެ ހެޔޮދަރުމަޔާ ސަވާބު ނަގާލާފަ މިމާތް މައްސަރުގައި ކޮންހާ ދަތުރުތަކެއްބާ މިކުރަނީ! މިއުޅެނީ ފުރުޞަތުގެ ބޭނުންހިފައި ކޮންމެވެސް ފައިދާއެއް ނަގަންކަމުގައި ބެލެވޭ.