އަނާރާ: ޑަބްލިއު ކޮންސް
13 މެއި 2019 - 14:44
ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ކުޑަ ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާން މަރުވި މައްސަލައިގައި، އެ ކުންފުނީގެ އިސްވެރިންނާ ދެކޮޅަށް ދައުވާ އުފުލި ގޮތާ މެދު މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޑަބްލިއު ކޮންސްޓްރަކްޝަނަކީ އަނާރާގެ ފިރިކަލުން އާދަމް ޝަފީގުގެ ކުންފުންޏެކެވެ. އެ ކުންފުނީގައި އަމަލީ ގޮތުން އެއްވެސް ކަމެއްގައި ބައިވެރިވުން ނެތަސް އަނާރާގެ ވެސް ހިއްސާ އޮވެ އެވެ.
މަޖީދީ މަގުގައި އެ ކުންފުނިން އިމާރާތް ކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ރައުޝާން މަރުވީ މައިންބަފައިންނާ އެކު މަގުމަތިން ހިނގާފައި ދަނިކޮށެވެ. އެ މައްސަލައިގައި އަނާރާގެ ފިރިކަލުންނާ އެކު ފަސް މީހެއްގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލައި ޝަރީއަތް ވެސް ފަށައިފަ އެވެ.
ރައުޝާންގެ މަރަކީ ހިތާމަވެރި ހާދިސާއެއް ކަން ފާހަގަކުރައްވައި އަނާރާ މިއަދު ވިދާޅުވީ އޭގެފަހުން ވެސް އިމާރާތްކުރުމާއި އެ ނޫން ވެސް އެފަދަ ހާދިސާތައް ހިނގަމުންދާ ކަމަށެވެ. ޑަބްލިއު ކޮންސްޓްރަކްޝަނުގެ ސައިޓެއްގައި ކުޑަ ކުއްޖަކު މަރުވުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ގަސްތުގައި އެ ކުންފުނިން ކުރި ކަމެއް ނޫނެވެ.
"ގަސްތުގައި ކުރި ކަމެއް ނޫން، އެއީ އެކްސިޑެންޓެއް،" އަނާރާ ވިދާޅުވި އެވެ.
"އެ ހިތާމަވެރި ހާދިސާ އަޅުވަން ނުޖެހޭ މީހުންގެ ބޮލުގައި އެޅުވީމަ އެކަމުގެ އަސަރު ރާއްޖެ އަށް ކުރަމުންދާ ކަން ފާހަގަކުރެވޭ. އެ ހާދިސާގެ ފަހުން، ތަފާތު އެކްސިޑެންޓުތަކާއި ހިތާމަވެރި ހާދިސާތައް ކެނޑިނޭޅި ހިނގަމުންދޭ. އެކަމަކު ވެސް އެކަށީގެންވާ ފިޔަވަޅެއް ނާޅާ."
އޭނާގެ ކަންބޮޑުވުމަކީ އެ މައްސަލައިގައި ކުންފުނީގެ އިސްވެރިންގެ މައްޗަށް ދައުވާ އުފުލުމެވެ. މީގެކުރިން ހިނގާފައިވާ އެފަދަ ހާދިސާތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ނުވަތަ ރިސޯޓުތަކުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވޭތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
އެމްޓީސީސީގެ ބަހެއްގެ ދަށުވެ މިދިޔަ ހޯމަ ދުވަހު ޔުކްރެއިންގެ އަންހެނަކު މަރުވިކަން ފާހަގަކުރައްވައި އަނާރާ ވިދާޅުވީ އެ އެކްސިޑެންޓުގައި ކުށްވެރިވާނީ ކުންފުނީގެ ވެރިޔާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކުންފުނީގެ ވެރިޔާގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށް އަނާރާ ވިދާޅުވި އެވެ.
Bus driver athun accident ve meehaku maruvejje. Varah hithaamaveri haadhisaaeh. E accident vumun e Kunfuneege verimeehaa mikamuga kuvverivaanekamah qabooleh nukurevey. Kunfuneege verimeehaage machhah jinaaee dhauvaa kuranjeheynekamahkahves gabooleh nukurevey.
— Anara Naeem (@AnaraNaeem) May 9, 2019
ޖިއާން މަރުގެ މައްސަލައިގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ އިހުމާލު އޮތް ކަމަށް ބުނެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެ މައްސަލައިގައި އެ ކުންފުނި 500،000 ރުފިޔާ އިން ޖުރިމަނާކޮށް، އެ ކުންފުނީގެ ހުރިހާ ސައިޓުތަކެއްގެ މަސައްކަތް ކުރުން 10 ދުވަހަށް ހުއްޓުވާލި އެވެ.
އެ ކުންފުނިން މަސައްކަތް ކުރަމުން އައީ، އަނާރާ ވިދާޅުވި ގޮތުގައި، ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއް ވެސް ނަގައިގެންނެވެ.
އަނާރާ ދެކެވަޑައިގަންނަވާ ގޮތުގައި، އެފަދަ ހާދިސާއަކާ ގުޅިގެން ކުންފުނީގެ އިސްވެރިންގެ މައްޗަށް އުފުލަން ޖެހެނީ މަދަނީ ދައުވާ އެވެ. އެއާޚިލާފަށް، ޑަބްލިއު ކުންފުންޏާ މެދު ހަރުކަށި ފިޔަވަޅު އަޅައި ފިރިކަލުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލީ އެ މައްސަލައިގައި އަމާޒުވި ސިޔާސީ ފާޑުކިއުންތަކާ ގުޅިގެން ކަމަށް ގަބޫލުކުރައްވަ އެވެ.
Imaaraay kuraairu masakkathu board nuvatha danger board bahattaafa huttaaves meehun ethan thanuge dhashun hinga dhuvva echhehi dhuvva massala hallu kurumah mujthamau heyluntheri kuranvanee jehifa. @MaleCitiCouncil
— Anara Naeem (@AnaraNaeem) May 13, 2019
އިންސާފުން ކަންކަން ކުރާ ނަމަ، އަނާރާ ވިދާޅުވި ގޮތުގައި އެފަދަ ހާދިސާތަކުގައި ދައުވާ އުފުލުން ވެސް ހަމަހަމަކަމާ އެކު ކުރިއަށް ގެންދަން ޖެހެ އެވެ. އެއް ހާދިސާތަކެއްގައި، ވަކި ބަޔަކަށް ޖިނާއީ ދައުވާ ނުވަތަ ކުންފުނީގެ އިސްވެރިން ކުށްވެރިކުރުމަށް ފަހު އެފަދަ އެހެން ހާދިސާތައް އަޅާނުލައި ދޫކޮށްލުމަކީ އިންސާފެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އަނާރާ ވިދާޅުވި ގޮތުގައި އެފަދަ ހާދިސާތައް ހުއްޓޭނީ އެންމެން ވެސް ޒިންމާދާރުވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
17 May 2019
މިފެންވަރު މީހުން ރައްޔިތުންގެ ހައްޤު ހޯދާންދޭން މި ނުކުންނަނީ. އިންތިހާބު ތެރޭގައި އެކައްޗެއްވެސް ނުބުނެ ހުރެފަ ފެއިލްވީމަ މިހާރު ނުކުުމެ ބޭކާރު ވާހަކަ ނުދައްކާ. ކަލެއަށް އިންގޭތަ މަންމެއްގެ ދަރިއެއް އެގޮތަށް މަރުވެގެން ދިޔައީމަ ކުރާނެ އަސަރު.
ހާރޫން
16 May 2019
އެކަމަކު ސިމެންތި ބަސްތާ ވެއްޓުމުން ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ތިބާގެ ކުންފުނީގެ ވެރިން. އެ މައުސޫމު ކުއްޖާއަށް މަރުގެ ދިޔަ ދީ އެ އާއިލާއަށް އެކުއްޖާއަށް އަބުރާ ގެނެސްދެވޭފަދަ މާއްދީ އުފާ ހޯދައި ދިނުމަކީ ތިބާގެކުންފުނީގެ ވާޖިބެއް. ބަސް ޑްރައިވަރ އަތުން ޖެހި މީހާ މަރުވުމާ އުޑާއި ބިމާއި ތަފާތު!
ހުކުރު އާދަނު
15 May 2019
އަސްލު ސޫރަ ތި ފެންނަނީ،،،،،، ނުހޮވުނީ ކީއްވެގެން ކަން މިހާރު ރައްޔިތުންނަށް ސާފު ވާނެ، ކޯޓާ ފިލައިގެން ވެސް ފިރިމީހާ ގޮވައިގެން ކެމްޕެއިން ގަ އުޅުނީ ހޮވުނީމަ ނުފޫޒާއި ބާރުން ތިކަން އޮއްބާލަން
އިންސާފުދޮހޮއްކޮ
15 May 2019
ދޮންކަނބުލޯ .. މަސައްކަތް ހިނގާ ސައިޓެއްގަ ހިނގާ ކަންކަމާ ފަރުދީގޮތުން ޒިންމާ އުފުލަންޖެހޭ ހާލަތްތައް ކަމަނާ އަށް އެނގެންޖެހޭނެ ނޫންތޯ މިހާދުވަހު ގާނޫނުހަދާ މަޖިލީހުގަ އިންނެވީމަ.. މަސައްކަތު ސައިޓުގަ ސަލާމަތީ ކަންކަން ހުންނަންވާ މިންގަނޑުތަކަށް ފެއްތުމަކީ ކުންފުނީގެ ކަމެއްނޫންތޯ؟ ޭޢެހެނަސް ފަރުވާކުޑަކޮށް ބަސްދުއްވައިގެން އެކްސިޑެޏްޓްވުމަކީ ޑްރައިވަރ އަމިއްލަ އަށް ޒިންމާ ނަގަން ޖެހޭކަމެއް ..ވަރަށް ސަލާމް ކަމަނާއަށް ދިގުއުމުރުފުޅެއްދެއްވާންދޭވެ..
ނަޖްވާ
15 May 2019
އަނާރާ ވިދާޅުވިޔަކަސް އެއީ އަކީ އެއް މުޅި ދޮގު ވާހަކަ އެއް ނޫން! ކުންފުނީގެ ވެރިން ބަރާބަރަށް ކަން ކުރަންވާނެ ގޮތުގެ ސިޔާސަތާ، އިޖްރާއަތްތަށް ކަނޑަ އަޅާ، މުވައްޒިފުންނަށް ރަނގަޅަށް އިރުޝާދު ދީ ތަމްރީނުކޮށް ހަދާފައިވާނަމަ، ކުންފުނީގެ ވެރިންނަށް ދައުވާ ކުރެވިގެންވާނެ ކަމަކަށް ނުދެކެން! ދައުވާ ކުރެވެން ޖެހޭނީ، އިހްމާލުވީ ފަރާތަކާ ފަރުދީގޮތުން ކަމަށް ދެކެނީ!
އަލީސް
14 May 2019
ބަހުންޖެހި މީހަކު މަރުވުމުން ބަސް ކުންފުނީގެ ބޯޑުގެމެންބަރުންނަށް ދައުވާނުކުރަނީ ކީއްވެ؟
އަލިބޭ
14 May 2019
ވަރަށް ރަގަނޅު ވާހަކައެއް
ޢާދަނު
14 May 2019
ޢަސްލުވަރަށްރަނގަޅުވާހަކައެތް މިގައުމުގަ އެންމެބޮޑުމަށްސަލަޔަކީ އަދުލުއިންސާފައް ހުކުމްނުކުރުން މާރާމާރީ ތަކުގަ ކިތައްމީހުން ފުރާނަދުއްވާލާފަ އެކަމަކު ގޭންގުމީހުންދެކެބިރުން އެމީހުންނަށްހުކުކުްމް ކުރަން ނުކެރޭ ކިތައްމެބަލައިގެން އުޅުނަސްކަމެތްވެދާނެ އެކަމަކު ސައްކުވެގެން ގޭންގުމީހަކާވައްތަރުވެގެން ކިތައްމީހުން ގެ ފުރާނަދުއްވާލައިފި ކޮބާ އެމީހުންނަށް އިންސާފުހޯދަދެވިއްޖެތަ
ބަނގުލާދެސީ
14 May 2019
ކޮބާ ކޮބާ. މާދީނިފެވާ، މެމްބަރުވެފާ މީހުންނަށް މާ އަޅާލާ މީހަކަށްވެފާ މިޖެހުނީ ކޮންތާކު. ނަސީބެއްނު މިފަހަރު މެމްބަރުކަމަށް ނުހޮވުނުކަން. އެހެންނޫންނަމަ ކުންފުނީގެ ނަންޖަހާފަކަންނޭނގެ ބިލެއްފާސް ކުރާނީ. ބަލަ ކުއްޖެއްގެ ފުރާނަ އެދިޔަޔީ ތިކުންފުނީގެ ފަރުވާ ކުޑަކަމުންނޭ. އަސްލު ޖިނާއި ދައުވާއެއްވެސްނޫން ކުރަން ޖެހޭނީ.
ާއަފްލާ
14 May 2019
ލައިސަންސް އޮވެފަ ތަޖްރިބާ ހުރި މީހެްްއްގެ އަތުން މީހަކު ޗިސްވެ މަރުވިޔަސް އޯކޭ ވިންޗް ގަ ހުރި މީހާގެ އަތުގަ ލައިސަންސް ނެތީމަ ކަމަކު ނުދޭވ ވ ސަޅި