ރާއްޖޭގައި 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު މަރުވެއްޖެ

ރާއްޖޭގައި އުމުރުން 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު މަރުވެއްޖެ އެވެ.


ފުލުހުން މިރޭ ބުނީ އެ މައްސަލަ މިއަދު ހެނދުނު 7:10 ގައި ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގައި ހިމެނެނީ ކުޑަކުއްޖެއް ކަމަށް ވުމުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ.

އަދި، އެ ކުއްޖާގެ މައުލޫމާތު (ރަށް ވެސް ހިމެނޭ ގޮތަށް) އާންމު ނުކުރުމަށް ފުލުހުން ވަނީ މީޑިއާ ގައި ވެސް އެދިފަ އެވެ.